މަސްތުވާތަކެތީގެ މައްސަލައެއްގައި ކާށިދޫއިން 2 މީހަކު ހައްޔަރުކޮށްފި

މުޙައްމަދު ޖިނާން ހުސައިން ޖަބީން | 31 ދުވަސް ކުރިން - 17 ސެޕްޓެންބަރު 2025 09:49
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރެވުނު 2 މީހުން: ފޮޓޯ/ ދިވެހި ފުލުހުންގެ ހިދުމަތް---
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރެވުނު 2 މީހުން: ފޮޓޯ/ ދިވެހި ފުލުހުންގެ ހިދުމަތް---
ޚުލާސާ

މި ތަކެތީގެ ބަރުދަނުގައި 9.27 ގުރާމު ހުރި.

މަސްތުވާތަކެތީގެ މައްސަލައެއްގައި ކ. ކާށިދޫއިން ދެ މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ހާމަކޮށްފައިވާ ގޮތުގައި، މި ދެ މީހުން ހައްޔަރުކޮށްފައިވަނީ މާލެއިން ކާށިދޫއަށް މަސްތުވާތަކެތި އެތެރެެކުރާ ކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން އެ ރަށުގައި ހިންގި އޮޕަރޭޝަނުގައި އިއްޔެ އެވެ.

މި މައްސަލައާ ގުޅިގެން ފުލުހުން ބުނެފައިވަނީ، މި އޮޕަރޭޝަނުގެ ތެރެއިން، ކާށިދޫގައި މަސްތުވާތަކެތި ވިއްކައި، އޭގެ ވިޔަފާރިކުރާކަމަށް ތުހުމަތުކުރެވޭ މީހުން އަދި ތަންތަން ބަލައިފާސްކޮށްފައިވާ ކަމަށެވެ. އެގޮތުން، ކެފޭ އުސޫލުން މަސްތުވާތަކެތި ވިއްކާ ކަމަށް ތުހުމަތުކުރެވޭ ތިން ތަނެއް ވެސް މިހާތަނަށް ބަންދުކޮށްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

ކާށިދޫއަށް މަސްތުވާތަކެތި އެތެރެކޮށް އެ ތަކެތި ވިއްކައި ވިޔަފާރިކޮށް އަދި ބޭނުންކުރާކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ދެ މީހުންގެ ވަނަވަރު ފުލުހުން ވަނީ ހާމަކޮށްފަ އެވެ. މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ކ. މާލެ / މ. ނަލަހިޔާމަންޒިލް، ޙަސަން މުނާޒް (40އ) އާއި ކ. މާލެ / މ. ބިންއުނިމާގެ، އިބްރާހީމް ޒައިދު (46އ) އެވެ.

ފުލުހުން ބުނެފައިވާ ގޮތުގައި އެ ރަށު މަގުމަތިން މި ދެ މީހުން ހުއްޓުވައި ބަލައިފާސްކުރިއިރު، މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެތި އެ މީހުން އަތުން ފެނިފައިވާ ކަމަށާއި، އަދި މި ތަކެތީގެ ބަރުދަނުގައި 9.27 ގުރާމު ހުރި ކަމަށް ފުލުހުން ވަނީ ހާމަކޮށްފަ އެވެ.

ފުލުހުން ގެންދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.


TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%