އެހެން ޤައުމުތަކަށް ޙަމަލާ ދިނުމަކީ ކުރިއަރާފައިވާ ޑިމޮކްރަސީގައި ކުރަންޖެހޭ ކަމެއް: ނަތަންޔާހޫ

ޢަބްދުﷲ ޖުނައިދު | 35 ދުވަސް ކުރިން - 15 ސެޕްޓެންބަރު 2025 00:51
ނަތަންޔާހޫ އާއި އެމެރިކާގެމާކޯ ރޫބިއޯ ޤުދުސްގައި ނޫސްވެރިންނާއި ބައްދަލުކުރަނީ / ފޮޓޯ: ރޮއިޓާސް.
ނަތަންޔާހޫ އާއި އެމެރިކާގެމާކޯ ރޫބިއޯ ޤުދުސްގައި ނޫސްވެރިންނާއި ބައްދަލުކުރަނީ / ފޮޓޯ: ރޮއިޓާސް.
ޚުލާސާ

ޓެރަރިސްޓުންނަށް ހިޔާވަހިކަންދޭ ކޮންމެ ޤައުމެއްގައި އެ ޓެރަރިސްޓަކު ހުއްޓަސް އެ ޤައުމަކަށް ޙަމަލާ ދިނުމަކީ ކުރިއަރާފައިވާ ޑިމޮކްރަސީތަކުން ކުރާ ކަންކަން ކަމަށް ނަތަންޔާހޫ ބުނެފި.

ތިމަންނާމެން ޤަބޫލުކުރަނީ ޓެރަރިސްޓެއް ކަމަށް ވާނަމަ އެ މީހަކަށް ހިޔާވަހިކަން ދޭ ކޮންމެ ޤައުމެއްގައި އެ މީހަކު ހުއްޓަސް އެ ޤައުމަކަށް ޙަމަލާ ދޭނެ ކަމަށާއި، އެއީ “ކުރިއަރާފައިވާ ޑިމޮކްރަސީތަކުން ކުރާ” ކަމެއް ކަމަށް އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯއާ އެކު މިއަދު ޤުދުސްގައި ވާހަކަ ދައްކަމުން އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ބުނެފިއެވެ. އޭނާ މިހެން ބުނީ ޤަޠަރަށް ދާދިފަހުން އިސްރާއީލުން ދިން ވައިގެ ޙަމަލާ ދިފާޢު ކުރަމުންނެވެ.

ޒައެނިސްޓް ނަތަންޔާހޫ ބުނީ ޓެރަރިސްޓުންނަށް ރައްކާތެރިކަން ދޭ ޤައުމުތަކުން އެމީހުން ފޮނުވާލަން ނުވަތަ އިންސާފުގެ ކުރިމައްޗަށް ގެންނަން ޖެހޭ ކަމަށާއި، ނޫންނަމަ އެ ޤައުމަކަށް އިސްރާއީލުން ޙަމަލާ ދޭނެ ކަމަށެވެ. އަދި ޙަމާސްގެ އިސް ލީޑަރުންނަށް އަމާޒުކޮށްގެން ދޯހާ އަށް ދިން ޙަމަލާގެ ފުރިހަމަ ޒިންމާ އިސްރާއީލުން ނަގާ ކަމަށް ވެސް ނަތަންޔާހޫ ބުންޏެވެ.

ޖޮއިންޓް ޕްރެސް ކޮންފަރެންސްގައި ނަތަންޔާހޫ ބުނީ އޭނާގެ ސަރުކާރުން ދިން ޙަމަލާ އަށް ޤައުމުތަކުން ފާޑުކިޔުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި އޭނާގެ ޙަމަލާ ތަކަކީ ދިފާއީ އަމަލުތަކެއް ކަމަށެވެ. އަދި ޙަމާސްގެ ގާބިލްކަން ނައްތާލުމަށް އެއީ ކޮންމެހެން ދޭން ލާޒިމު ޙަމަލާއެއް ކަމަށް އޭނާ ބުންޏެވެ.

ސެޕްޓެމްބަރ 9ގައި އިސްރާއީލުން ވަނީ ހަނގުރާމަ ހުއްޓާލުމުގެ މަޝްވަރާތަކަށް ދޯހާ އަށް ވަޑައިގެން ތިބި ޙަމާސްގެ އިސް އޮފިޝަލުންނަށް އަމާޒުކޮށްގެން ވައިގެ ޙަމަލާއެއް ދީފައެވެ. ރިޕޯޓްތައް ބުނާ ގޮތުގައި މި ޙަމަލާގައި ހަމީހުން ޝަހީދުވިއެވެ. އޭގެ ތެރޭގައި ޙަމާސްގެ ފަސްމެންބަރުން ހިމެނޭއިރު އެކަކީ ޙަމާސްގެ އިސް ލީޑަރު ޚަލީލް އަލް ހައްޔާގެ ދަރިކަލުންނެވެ.

މި ޙަމަލާގެ ސަބަބުން ފިތުނަތައް އިތުރުވެ ދޯހާގައި އިއްޔެ ޢަރަބި އިސްލާމިކް ކުއްލި ސަމިޓެއްވެސް އޮތެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%