މީޑިއާ ބިލް ފާސްކުރުމަށް މަޖިލީހުގެ ދައުރުން ބޭރު ޖަލްސާ އިރުކޮޅަކުން ފަށާނެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ދައުރުން ބޭރުގައި މިއަދު ޖަލްސާއެއް ބޭއްވުމަށް ނިންމާފައިވާކަން މަޖިލީހުގެ އިދާރާއިން އިއްޔެ ވަނީ ހާމަކޮށްފަ އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި، މަޖިލީހުގެ ދައުރުން ބޭރު މި ޖަލްސާ މިއަދު ބޭއްވުމަށް ހަމަޖެހިފައިވަނީ ހަވީރު 04:00 ގަ އެވެ. މި ޖަލްސާގައި މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން ބިލް ފާސްކުރުމަށް ވޯޓަށް އަހާނެ އެވެ.
އެގޮތުން، މީޑިއާ ބިލް ފާސްކުރުމާ ދެކޮޅަށް މަޖިލިސް ސަރަހައްދުގައި ނޫސްވެރިން އަދި އިދިކޮޅު ފަރާތްތަކުން އަންނަނީ ހެނދުން ފެށިގެން އިހުތިޖާޖު ކުރަމުންނެވެ.
އަދި މީޑިއާ ބިލް ފާސްކުރުމަށް ގޮވާލާ އާއްމުންވެސް މަޖިލިސް ކައިރީގައި އިހުތިޖާޖު ކުރަމުން އެބަދެ އެވެ.