މަސްވެރިކަން ޕްރޮމޯޓް ކުރާ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު (އެމްޑީ) ގެ މަގާމަށް އދ. މާމިގިލީ ޖަވާހިރުވާދީ، ޑރ. މުހައްމަދު އިބްރާހިމް އައްޔަނު ކޮށްފި އެވެ.
ޕްރައިވަޓައިޒޭޝަން ބޯޑުން އެކްސްގައި ކުރި ޕޯސްޓުގައި ބުނީ މޯލްޑިވްސް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް މާކެޓިކް އެންޑް ފްރޮމޯޝަން ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ކަމާއި ބޯޑު މެމްބަރު ކަމަށް އދ. މާމިގިލީ ޖަވާހިރުވާދީ، ޑރ. މުހައްމަދު އިބްރާހިމް އައްޔަން ކޮށްފައިވާ ކަމަށެވެ.
މީގެ ކުރިން އޭނާ ވަނީ ބްރޯޑްކާސްޓިން ކޮމިޝަންގެ ސެކްރެޓަރީ ޖެނެރަލް ކަމާއި ޑްރަގް ކޯޓުގެ އިސް މަގާމެއް ވެސް އަދާ ކުރައްވައިފަ އެވެ. އޭނާ މި މަގާމަށް އައްޔަނުކުރީ ކުރީގައި އެ މަގާމުގައި ހުރި އަހުމަދު ޒަރީރު އިސްތިއުފާ ދެއްވުމުންނެވެ.
ދޮޅު އަހަރަށް ފަހު އެ ކުންފުނީގެ ކުރީގެ އެމްޑީ ޒަރީރު އިސްތިއުފާ ދެއްވީ ފުޓްބޯޅަ އެސޯސިއޭޝަންގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް މިދިޔަ މަހު އައްޔަން ކުރުމުންނެވެ.