Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

މީޑިއާ ބިލު ޤާނޫނު އަސާސީއާ އެއްގޮތް، ރައްޔިތުންގެ ހައްގަކަށް އުނިކަމެއް ނާންނާނެ: ފިލްޒާ

މީޑިއާ ބިލު ޤާނޫނު އަސާސީއާ އެއްގޮތް، ރައްޔިތުންގެ ހައްގަކަށް އުނިކަމެއް ނާންނާނެ: ފިލްޒާ

އައިޝަތު ރުވާ ރިފްޢަތު
358 ދުވަސް ކުރިން - 16 ސެޕްޓެންބަރު 2025 17:21
ރައްޔިތުންގެ މަޖިލީސްގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އަދި މަޖިލީހުގެ ކައުންސިލަރު ޖެނެރަލް ފާތިމަތު ފިލްޒާ / ފޮޓޯ: މަޖިލިސް
ރައްޔިތުންގެ މަޖިލީސްގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އަދި މަޖިލީހުގެ ކައުންސިލަރު ޖެނެރަލް ފާތިމަތު ފިލްޒާ / ފޮޓޯ: މަޖިލިސް
ޚުލާސާ

ބިލުގައި ޤާނޫނު އަސާސީއާ ތައާރަޒުވާ އެއްވެސް މާއްދާއެއް ނުހިމެނޭކަމަށް ރައްޔިތުންގެ މަޖިލީހުގެ ކައުންސިލަރު ޖެނެރަލް ފާތިމަތު ފިލްޒާ ފާހަގަކުރެއްވި.

މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން އިއްޔެ ފާސްކުރި މީޑިއާ ރެގިއުލޭޝަން ބިލުގައި ދިވެހިރާއްޖޭގެ ޤާނޫނު އަސާސީއާ ފުށުއެރާ އެއްވެސް ކަމެއް ނެތް ކަމަށާއި އަދި މި ބިލަކީ ޤާނޫނު އަސާސީން ރައްޔިތުންނަށް ލިބިދީފައިވާ އެއްވެސް ހައްގަކަށް އުނިކަމެއް ނާންނާނެ ގޮތަށް އެކުލަވާލާފައިވާ ބިލެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކައުންސިލަރު ޖެނެރަލް ފާތިމަތު ފިލްޒާ ވިދާޅުވެއްޖެ އެވެ. މި ބިލު މިއަދު ހަވީރު އޮންނަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ފާސްވެގެންދާނެ ކަމަށް ލަފާކުރެވެއެވެ.

އިއްޔެ ކޮމިޓީން ފުރަތަމަ ބިލް ފާސްކުރި ނަމަވެސް، ބިލުގެ މަސައްކަތް އަލުން ކުރިއަށް ގެންދިއުމަށްޓަކައި މިއަދު މެންދުރު ފަހު ކޮމިޓީގެ އިތުރު ބައްދަލުވުމެއް ވަނީ ބާއްވާފަ އެވެ. މި ބައްދަލުވުމުގައި ވެސް ފިލްޒާ ތަކުރާރުކޮށް ވިދާޅުވީ ބިލުގައި ޤާނޫނު އަސާސީއާ ތައާރަޒުވާ އެއްވެސް މާއްދާއެއް ނުހިމެނޭ ކަމަށާއި، ރައްޔިތުންނަށް ލިބިފައިވާ ހައްގުތަކަށް އެއްވެސް އުނިކަމެއް ނާންނާނެ ކަމަށެވެ. މީޑިއާ ރެގިއުލޭޝަން ބިލަކީ މިވަގުތު ރައްޔިތުންގެ މަޖިލީހުގައި އެންމެ މުހިންމުކަމެއް ދީގެން ކުރިއަށް ގެންދާ އެއް މަސައްކަތެވެ.

އެގޮތުް، މި ބިލަކީ ތުޅާދޫ ދާއިރާގެ އަމިއްލަ މެންބަރު އަބްދުލް ހަންނާނު އަބޫބަކުރު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި ބިލެކެވެ. ބިލު ހުށަހެޅުނު ފުރަތަމަ ގޮތުގައި، ބައެއް ނޫސްވެރިން ވަނީ ބިލުގެ ސަބަބުން ނޫސްވެރިކަން ކުރުމަށް ގިނަ ހުރަސްތަކެއް ކުރިމަތިވާނެ ކަމަށް ކަންބޮޑުވުން ފާޅުކޮށްފަ އެވެ. ނަމަވެސް، ބަންޑާރަ ނައިބުގެ އޮފީހުން ހުށަހެޅުނު އިސްލާހުތަކާ އެކު، ބިލަށް ބޮޑެތި ބަދަލުތަކެއް އަންނާނެ ކަމަށް ސަރުކާރުން ގަބޫލުކުރެ އެވެ.

Advertisement

Advertisement 1

މި ބިލަށް ގެނެވުނު މުހިންމު އެއް ބަދަލަކީ މީޑިއާ ކޮމިޝަނަށް މެމްބަރުން އައްޔަން ކުރުމުގެ އުސޫލަށް ގެނައި ބަދަލެވެ. ކުރިން، ކޮމިޝަނަށް އައްޔަން ކުރާ މެމްބަރުންގެ ތެރެއިން ތިން މެމްބަރުން އައްޔަން ކުރުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާއަށް ލިބިފައި އޮތެވެ. ނަމަވެސް، މިހާރު ގެނައި އިސްލާހާ އެކު، މި ތިން މެމްބަރުން އައްޔަން ކުރާނީ ރައްޔިތުންގެ މަޖިލިހުންނެވެ. ބާކީ ތިބި ހަތަރު މެމްބަރުން އައްޔަން ކުރާނީ މީޑިއާތަކުން ކަމަށް ބިލުގައި ބަޔާންކޮށްފައިވެ އެވެ.

މީގެ އިތުރުން، ވަކިވަކި ނޫސްވެރިންނާ ދެކޮޅަށް ފިޔަވަޅު އަޅާ ގޮތަށް އޮތް ބައި ވަނީ ކޮމިޓީން އުނިކޮށްފަ އެވެ. އަދި މީސް މީޑިއާ (ފޭސްބުކް، އެކްސް ފަދަ ޕްލެޓްފޯމްތައް) ބޭނުންކުރާ ނުވަތަ ކޮންޓެންޓް އުފައްދާ ފަރާތްތަކަށް ވެސް މި ބިލު ހިނގާނެ ކަމަށް ބުނާ މާއްދާތައް ވެސް ބިލުން ވަނީ ވަކިކޮށްފަ އެވެ.

ރައްޔިތުންގެ މަޖިލިސްމީޑިއާ ބިލް
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ކެމްބޯޑިއާގައި ބާއްވާ އައިއެސްސީގެ ދެވަނަ ކޮންފަރެންސްގައި މަޖިލީހުގެ ރައީސް ތަގުރީރު ކުރައްވައިފި

ކެމްބޯޑިއާގައި ބާއްވާ އައިއެސްސީ ކޮންފަރެންސްގައި މަޖިލީހުގެ ރައީސް ތަގުރީރު ކުރައްވައިފި

13 ދުވަސް ކުރިން - 14:25

މޫސުމީ މައްސަލައަކީ ސަރަހައްދުގެ ސަލާމަތަށް ނުރައްކަލެއް: މަޖިލިސް ރައީސް

މޫސުމީ މައްސަލައަކީ ސަރަހައްދުގެ ސަލާމަތަށް ނުރައްކަލެއް: މަޖިލިސް ރައީސް

13 ދުވަސް ކުރިން - 14:10

ގަވައިދާ ޚިލާފަށް މަގު ހުރަސްކުރާ މީހުން 100 ރުފިޔާއިން ޖޫރިމަނާކުރާ ގޮތަށް އެއްގަމު ދަތުރުފަތުރުގެ ބިލު މަޖިލީހުން ފާސްކޮށްފި

ޤަވާއިދާ ޚިލާފަށް މަގު ހުރަސްކުރާ މީހުން 100ރުފިޔާއިން ޖޫރިމަނާ ކުރާގޮތަށް ފާސްކޮށްފި

13 ދުވަސް ކުރިން - 09:33

އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް ޢަބްދުލްޢަޒީޒު ޖަމާލް އަބޫބަކުރު އައްޔަން ކުރުމަށް ރުހުން ދީފި

އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް ޢަބްދުލްޢަޒީޒު ޖަމާލް އައްޔަން ކުރުމަށް ރުހުން ދީފި

14 ދުވަސް ކުރިން - 16:50

އެލްޖީއޭގެ ބޯޑަށް އައްޔަންކުރުމަށް ރައީސް މުޢިއްޒު ފޮނުއްވި ދެ ބޭފުޅުންނަށް މަޖިލީހުން ރުހުން ދީފި

އެލްޖީއޭގެ ބޯޑަށް 2 ބޭފުޅަކު އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި

14 ދުވަސް ކުރިން - 16:36

ބިންތައް އަތުލެވޭ ބިލު ކޮމިޓީން ފާސްކުރީ އިންވެސްޓްމަންޓްތަކަށް ބަދަލުދޭ ގޮތަށް

ބިންތައް އަތުލެވޭ ބިލު ކޮމިޓީން ފާސްކުރީ އިންވެސްޓްމަންޓްތަކަށް ބަދަލުދޭ ގޮތަށް

15 ދުވަސް ކުރިން - 07:43