Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ޔަމަނުން އިސްރާއީލަށް ޙަމަލާދޭތީ އދ. ކަންބޮޑުވެއްޖެ

ޔަމަނުން އިސްރާއީލަށް ޙަމަލާދޭތީ އދ. ކަންބޮޑުވެއްޖެ

ހުސައިން އިސްމާއިލް
347 ދުވަސް ކުރިން - 16 ސެޕްޓެންބަރު 2025 09:45
އ.ދ. އިން ޔަމަނަށް ކަނޑައަޅާފައިވާ ޚާއްޞަ މަންދޫބު ހަންސް ގްރަންޑްބަރގް / ފޮޓޯ: ޔޫއެން.
އ.ދ. އިން ޔަމަނަށް ކަނޑައަޅާފައިވާ ޚާއްޞަ މަންދޫބު ހަންސް ގްރަންޑްބަރގް / ފޮޓޯ: ޔޫއެން.
ޚުލާސާ

އިސްރާއީލުން ޙަމާސް އާއި ދެކޮޅަށް ޢުދުވާން ހިންގަމުން ދަނިކޮށް ޔަމަނުގެ ހޫޘީންނާއި އިސްރާއީލާއި ދެމެދު ޙަމަލާތައް ބަދަލުކުރާތީ އެކަން ހުއްޓުވަން ޔަމަނަށް ކަނޑައަޅާފައިވާ މަންދޫބު ގޮވާލައިފި.

ޣައްޒާ އާއި ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގެ ތެރޭގައި އިސްރާއީލާއި ޔަމަނުގެ ހޫޘީންނާއި ދެމެދު ހަމަނުޖެހުންތައް އިތުރުވަމުންދާތީވެ އެކަން ހުއްޓުވުމަށް ޔުނައިޓެޑް ނޭޝަންސް (އ.ދ) އިން ޔަމަނަށް ކަނޑައަޅާފައިވާ ޚާއްޞަ މަންދޫބު ހަންސް ގްރަންޑްބަރގް ގޮވައިލައިފިއެވެ.

އދ. ގެ ސަލާމަތާއި ބެހޭ ކައުންސިލްގައި ވަހަކަ ދައްކަވަމުން އޭނާ ވިދާޅުވީ ޔަމަނާއި އިސްރާއީލާއި ދެމެދު ހިނގަމުންދާ ހަމަނުޖެހުންތައް ވަރުގަދަވެ ދެފަރާތަށް ވެސް ލިބެމުންދާ ގެއްލުން ބޮޑުވަމުންދާ މަންޒަރު ފެންނަމުންދާ ކަމަށެވެ.

"އަޅުގަނޑުމެންނަށް ފެންނަނީ އަންސާރުالله އާއި އިސްރާއީލާ ދެމެދު އުފެދިފައިވާ ޢަދާވާތްތެރިކަން ބިރުވެރި އަދި ނުރައްކާތެރި ގޮތެއްގައި ވަރުގަދަވަމުންދާތަން،" ހޫތީންނަށް ރަސްމީ ނަމުން އިޝާރާތް ކުރައްވައި އޭނާ ވިދާޅުވި އެވެ.

Advertisement

Advertisement 1

ހަންސް ގްރަންޑްބަރގް އަކީ ސްވިޑެންގެ ޑިޕްލޮމެޓެކެވެ. މެދުއިރުމަތީގެ ކަންކަމުގައި މީގެ ކުރިން މިޞްރާއި ފަލަސްޠީނުގައި އޭނާ މަސައްކްތް ކުރެއްވިއިރު ޔޫރަޕިއަން ޔޫނިއަންގެ މިޝަންތަކުގެ އިތުރުން، ގަލްފާއި މެދުއިރުމައްޗާއި ގުޅުން ހުރި އީޔޫގެ ވޯކިން ގްރޫޕްތަކުގެ ޗެއާމަންކަން ވެސް އޭނާ ކުރެއްވި ކަން ފާހަގަ ކުރެވެއެވެ.

އޭނާފާހަގަ ކުރެއްވި ގޮތުގައި ޔަމަނުގެ ހޫޘީ ޑްރޯންތަކާއި މިސައިލްތަކުން އިސްރާއީލަށް ބޮޑެތި ގެއްލުންތައް ލިބިފައިވެއެވެ. އެއާޕޯޓާއި ޢާންމުންނަށް ވެސް ގެއްލުން ލިބިފައިވެއެވެ. އަނެއްކޮޅުން ބަލާއިރު އޮގަސްޓް އަދި ސެޕްޓެމްބަރު މަހު އިސްރާއީލުން ޔަމަނަށް ދިން ޙަމަލާތަކުގައި ހޫޘީންގެ ކެބިނެޓުގެ ވަޒީރުންނާއި ގިނަ ޢަދަދެއްގެ ޢާންމުން ޝަހީދުވި ކަމަށް ފާހަގަކުރެއްވިއެވެ. އެހެންކަމުން މި ބަދަލުހިފުންތައް ނިންމަންޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން ސަންޢާ ހިމެނޭ ސަރަޙައްދުތަކުގައި އ.ދ. ގެ 44 މުވައްޒަފުން ބަންދުގައި ތިބި ކަމަށް ފާހަގަ ކުރައްވައި ވިދާޅުވީ، ޔަމަނާއި އިސްރާއީލާއި ދެމެދު ޙަމަލާ ބަދަލުކުރުން ކުރިޔަށްދާހާ ހިނދަކު އ.ދ. ގެ ޑިޕްލޮމެޓުންނަށް ވެސް ޔަމަނުގައި ދަތި ވާނެ ކަމަށެވެ.

މެދުއިރުމަތިޔަމަންއިސްރާއީލްއދ
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

އެމެރިކާ އާއި އިޒުރޭލުގައި ކެންސަރު ބަލި ޖެހޭ މީހުންގެ އަދަދު އިތުރުވަނީ

އެމެރިކާ އާއި އިޒުރޭލުގައި ކެންސަރު ޖެހޭ މީހުންގެ އަދަދު އިތުރުވަނީ

7 ދުވަސް ކުރިން - 15:57

ފަލަސްތީނުގެ ސާޅީހަށްވުރެ ގިނަ މީހުން ޝަހީދުކޮށް، ސަތޭކައަށްވުރެ ގިނަ މީހުން ޒަހަމްކޮށްލައިފި

ފަލަސްތީނުގެ ސާޅީހަށްވުރެ ގިނަ މީހުން ޝަހީދުކޮށް، ސަތޭކައަށްވުރެ ގިނަ މީހުން ޒަހަމްކޮށްލައިފި

7 ދުވަސް ކުރިން - 14:34

އިސްރާއީލުގެ ހަމަލާއެއްގައި ޣައްޒާގެ އަންހެން ފުލުހުންގެވެރިޔާ ޝަހީދުކޮށްލައިފި

އިސްރާއީލުގެ ހަމަލާއެއްގައި ޣައްޒާގެ އަންހެން ފުލުހުންގެވެރިޔާ ޝަހީދުކޮށްލައިފި

9 ދުވަސް ކުރިން - 19:36

ހޫތީން ދިން ވަރުގަދަ ހަމަލާއެއްގައި ޔަމަން ސަރުކާރުގެ 58 ސިފައިން މަރުވެއްޖެ

ހޫތީން ދިން ވަރުގަދަ ހަމަލާއެއްގައި ޔަމަން ސަރުކާރުގެ 58 ސިފައިން މަރުވެއްޖެ

22 ދުވަސް ކުރިން - 04:33

ހަމާސް ކުރިމަތީ އިޒުރޭލު ސަރުކާރުން ކުޑަކަކޫ ޖަހައިފި: އިޒުރޭލު މީޑިއާ

ހަމާސް ކުރިމަތީ އިޒުރޭލު ސަރުކާރުން ކުޑަކަކޫ ޖަހައިފި: އިޒުރޭލު މީޑިއާ

22 ދުވަސް ކުރިން - 23:25

ރިޕޯޓު: ދިވެހިރާއްޖޭގެ އިސްލާމީ އައިޑެންޓިޓީއަށް ނަޝީދު ދެއްވި ހަމަލާ

ރިޕޯޓު: ދިވެހިރާއްޖޭގެ އިސްލާމީ އައިޑެންޓިޓީއަށް ނަޝީދު ދެއްވި ހަމަލާ

29 ދުވަސް ކުރިން - 14:29