މޫނު ބުރުގާ އެޅޭ ގޮތަށް ސިވިލް ސާވިސް ގަވާއިދު އިސްލާހުކޮށް ގެޒެޓު ކޮށްފި

އައިޝަތު ޝިފްނާ ހުސައިން | 34 ދުވަސް ކުރިން - 15 ސެޕްޓެންބަރު 2025 18:51
ފޮޓޯ: ދައުރު
ފޮޓޯ: ދައުރު
ޚުލާސާ

ކާކުކަން އެނގެންޖެހޭ ފަދަ ހިދުމަތްތައް ދޭ މުވައްޒަފުންގެ ތެރޭގައި ރިސެޕްޝަނިސްޓުން ފަދަ ފްރޮންޓުލައިންގައި މަސައްކަތްކުރާ މުވައްޒަފުން ހިމެނޭ.

ސިވިލް ސާވިސް މުވައްޒަފުން މޫނު ބުރުގާ އަޅައިގެން މަސައްކަތް ކުރެވޭ ގޮތަށް ހަމަޖައްސައި ގަވާއިދު ބަދަލުކޮށްފި އެވެ.

މީގެ ކުރިން ސިވިލް ސާވިސްގައި މަސައްކަތް ކުރާ އަންހެން މުވައްޒަފުން ވަޒީފާ އަދާކުރަން ޖެހެނީ ކާކުކަން އެނގޭ ގޮތަށެވެ.

ނަމަވެސް އަލަށް ގެނައި އިސްލާހުތަކާއެކު އެ ހުރަސްތައް ނައްތާލީ ކަމަށް މިއަދު ނެރުނު ގެޒެޓުގެ އިއުލާނުގައި ބުންޏެވެ. ސިވިލް ސާވިސް ގަވާއިދު ކުރިން އޮންނަ ގޮތުން ސިވިލް ސާވިސްގެ ކޮންމެ ހިދުމަތަކީ ވެސް ޒިންމާދާރުކަމާއެކު ދޭންޖެހޭ އަދި ޖަވާބުދާރީ ވާންޖެހޭ މަސައްކަތަކަށް ވާތީ، ހިދުމަތް ލިބިގަންނަ މީހުންނާއި މުއާމަލާތްކުރާ މީހުންނަށް، އެ ހިދުމަތްދޭ މީހަކު ފާހަގަކޮށް އެނގެން ޖެހެ އެވެ.

އެގޮތުން ސިވިލް ސާވިސްގެ މުވައްޒަފުން މަސައްކަތު ގަޑީގައި ހެދުން އަޅާފައި ހުންނަން ޖެހޭނީ ކާކުކަން ރަނގަޅަށް އެނގޭ ފަދަ ގޮތެއްގައި ކަމަށް، އެ ގަވާއިދުގައިވެ އެވެ. ކާކުކަން އެނގެންޖެހޭ ފަދަ ހިދުމަތްތައް ދޭ މުވައްޒަފުންގެ ތެރޭގައި ރިސެޕްޝަނިސްޓުން ފަދަ ފްރޮންޓުލައިންގައި މަސައްކަތްކުރާ މުވައްޒަފުން ހިމެނެ އެވެ.

ގަވާއިދަށް ގެނައި ބަދަލުގައި ވަނީ ހިދުމަތުގެ ގޮތުން ކާކުކަން އެނގެން ޖެހޭ ފަދަ ހިދުމަތެއް ދޭ މުވައްޒަފުން އެ މުވައްޒަފެއްގެ ނަމާއި، މަގާމު އެނގޭ ގޮތަށް ކާޑު ނުވަތަ ޓެގު ބޭނުންކުރަން ޖެހޭނެކަމަށެވެ. ނަމަވެސް މޫނު އަޅައިގެން ވަޒީފާ އަދާކުރެވޭނެ ކަމަށް އެ ގަވާއިދުގައިވެ އެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%