Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ބޮޑުތަކުރުފާނު އުތުރުފަރާތް މަގު ހެދުމުގެ މަޝްރޫއުގެ މަސައްކަތް ރައީސް ބައްލަވާލައްވައިފި

ބޮޑުތަކުރުފާނު އުތުރުފަރާތް މަގު ހެދުމުގެ މަޝްރޫއުގެ މަސައްކަތް ރައީސް ބައްލަވާލައްވައިފި

އައިޝަތު ރުވާ ރިފްޢަތު
358 ދުވަސް ކުރިން - 16 ސެޕްޓެންބަރު 2025 16:56
ބޮޑުތަކުރުފާނު މަގުހެދުމުގެ މަޝްރޫއުގެ މަސައްކަތް ރައީސް ބައްލެވުން / ފޮޓޯ: ފޮޓޯ:އެމްޓީސީސީ
ބޮޑުތަކުރުފާނު މަގުހެދުމުގެ މަޝްރޫއުގެ މަސައްކަތް ރައީސް ބައްލެވުން / ފޮޓޯ: ފޮޓޯ:އެމްޓީސީސީ
ޚުލާސާ

މި މަޝްރޫޢަކީ ދިވެހި ދައުލަތުގެ ބަޖެޓުން ހަރަދުކޮށްގެން ހިންގާ ބޮޑު އެއް މަޝްރޫއެއްކަން ފާހަގަކޮށްލެވޭ

ބޮޑުތަކުރުފާނު އުތުރުފަރާތް މަގު ހެދުމުގެ މަޝްރޫއުގެ މަސައްކަތް ކުރިއަށްދާގޮތް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު، ބައްލަވާލައްވައިފި އެވެ.

ބޮޑުތަކުރުފާނު މަގު ޒަމާނީ ފެންވަރަށް ހެދުމުގެ އަމަލީ މަސައްކަތް ފަށާފައިވަނީ މިދިޔަ އޮގަސްޓް މަހުގެ 22 ވަނަ ދުވަހު އެވެ. ތިން ސެގްމަންޓަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މަސައްކަތުގެ ދަށުން 830 މީޓަރުގެ މަގެއް ހަދާއިރު، 737 މީޓަރުގެ ސަރަހައްދެއްގައި ޝީޓް ޕައިލް މަސައްކަތް ކުރާނެ އެވެ. މީގެ އިތުރުން، މަގުގައި ތާރު އަޅައި ސަބްބޭސް ތައްޔާރު ކުރުމާއެކު، ހިނގާ މީހުންނަށް ވަކި ލޭނެއް ގާއިމުކުރުމާއި ފެންހިންދާ ނިޒާމެއްވެސް ގާއިމު ކުރެވޭނެ އެވެ.

މި މަޝްރޫޢަކީ ދިވެހި ދައުލަތުގެ ބަޖެޓުން ހަރަދުކޮށްގެން ހިންގާ ބޮޑު އެއް މަޝްރޫއެވެ. މި މަޝްރޫއު ހަވާލުކޮށްފައިވަނީ އެމްޓީސީސީ (މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ) އާއެވެ.

Advertisement

Advertisement 1

އެމްޓީސީސީން ބުނީ ، ރައީސް މި މަޝްރޫޢުގެ މަސައްކަތް ބައްލަވާލައްވާފައިވާއިރު، މި އިންގިލާބީ މަޝްރޫއުގެ ދަށުން މާލޭގެ މަގުތައް ފުޅާވެ، ހިނގާ ބިނގާވެ އުޅޭ މީހުންނަށް ފަސޭހަވެ، ޓްރެފިކް ތޮއްޖެހުން ކުޑަވެ، ފެންބޮޑުވުން ކުޑަކުރުމަށް ޒަމާނީ ސްޓޯމް ވޯޓާ ޑްރެއިނޭޖް ނިޒާމެއް ތައާރަފްވެ، ރައްކާތެރި އިންފްރާސްޓްރަކްޗާއެއް ގާއިމުވެގެންދާނެ ކަމަށެވެ.

މަޝްރޫއުގެ ތަފްސީލު:

  1. ކޮންޓްރެކްޓް އަގު: 144,509,024.16 ރުފިޔާ
  2. ކޮންޓްރެކްޓް ސޮއިކުރެވުނު ތާރީޚް: 9 އޭޕްރިލް 2025
  3. ކޮންޓްރެކްޓްގެ މުއްދަތު: 455 ދުވަސް

މި މަޝްރޫއުގެ ދަށުން ބޮޑުތަކުރުފާނުމަގު އުތުރު ފަރާތުން ފުޅާކޮށް 4 ލޭންއަށް މަގު ހެދުމާއި، 830 މީޓަރުގެ މަގުގައި ތާރު އެޅުމާއި (ހުޅުމާލެ ފެރީ ޓާމިނަލުން ފެށިގެން ލޯކަލް މާރުކޭޓާ ހަމަޔަށް) ދުވާރުތައް ހެދުމުގެ އިތުރުން ފެން ހިންދާ ނިޒާމް ގާއިމުކުރާނެ އެވެ. އަދި ރޯޑް މާކިން އަދި ސައިން ބޯޑް ހަރުކުރާނެ އެވެ.

އެމްޓީސީސީރައީސް ޑރ. މުހައްމަދު މުއިއްޒު
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

އަމީނީ މަގުގެ ސެގްމެންޓް 1 ގައި ތާރުއެޅުމުގެ އަމަލީ މަސައްކަތް މި ހަފުތާގައި ފަށަނީ

އަމީނީ މަގުގެ ސެގްމެންޓް 1 ގައި ތާރުއެޅުމް މިހަފްތާގައި ފަށަނީ

1 ދުވަސް ކުރިން - 12:00

އެސްއޯއީތައް އިސްލާހުކުރުމުގެ ނިންމެވުން: ދެމެހެއްޓެނިވި އަދި ހަރުދަނާ ހިދުމަތަކަށް އެޅުނު މުހިންމު ފިޔަވަޅެއް: ފަހުމީ

އެސްއޯއީތައް އިސްލާހުކުރުމުގެ ނިންމެވުން: ހަރުދަނާ ހިދުމަތަކަށް އެޅުނު މުހިންމު ފިޔަވަޅެއް: ފަހުމީ

1 ދުވަސް ކުރިން - 08:45

މަދަނީ މައްސަލަތައް އަވަސްކުރަން ގާނޫނަށް އިސްލާހު ގެންނަނީ

މަދަނީ މައްސަލަތައް އަވަސްކުރަން ގާނޫނަށް އިސްލާހު ގެންނަނީ

2 ދުވަސް ކުރިން - 20:20

ހުރިހާ ރައްޔިތުން ރިސޯޓު ހިއްސާދާރުންނަށް ހަދާ ޕްރޮޖެކްޓް ނޮވެމްބަރުގައި ފަށަނީ

ހުރިހާ ރައްޔިތުން ރިސޯޓު ހިއްސާދާރުންނަށް ހަދާ ޕްރޮޖެކްޓް ނޮވެމްބަރުގައި ފަށަނީ

2 ދުވަސް ކުރިން - 19:54

އާސަންދަ ބަދަލާއެކު ރައްޔިތުންގެ އެހެނިހެން ކަންތަކަށް 287 މިލިއަން ރުފިޔާ

އާސަންދަ ބަދަލާއެކު ރައްޔިތުންގެ އެހެނިހެން ކަންތަކަށް 287 މިލިއަން ރުފިޔާ

2 ދުވަސް ކުރިން - 16:33

2028 މެދަކާހަމަޔަށް ދާއިރު ގިނަރައްޔިތުންނަށް ބޯހިޔާވަހިކަން ކަށަވަރުވެގެން ދާނެ: ރައީސް

2028 މެދަކާހަމަޔަށް ދާއިރު ގިނަރައްޔިތުންނަށް ބޯހިޔާވަހިކަން ކަށަވަރުވެގެން ދާނެ: ރައީސް

2 ދުވަސް ކުރިން - 16:20