ހައްދުފަހަނައެޅި އިސްރާއީލުގެ ޓެރަރިސްޓް ސިފައިން ޣައްޒާ ސިޓީގެ މިސްކިތް ތަޅާލައިފިއެވެ. މަސްދަރުތަކުން ބުނާ ގޮތުގައި ޣައްޒާ ސިޓީގެ އިރުމަތީގައި އޮންނަ ތުއްފާހް ސަރަހައްދުގައި ހުންނަ އަލް އައިބަކީ މިސްކިތް ޒައެނިސްޓުން ތަޅައިލީ މަތިންދާބޯޓަކުން ބޮން އަޅައިގެންނެވެ.
ޣައްޒާގެ ގާތްގަނޑަކަށް 1،244 މިސްކިތުގެ ތެރެއިން 1،115 އެއްހާ މިސްކިތް ޒައެނިސްޓުން ވަނީ ތަޅާލާފައެވެ
އިސްރާއީލު ސިފައިން މި ވަގުތު ވެސް ދަނީ ޣައްޒާ ސިޓީގެ ގިނަ ޢަދަދެއްގެ ގެދޮރަށް ޙަމަލާދީ ބިމާއި ހަމަކުރަމުންނެވެ.
އަލްޖަޒީރާއިން ރިޕޯޓްކުރާ ގޮތުގައި ޣައްޒާ ސިޓީގެ މީހުން ދިރިއުޅޭ ގާތްގަނޑަކަށް 17 ޢިމާރާތެއް ޒައެނިސްޓް ސިފައިން ވަނީ ފުނޑާލާފައެވެ.
މީގެ އިތުރުން އިސްރާއީލުގެ ސިފައިން ތޫބާސް އާއި ރާމަالله އަށް ވަދެ، އުޅަނދުތައް ހަލާކު ކުރަން ވެސް ވަނީ ފަށާފައެވެ. މި ވަގުތުވެސް އިސްރާއީލު ސިފައިން ގެންދަނީ ތޫބާސް ސިޓީ އާއި ހިފާފައިވާ ހުޅަނގު އައްސޭރީގެ ތަޔާސީރު އަވަށަށް ވަދެ އެ ސަރަޙައްދުގެ ރައްޔިތުންނަށް ބިރު ދައްކަމުން ކަމަށް ޚަބަރުތައް ބުނެއެވެ.
ހިބްރޫންގެ ދެކުނުގައި އޮންނަ ފައްވާރު ކޭމްޕު ކައިރީގައި ޕާކު ކޮށްފައި ތިބި ގިނަ ޢަދަދެއްގެ އުޅަނދުތައް ވެސް ޔަހޫދީ ސިފައިން ވަނީ ހަލާކުކޮށްލާފައެވެ. މިހާރު އެ މީހުން ވަނީ އެ ސަރަޙައްދު ދަގަނޑު ގޭޓަކުން ބަންދުކޮށްފަ އެވެ. ތިރީގައިވާ ފޫޓޭޖުން ފެންނަނީ ޖެނިންގެ ރަށަކަށް ސިފައިން ވަދެގެން އުޅޭތަނެވެ.









