Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

އިންތިހާބުތައް ކުރުކުރުމުން 70 މިލިއަން ރުފިޔާ ސަލާމަތް ކުރެވޭނެ: ފަލާހު

އިންތިހާބުތައް ކުރުކުރުމުން 70 މިލިއަން ރުފިޔާ ސަލާމަތް ކުރެވޭނެ: ފަލާހު

މުޙައްމަދު ޖިނާން ހުސައިން ޖަބީން
263 ދުވަސް ކުރިން - 15 ސެޕްޓެންބަރު 2025 11:31
އިނގުރައިދޫ ދާއިރާގެ މެންބަރު ފަލާހު: ފޮޓޯ/ އިންޓަނެޓް---
އިނގުރައިދޫ ދާއިރާގެ މެންބަރު ފަލާހު: ފޮޓޯ/ އިންޓަނެޓް---
ޚުލާސާ

މެންބަރު ފަލާހު މިމޭރުމުން ވިދާޅުވެފައިވަނީ ރައްޔިތުންގެ މަޖިލީހަށް މިހާރު ހުށަހަޅާފައިވާ ރައްޔިތުންގެ ހިޔާލު ހޯދުމުގެ ބިލަށް މިއަދުގެ ޖަލްސާގައި ވާހަކަދައްކަވަމުން.

ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު ކުރުކުރުމުން 70 މިލިއަން ރުފިޔާ ސަލާމަތް ކުރެވިގެންދާނެ ކަމަށް އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހު ވިދާޅުވެއްޖެ އެވެ.

މެންބަރު ފަލާހު މިމޭރުމުން ވިދާޅުވެފައިވަނީ ރައްޔިތުންގެ މަޖިލީހަށް މިހާރު ހުށަހަޅާފައިވާ ރައްޔިތުންގެ ހިޔާލު ހޯދުމުގެ ބިލަށް މިއަދުގެ ޖަލްސާގައި ވާހަކަދައްކަވަމުންނެވެ. ރައްޔިތުންގެ ހިޔާލު ހޯދުމުގެ ބިލަކީ ވަރަށް މުހިއްމު ބިލެއް ކަމަށް ފަލާހު ވަނީ ފާހަގަކުރައްވައިފަ އެވެ.

އެމްޑީޕީގެ ފަރާތުން މި ބިލާ ގުޅޭގޮތުން ވާހަކަދެއްކެވި މެންބަރުން ވާހަކަދެއްކެވިއިރު، ބިލު ދިރާސާކުރައްވާފައި ނެތްކަމަށާއި، އިދިކޮޅުގެ މެންބަރުންނަށް މި ބިލަށް ވޯޓް ނުދޭނެ ސަބަބެއް ވެސް ބަޔާންކޮށްދެވިފައިނުވާ ކަމަށް މެންބަރު ފަލާހު ވަނީ ވިދާޅުވެފަ އެވެ.

Advertisement

Advertisement 1
"މި ބިލު އޮތް ގޮތުން ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު މިހާރު ބާއްވަން އޮތް މުއްދަތަށްވުރެ މިކުރަނީ ކުރު. ކުރު ކުރުމުގެ ސަބަބުން ދައުލަތުގެ ބަޖެޓުން 70 މިލިއަން ރުފިޔާ ސަލާމަތް ކުރެވިގެންދާނެ" --- މެންބަރު ފަލާހު ވިދާޅުވި އެވެ.

މަޖިލީހުގެ ބައެއް މެންބަރުން އޮޅުވާލަން އުޅުނު ނަމަވެސް ރައްޔިތުންނަކަށް އޮޅުވާނުލެވޭނެ ކަމަށާއި، ރައްޔިތުން އެއަށްވުރެ ހޭލުންތެރިކަމަށް ވެސް މެންބަރު ފަލާހު ވިދާޅުވި އެވެ.

ރައްޔިތުންގެ ހިޔާލު ހޯދުމުގެ ބިލާ ގުޅޭ ގޮތުން އިދިކޮޅަށް ނިސްބަތްވާ ބައެއް މެންބަރުން ހަގީގަތާ ހިލާފު ވާހަކަ ދައްކަމުން އަންނަކަން ފާހަގަކޮށްލެވެ އެވެ. އެގޮތުން ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު ދަންމާލަން ސަރުކާރުން ނިންމާފައިވާކަމަށް އިދިކޮޅަށް ނިސްބަތްވާ މެންބަރުން އަންނަނީ ބުނަމުންނެވެ.

ރައްޔިތުންގެ މަޖިލިސްމެމްބަރު އިބްރާހިމް ފަލާހް
Ad
Ad

ގުޅޭ ޚަބަރުތައް

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގެ ވޯޓުލުން މާދަމާ!

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގެ ވޯޓުލުން މާދަމާ!

19 ގަޑިއިރު ކުރިން - 12:12

މަޖިލީހުގެ ނައިބު ރައީސްކަމަށް ސަލީމް އިންތިހާބުކޮށްފި

މަޖިލީހުގެ ނައިބު ރައީސްކަމަށް ސަލީމް އިންތިހާބުކޮށްފި

4 ދުވަސް ކުރިން - 10:21

އިންސާނުންގެ ގުނަވަން ޓްރާންސްޕްލާންޓްކުރުމުގެ ބިލު މުރާޖައާކުރުމަށް ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް އަނބުރާ ފޮނުއްވައިފި

އިންސާނުންގެ ގުނަވަން ޓްރާންސްޕްލާންޓްކުރުމުގެ ބިލު މުރާޖައާކުރުމަށް އަނބުރާ ފޮނުއްވައިފި

5 ދުވަސް ކުރިން - 02:25

ނާޒިމް އިސްތިއުފާ ދެއްވައިފި؛ ނައިބު ރައީސަކު ހޮވުމަށް ބާއްވާ ޖަލްސާ މާދަމާ

ނާޒިމް އިސްތިއުފާ ދެއްވައިފި؛ ނައިބު ރައީސަކު ހޮވުމަށް ބާއްވާ ޖަލްސާ މާދަމާ

5 ދުވަސް ކުރިން - 14:31

ޕީއެންސީ ޕާލިމަންޓްރީ ގްރޫޕަށް ފައިސާ ބެހި ކަމަށް ބުނާ ވާހަކަ ޝުޖާއު ދޮގުކޮށްފި

ޕީއެންސީ ޕާލިމަންޓްރީ ގްރޫޕަށް ފައިސާ އެއް ނުބަހާ: ޝުޖާއު

6 ދުވަސް ކުރިން - 00:50

ނާޒިމް ވަކިކުރަން މާދަމާ ހެނދުނަށް އެޖެންޑާކޮށްފި

ނާޒިމް ވަކިކުރަން މާދަމާ ހެނދުނަށް އެޖެންޑާކޮށްފި

6 ދުވަސް ކުރިން - 18:38

0 ރިއެކްޝަންސް / 1 ކޮމެންޓް

0%
0%
0%
0%
0%

ފެލާނާ

263 ދުވަސް ކުރިން - 19:28

ތިވަރުން ތިޔަ ބާކީ ،ކުރަނީ ކޮން ބޭނުމެއް ނުފުދިގެންބާ. ބަލައްޗޭ ފާސްކުރާ ބަޖެޓް ކިހާ ތަނެއްތޯ ކުޑަވަނީ. ކިތައް މަޝްރޫޢުތޯ އިތުރަށް ހިންގެނީ.