Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ކޮމިޓީތަކުގައި ހަމަނުޖެހުން ހިންގަން ފުުރުސަތު ނުދޭން މަޖިލީހުގެ ގަވާއިދު އިސްލާހު ކުރަނީ

ކޮމިޓީތަކުގައި ހަމަނުޖެހުން ހިންގަން ފުުރުސަތު ނުދޭން މަޖިލީހުގެ ގަވާއިދު އިސްލާހު ކުރަނީ

މުހައްމަދު ޖަމްޝަތު
358 ދުވަސް ކުރިން - 16 ސެޕްޓެންބަރު 2025 22:41
މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީ ބައްދަލުވުން--- ފޮޓޯ: މަޖިލިސް
މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީ ބައްދަލުވުން--- ފޮޓޯ: މަޖިލިސް
ޚުލާސާ

މީޑިއާ ބިލު ދިރާސާކުރުމަށް ބޭއްވި ކޮމިޓީ ބައްދަލުވުމެއްގައި ބިލާ ދެކޮޅަށް އަޑުއުފުލައި ނޫސްވެރިންވަނީ ކޮމިޓީތެރޭގައި އަޑުގަދަކޮށްފަ

މިއަދު ފާސްކުރި މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަންގެ ބިލު މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ދިރާސާކުރަމުންދަނިކޮށް ކޮމިޓީގައި އަޑުގަދަކޮށް މަޖިލީހުގެ ކަރާމާތް ގެއްލުވާލި ނޫސްވެރިންގެ މައްސަލަ ބަލަން މަޖިލީހުގެ އާއްމު ކޮމިޓީއަށް ފޮނުވަން ނިންމައިފި އެެވެ.

ދައުރުން ބޭރުން މިއަދު ބޭއްވި ޖަލްސާގެ ރިޔާސަތުގައި އިންނެވި މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް ވިދާޅުވީ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީގެ މަސައްކަތަށް ހުރަސްއެޅޭ ގޮތަށާއި މަޖިލީހުގެ ކަރާމަތަށް އުނިކަން އަންނަ ގޮތަށް އަމަލުކޮށް އިޖުތިމާއީ އަހުލާގުގެ މިންގަނޑުތަކާ ހިލާފު އަމަލުތަކެއް ކޮށްފައިވާތީ މަޖިލީހުގެ ސާޖަންޓް އެޓް އާމްސް ތައްޔާރުކޮށްފައިވާ ރިޕޯޓެއް މަޖިލީހުގެ ރިޔާސަތަށް ލިބިފައިވާ ކަމަށެވެ.

އެއީ މީޑިއާ ބިލު ދިރާސާކުރުމަށް ބޭއްވި ކޮމިޓީ ބައްދަލުވުމެއްގައި ތިބި ބައެއް ނޫސްވެރިން އެކަމާ ދެކޮޅު ހަދައި ކޮމިޓީގައި އަޑުގަދަކުރި މައްސަލަ އެވެ.

Advertisement

Advertisement 1

ނާޒިމް ވިދާޅުވީ އެ މައްސަލަ ބެލުމަށް މަޖިލީހުގެ އާއްމު ކޮމިޓީއަށް ފޮނުވަން ނިންމާފައިވާ ކަމަށެވެ. އަދި އެގޮތަށް ނިންމީ މަޖިލީހުގެ ކަރާމަތަށް އުނިކަން އަންނަ ގޮތަކަށް އަމަލުކުރުމުގެ ފުރުސަތު ނުދިނުމަށް މަޖިލީހުގެ ގަވާއިދު އިސްލާހުކުރުމަށާއި މަޖިލީހުގެ މެހުމާނުން ގޮތުގައި ހާޒިރުވާ މީހުން އަމަލުކުރާނެ އުސޫލުތަކެއް ކަނޑައަޅާ އެ އުސޫލާއި ހިލާފުވެއްޖެނަމަ އަޅާނެ ފިޔަވަޅުތަކެއްް މަޖިލީހުގެ ގަވާއިދުގައި ބަޔާންކުރުމަށް ދެވޭ އިރުޝާދެއް ކަމަށް ނާޒިމް ވިދާޅުވި އެެވެ.

މީގެ އިތުރުން މިނިވަން މުއައްސަސާތަކުގެ ކޮމިޓީގައި ދެ މެމްބަރެއްގެ ދެމެދުގައި ހިނގި ހަމަނުޖެހުމެއްގައި ކޮމިޓީ ރޫމުގެ މައިކަކަށް މެމްބަރަކު ގެއްލުންދީފައިވާތީ އެ މައްސަލަ މަޖިލީހުގެ ސުލޫކީ ކޮމިޓީއަށް ފޮނުވަން މަޖިލީހުގެ ރިޔާސަތުން ނިންމާފައިވާކަމަށްވެސް ނާޒިމް ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލިސްނޫސްވެރިން
Advertisement
Advertisement

ގުޅޭ ޚަބަރުތައް

ކެމްބޯޑިއާގައި ބާއްވާ އައިއެސްސީގެ ދެވަނަ ކޮންފަރެންސްގައި މަޖިލީހުގެ ރައީސް ތަގުރީރު ކުރައްވައިފި

ކެމްބޯޑިއާގައި ބާއްވާ އައިއެސްސީ ކޮންފަރެންސްގައި މަޖިލީހުގެ ރައީސް ތަގުރީރު ކުރައްވައިފި

13 ދުވަސް ކުރިން - 14:25

މޫސުމީ މައްސަލައަކީ ސަރަހައްދުގެ ސަލާމަތަށް ނުރައްކަލެއް: މަޖިލިސް ރައީސް

މޫސުމީ މައްސަލައަކީ ސަރަހައްދުގެ ސަލާމަތަށް ނުރައްކަލެއް: މަޖިލިސް ރައީސް

13 ދުވަސް ކުރިން - 14:10

ގަވައިދާ ޚިލާފަށް މަގު ހުރަސްކުރާ މީހުން 100 ރުފިޔާއިން ޖޫރިމަނާކުރާ ގޮތަށް އެއްގަމު ދަތުރުފަތުރުގެ ބިލު މަޖިލީހުން ފާސްކޮށްފި

ޤަވާއިދާ ޚިލާފަށް މަގު ހުރަސްކުރާ މީހުން 100ރުފިޔާއިން ޖޫރިމަނާ ކުރާގޮތަށް ފާސްކޮށްފި

13 ދުވަސް ކުރިން - 09:33

އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް ޢަބްދުލްޢަޒީޒު ޖަމާލް އަބޫބަކުރު އައްޔަން ކުރުމަށް ރުހުން ދީފި

އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް ޢަބްދުލްޢަޒީޒު ޖަމާލް އައްޔަން ކުރުމަށް ރުހުން ދީފި

14 ދުވަސް ކުރިން - 16:50

އެލްޖީއޭގެ ބޯޑަށް އައްޔަންކުރުމަށް ރައީސް މުޢިއްޒު ފޮނުއްވި ދެ ބޭފުޅުންނަށް މަޖިލީހުން ރުހުން ދީފި

އެލްޖީއޭގެ ބޯޑަށް 2 ބޭފުޅަކު އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި

14 ދުވަސް ކުރިން - 16:36

ބިންތައް އަތުލެވޭ ބިލު ކޮމިޓީން ފާސްކުރީ އިންވެސްޓްމަންޓްތަކަށް ބަދަލުދޭ ގޮތަށް

ބިންތައް އަތުލެވޭ ބިލު ކޮމިޓީން ފާސްކުރީ އިންވެސްޓްމަންޓްތަކަށް ބަދަލުދޭ ގޮތަށް

15 ދުވަސް ކުރިން - 07:43

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%