ރަޝިއާ އަށް ބާރުގަދަ ބިންހެލުމެއް

ޢަބްދުﷲ ޖުނައިދު | 19 ދުވަސް ކުރިން - 13 ސެޕްޓެންބަރު 2025 10:41
7.4ގެ ބާރުގަދަ ބިންހެލުމެއް ރަޝިއާ އަށް އައިސްފި / ފޮޓޯ: ބީބީސީ
7.4ގެ ބާރުގަދަ ބިންހެލުމެއް ރަޝިއާ އަށް އައިސްފި / ފޮޓޯ: ބީބީސީ
ޚުލާސާ

ރަޝިއާ އަށް 7.4 ގެ ބާރުގަދަ ބިންހެލުމެއް އައިސްފި. އެއްވެސް މީހަކަށް ގެއްލުމެއް ލިބުނު ކަމުގެ ރިޕޯޓެއް އަދި ނުލިބޭ.

ރަޝިޔާގެ ކަމްޗަޓްކާ ޕެނިންސުލާގެ އިރުމަތީ އައްސޭރިފަށާއި ކައިރިއަށް ގާތްގަނޑަކަށް 7.4 މެގްނިޓިއުޑް ގެ ބާރުގަދަ ބިންހެލުމެއް އައިސްފި ކަމަށް އެމެރިކާގެ ޖިއޮލޮޖިކަލް ސާވޭއިން ބުނެގިއެވެ.

ޖަރުމަން ރިސާޗް ސެންޓަރ ފޯ ޖިއޮސައިންސަސް (ޖީއެފްޒެޑް) އިން ބުނާ ގޮތުގައި މި ބިންހެލުން އައީ ގާތްގަނޑަކަށް 10 ކިލޯމީޓަރު ގެ އަޑިން ކަމަށާއި މި ބިންހެލުން މަރުކަޒު ކުރެވިފައި ވަނީ ޕެޓްރޯޕަވްލޮވްސްކް-ކަމްޗަޓްސްކީގެ އިރުމަތީގައި ގާތްގަނޑަކަށް 111.7 ކިލޯމީޓަރު ދުރުގައެވެ.

މި ބިންހެލުމާއި ގުޅިގެން ސުނާމީގެ ބައެއް އިންޒާރުތައް ނެރުނު ނަމަވެސް ފަހުން އެ އިންޒާރުތައް ވަނީ ކެންސަލް ކޮށްފައި ކަމަށް ޚަބަރުތައް ބުނެއެވެ.

މި ބިންހެލުމާއި ގުޅިގެން މިހާތަނަށް އެއްވެސް ގެއްލުމެއް ލިބުނު ކަމެއް ބައިނަލްއަގުވަމީ ޚަބަރުގަތުރާ ވަޞީލަތްތަކުން އަދި ރިޕޯޓްކޮށްފައެއް ނެތެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%