ޕާކިސްތާނުގެ އަސްކަރީ ގާފިލާއަށް ދިން ނިރުބަވެރު ހަމަލާ ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފި

އައިޝަތު ރުވާ ރިފްޢަތު | 33 ދުވަސް ކުރިން - 14 ސެޕްޓެންބަރު 2025 00:06
ހާރިޖީ ވުޒާރާ/ ފޮޓޯ: ހުލާސާ
ހާރިޖީ ވުޒާރާ/ ފޮޓޯ: ހުލާސާ
ޚުލާސާ

ރާއްޖެއަކީ ދުނިޔެއަށް ކުރިމަތިވެފައިވާ ނިރުބަވެރިކަމުގެ ނުރައްކަލާ ދެކޮޅަށް ތެދުވެ ސާބިތުކަންމަތީ ދެމި އޮންނާނެ ގައުމެއް ކަމުގައި ކަށަވަރުކޮށްދޭ ކަމަށް ހާޒިޖީ ވުޒާރާއިން ފާހަގަކުރި.

ޕާކިސްތާނުގެ ހުޅަނގު އުތުރު ސަރަހައްދުގައި އެގައުމުގެ އަސްކަރީ ގާފިލާއަކަށް ދިން ނިރުބަވެރި ހަމަލާ ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފި އެވެ. މި ހަމަލާގައި ކުށެއް ނެތް އެތައް ބަޔަކު މަރުވެ، ގިނަ އަދަދެއްގެ ބަޔަކަށް ޒަހަމްވެފައިވާ ކަމަށް ރާއްޖޭގެ ހާރިޖީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ފާހަގަކުރިއެވެ.

ހާރިޖީ ވުޒާރާއިން ނެރުނު ބަޔާނުގައި ބުނީ ޕާކިސްތާނުގެ ހުޅަނގު އުތުރު ސަރަހައްދުގައި އަސްކަރީ ގާފިލާއަކަށް ދިން އުދުވާނީ ހަމަލާގައި ކުށެއް ނެތް އެތައް ބަޔަކު މަރުވެ، ގިނަ އަދަދެއްގެ ބަޔަކު ޒަހަމްވި ހާދިސާ ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ. މިފަދަ ފިނޑި އަނިޔާވެރި އަމަލުތައް ހަރުކަށި އިބާރާތުން ކުށްވެރިކުރާކަމަށެވެ.

މި ހަމަލާގައި މަރުވި މީހުންގެ އާއިލާތަކަށާއި، ޕާކިސްތާނުގެ ސަރުކާރަށާއި ރައްޔިތުންނަށް ރާއްޖޭގެ ފަރާތުން ވަނީ ހަމްދަރުދީ ފޮނުވާފަ އެވެ. އަދި މި ފިނޑި ޖަރީމާގައި އަނިޔާލިބުނު އެންމެހާ ފަރާތްތަކަށް އަވަސް ޝިފާއަކަށް ދިވެހި ސަރުކާރުން އެދޭކަމަށް ވެސް ހާރިޖީ ވުޒާރާއިން ނެރުނު ބަޔާނުގައި ބުންޏެވެ.

އެ ބަޔާނުގައި އިތުރަށް ބުނީ ރާއްޖެއަކީ ދުނިޔެއަށް ކުރިމަތިވެފައިވާ ނިރުބަވެރިކަމުގެ ނުރައްކަލާ ދެކޮޅަށް ތެދުވެ ސާބިތުކަންމަތީ ދެމި އޮންނާނެ ގައުމެއް ކަމުގައި ކަށަވަރުކޮށްދޭ ކަމަށެވެ. އަދި ބައިނަލްއަގުވާމީ މައިދާނުގައި އެކި ފަރާތްތަކާ ގުޅިގެން ނިރުބަވެރިކަމާ ދެކޮޅަށް ކުރާ ހަނގުރާމައިގައި ހުއްޓުމެއްނެތި މަސައްކަތް ކުރާނެ ގައުމެއް ކަމަށްވެސް އެ ބަޔާނުގައި ފާހަގަކުރި އެވެ.


TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%