މީޑިއާ ބިލް ރައްޔިތުންގެ މަޖިލީހުން ފާސްވިޔަސް ސޯޝަލް މީޑިއާ ބަންދެއް ނުވާނެކަމަށް ޕީއެންސީގެ މަޖިލިސް މެމްބަރު އަދި އިނގުރައިދޫ ދާއިރާގެ މެމްބަރު ފަލާހު ވިދާޅުވެއްޖެ އެވެ.
ފަލާހު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ބުނީ ފޭސްބްކާއި ޓިކްޓޮކް އަދި ޓްވިޓާ އެކައުންޓްތައް މިބިލު ފާސްވި ނަމަވެސް ރައްޔިތުން ކަންބުޑުވާން ނުޖެހޭ ކަމަށާއި ބިލުގައި ސޯޝަލް މީޑިއާގެ އެއްވެސް ވަސީލަތެއް ބަންދު ކުރެވޭނެ ފަދަ އެއްވެސް މާއްދާއެއް ނެތްކަމަށެވެ.
އިތުރަށް ފަލާހު ބުނީ ޒުވާނުން އަދި ރައްޔިތުންނަށް ސޯޝަލް މީޑިއާ ބޭނުންކުރެވޭނެކަމަށާއި، ރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒަކީ ރައްޔިތުންގެ މުޅި މުސްތަގުބަލު އުޖާލާކޮށް ރައްކާތެރި ކޮށްދޭނެ ހެޔޮލަފާ ވެރިއެއްކަމަށެވެ.
އެމްޑީޕީއަކީ އަބަދުވެސް ކަންކަން އޮޅުވާލި ޕާޓީއެއްކަމަށާއި، އެކަންކަން މާޒީވެފައިވީ ނަމަވެސް، މިފަދަ ހަނދާންތަށް އާކުރަން ޖެހޭ ވަގުތު އާ ކުރުމަކީ ވަރައް ބޭނުންތެރި މުހިއްމުކަމެއްކަމަށް ފަލާހު ވިދާޅުވި އެވެ.
"މިއަދު އެމްޑީޕީގެ ސިޔާސީ ހަރަކާތް ބައްޓަންކޮށް ކުރިއަށްގެންދަން ޕްލޭންކޮށްފައި އެވަނީ 2008 ގައި މިދެންނެވި ރައީސް މައުމޫނުގެ ވެރިކަން ބަދަލުކުރި ހީލަތްތެރި މަގުން! ސަބަބަކީ އެމްޑީޕީއާއި ޔާމީނަށް އެބަފެނޭ ރައީސް މުއިއްޒު މިގައުމަށް ދުވަހަކުވެސް ކުރިން ވެރިއަކަށް ގެނެސްދެވިފައިނުވާ ތަރައްގީ އާއި ތަހްޒީބުގެނެސްދީ މިގައުމުގެ ރައްޔިތުން ކުރިއައްއޮތް ދުވަސްތަކުގައި." ފަލާހު ވިދާޅުވި އެވެ.
ނޫސްވެރިކަމުގެ ތާޖު އަޅައިގެން ތިބި އެމްޑީޕީގެ އެކްޓިވިސްޓުންތަކެއްގެ މަޅީގައި ނުޖެހުމަށް ފަލާހު ވަނީ ޒުވާނުންގެ ކިބައިން އެދިވަޑައިގެންފަ އެވެ.