މަޖިލީހުގެ ރައީސް އަބްދުއްރަހީމް ޕާކިސްތާނަށް ފުރާވަޑައިގެންފި

އައިޝަތު ޝިފްނާ ހުސައިން | 14 ދުވަސް ކުރިން - 16 ސެޕްޓެންބަރު 2025 15:24
މަޖިލީހުގެ ރައީސް އަބްދުއްރަހީމް---ފޮޓޯ: މަޖިލިސް
މަޖިލީހުގެ ރައީސް އަބްދުއްރަހީމް---ފޮޓޯ: މަޖިލިސް
ޚުލާސާ

މަޖިލީހުން ބުނި ގޮތުގައި ޕާކިސްތާނަށް ވަޑައިގަންނަވަނީ މިއަދުން ފެށިގެން މި މަހުގެ 20 އަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގަ.

މަޖިލީހުގެ ރައީސް އަބްދުއްރަހީމް ރަސްމީ ދަތުރުފުޅެއްގައި ޕާކިސްތާނަށް ފުރާވަޑައިގެންފި އެވެ.

މި ދަތުރުފުޅަކީ ޕާކިސްތާނުގެ ވެރިރަށް އިސްލާމްއާބާދަށް ކުރައްވާ ދަތުރުފުޅެކެވެ. އޭނާ ފުރާވަޑައިގަތީ މިއަދު ހެނދުނު އެވެ. މަޖިލީހުން ބުނި ގޮތުގައި ޕާކިސްތާނަށް ވަޑައިގަންނަވަނީ މިއަދުން ފެށިގެން މި މަހުގެ 20 އަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގަ އެވެ.

މަޖިލީހުން އިތުރަށް ބުނީ މި ދަތުރުފުޅުގައި ޕާކިސްތާނުގެ ސަރުކާރުގެ ބައެއް އިސްވެރިންނާ ބައްދަލުކުރައްވާ ގޮތަށް ވަނީ ހަމަޖެހިފަ ކަމަށެވެ. ނަމަވެސް ދަތުރުފުޅުގެ އިތުރު ތަފްސީލެއް ނުދެ އެވެ.

މި ދަތުރުފުޅުގައި އަބްދުއްރަހީމްގެ އަރިހުގައި ދެން ވަޑައިގެންނެވީ:

ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދު

މަނަދޫ ދާއިރާގެ މެންބަރު ހުސްނީ މުބާރިކް

ގަމު ދާއިރާގެ މެންބަރު ޔޫސުފް ނަޝީދު

ހުޅުމާލެ މެދު ދާއިރާގެ މެންބަރު އަބްދުﷲ ޝަޒީމް

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%