އިންޑިއާ އިން ނެގި 50 މިލިއަން ޑޮލަރު ދެއްކުން ފަސްކޮށްދީފި

އައިޝަތު ޝިފްނާ ހުސައިން | 13 ދުވަސް ކުރިން - 18 ސެޕްޓެންބަރު 2025 13:22
އިންޑިއާ ސަފީރު، އިއްޔެގެ ބައްދަލުވުމުގައި. --- ފޮޓޯ: ފިނޭންސް މިނިސްޓްރީ
އިންޑިއާ ސަފީރު، އިއްޔެގެ ބައްދަލުވުމުގައި. --- ފޮޓޯ: ފިނޭންސް މިނިސްޓްރީ
ޚުލާސާ

ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގެން މިދިޔަ އަހަރުގެ ޖެނުއަރީ މަހު 50 މިލިއަން ޑޮލަރު ދެއްކި.

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި އިންޑިއާއިން ރާއްޖެއަށް ބަޖެޓު ސަޕޯޓަށް ދިން 200 މިލިއަން ޑޮލަރުގެ ތެރޭގައި ހިމެނޭ 50 މިލިއަން ޑޮލަރު ދެއްކުމުގެ މުއްދަތު އިންޑިއާއިން އެއް އަހަރަށް ފަސްކޮށްދީފި އެވެ.

މާލީ ކަންކަމާއި ތަރައްގީގެ ރޭވުންތެރިކަމާ ބެހޭ ވަޒީރު މޫސާ ޒަމީރު އިންޑިއާގެ އިސް ވަފުދަކާއެކު އިއްޔެ ބޭއްވެވި ބައްދަލުވުމުގައި ދެ ގައުމުގެ ދެމެދުގައި ކުރިއަށްދާ މަޝްރޫއުތަކާ ބެހޭ ގޮތުން ވަނީ މަޝްވަރާ ކުރައްވައިފަ އެވެ.

ރާއްޖޭގެ ހާރިޖީ ވުޒާރާއިން ބުނީ މަޝްވަރާތަކުގެ މުހިންމު ނަތީޖާއެއްގެ ގޮތުން، ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) އިން ސަބްސްކްރައިބްކޮށްފައިވާ 50 މިލިއަން ޑޮލަރުގެ ޓީބިލް، 18 ސެޕްޓެމްބަރުގައި މުއްދަތު ހަމަވުމުން އިތުރުކުރެވޭނެކަން ކަށަވަރުކުރެވުނު ކަމަށެވެ. މި ނިންމުމުން ހާމަވަނީ އިންޑިއާ ސަރުކާރުން ދިވެހިރާއްޖެއަށް ދެމުންގެންދާ ދެމެހެއްޓެނިވި އިތުބާރާއި އެހީތެރިކަން ކަމުގައި ހާރިޖީ ވުޒާރާ އިން ފާހަގަކުރިއެވެ.

ސޯލިހުގެ ވެރިކަމުގެ ކުރީކޮޅު 2019 ވަނަ އަހަރު ބަޖެޓު ސަޕޯޓުގެ ގޮތުގައި އިންޑިއާގެ ސްޓޭޓް އޮފް ބޭންކް (އެސްބީއައި) މެދުވެރިކޮށް 200 މިލިއަން ޑޮލަރު ނެގި އެވެ. އޭގެ ތެރެއިން 50 މިލިއަން ޑޮލަރަކީ ހިލޭ އެހީ އެވެ. ބާކީ 150 މިލިއަން ޑޮލަރަކީ އެސްބީއައި އަށް ޓީބިލް ވިއްކައިގެން ހޯދި ލޯނެކެވެ. ސޯލިހްގެ ވެރިކަން ނިމިގެން އައިއިރު، މި ލޯންގެ އެއްވެސް މިންވަރެއް ދައްކާފައެއް ނުވެ އެވެ.

ނަމަވެސް ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގެން މިދިޔަ އަހަރުގެ ޖެނުއަރީ މަހު 50 މިލިއަން ޑޮލަރު ދެއްކި އެވެ. އެހެންވެ ބާކީ 100 މިލިއަން ޑޮލަރު އަދިވެސް ދައްކަން އެބައޮތެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%