މާފަންނު ގެއެއްގައި މަރުވެފައި އޮތް މީހަކު ފެނިއްޖެ އެވެ.
މި މައްސަލައިގެ ރިޕޯޓް ފުލުހުންނަށް ލިބިފައިވަނީ މިއަދު ހެނދުނު 07:22 އެހާކަންހާއިރު ކަމަށް ފުލުހުން މިއަދު މީޑިއާތަކަށް މިއަދު ފޮނުވި މެސެޖެއްގައި ވަނީ ބުނެފަ އެވެ.
މާފަންނު ގެއެއްގައި މީހަކު މަރުވެފައި އޮއްވާ ފެނުނު މައްސަލާގައި ޖިނާއީ ކުށެއްގެ ތުހުމަތުކުރެވޭ ކަމެއް މިހާތަނަށް ތަހުގީގަށް ފާހަގަކުރެވިފައި ނުވާކަމަށް ފުލުހުން މީޑިއާތަކަށް މިއަދު ފޮނުވި މެސެޖުގައި ވަނީ ބުނެފަ އެވެ. އެހެންނަމަވެސް މަރުވެފައި އޮއްވާ ފެނުނު މީހާގެ ކަރަށް ވަޅިން ހަމަލާދީފައިވާ ކަމަށް ބެލެވޭ ނިޝާންތަކެއް ފެންނަން ހުރިކަމަށް "ޚުލާސާ"އަށް ވަނީ މައުލޫމާތު ލިބިފަ އެވެ.
މި މައްސަލަ އިތުރަށް ތަހުގީގުކުރަމުން އަންނަކަމަށް ވެސް ފުލުހުން ވަނީ ބުނެފަ އެވެ.









