Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

އައްޑޫ މީހުން މޮޅުވާނީ ވާހަކަދައްކަން، އަމަލީ ސިފައެއް ނުދެއްްކޭ: ފިރާގު

އައްޑޫ މީހުން މޮޅުވާނީ ވާހަކަދައްކަން، އަމަލީ ސިފައެއް ނުދެއްްކޭ: ފިރާގު

މުހައްމަދު ޖަމްޝަތު
316 ދުވަސް ކުރިން - 13 ސެޕްޓެންބަރު 2025 02:35
އިނަ މޯލްޑިވްސްގެ ވެރިޔާ، ފިރާގް---ފޮޓޯ:ކޯޕަރޭޓް މޯލްޑިވްސް
އިނަ މޯލްޑިވްސްގެ ވެރިޔާ، ފިރާގް---ފޮޓޯ:ކޯޕަރޭޓް މޯލްޑިވްސް
ޚުލާސާ

"އައްޑޫއަށް ފްލައިޓެއް ދަތުރުކުރަން ފަށާއިރު ދަތުރުކުރާނެ ޕަސިންޖަރުން ނުތިބޭ. އެ ސަސްޓެއިންކުރަން އަގުބޮޑުކޮށްފިޔާ އެވެސް މައްސަލައެއް" ފިރާގު

ފަތުުރުވެރިކަމުގެ ދާއިރާގައި އައްޑޫ ސިޓީ ފަހަތައް ސޮއްސާލުމުގެ އަސްލަކީ އެ ސިޓީގެ ރައްޔިތުންނަށް އަމަލީގޮތުން ކަންކަންކުރަން ނުކެރުން ކަމަށް ރާއްޖޭގެ އެންމެ ބޮޑު އެއް ޓުއާ އޭޖެންސީ، "އިނަ މޯލްޑިވްސް“ގެ ވެރިޔާ މުހައްމަދު ފިރާގު ވިދާޅުވެއްޖެ އެވެ.

އެކި އެކި ސަރުކާރުތަކުން އައްޑޫ ސިޓީގައި ފަތުރުވެރިކަން ފައްކާކުރުމަށް އެކިވަރުގެ އިންވެސްޓުތައް ކޮށް އެކަމާއި ގުޅުންހުރި އެކި އެކި މަޝްރޫއުތައް ކުރިއަށްގެންދިޔަ ނަމަވެސް ފަތުރުވެރިކަމުގެ ދާއިރާއިން އެސިޓީ ކުރިނޭރުމުގެ ކަންބޮޑުވުން އާއްމުންނާއި ދާއިރާގެ ކަމުވޮށިގެންވާ ފަރާތްތަކުންވެސް ދަނީ ފާޅުކުރަމުންނެވެ.

ރާއްޖޭގައި އެފަދަ ދެވަނައެއް ނެތްފަދަ ޑައިވް ޕޮއިންޓަކާއި ގުދުރަތީ އެތައް ރީތިކަމެއް ފުވައްމުލަކަށް ލިބިގެންވާއިރު ސަރުކާރުތަކުން އެ ސިޓީއަށްވުރެ ބޮޑަށް އައްޑޫ ސިޓީގައި ފަތުރުވެރިކަން ތަރައްގީކުރުމަށް ކުރަމުންދާ އިންވެސްޓުތަކަކީ ބޭކާރު އިންވެސްޓުމަންޓުތައް ކަމަށް ބައެއް ފަރާތްތަކުން ދަނީ ބުނަމުންނެވެ. އައްޑޫ ސިޓީއަށް ސަރުކާރުތަކުން މިލިއަނުން ހަރަދުކުރިނަމަވެސް ޖެހިގެން އޮތް ފުވައްމުލައް ސިޓީގައި ފަތުރުވެރިކަން މާބޮޑަށްވެސް ކުރިއަރާފައިވާއިރު ފުވައްމުލައް ސިޓީގައި އެ ދާއިރާ ކުރިއަރުވައި ތަރައްގީކުރަން ގިނަ މަސައްކަތްތަކެއް ސިޓީގެ ރައްޔިތުން ދަނީ ކުރަމުންނެވެ.

Advertisement

Advertisement 1

މިކަންބޮޑުވުންތަކާއި ގުޅިގެން ސޯޝަލްމީޑިއާގައި ކުރިއަށްގެންދިޔަ ޑިސްކަޝަންއެއްގައި ވާހަކަދައްކަމުން ފިރާގު ވިދާޅުވީ އިރެެއްގައި ފަތުރުވެރިކަމުގެ ދާއިރާގައި އައްޑޫގެ ނަން އިވުނަސް މިއަދު ހާލަތު ބަދަލުވެފައިވާ ކަމަށާއި ރިސޯޓުތަކުގައި އުޅޭ މުވައްޒަފުންނަށް ބަލާއިރުވެސް އައްޑޫގެ ޒުވާނުންގެ އަދަދު މިހާރު ދަށްކަމަށެވެ.

"އަޅުގަނޑުމެންނަށް އެކްސްޕާޓުންގެ ގޮތުގަ ދެން އަބަދުވެސް އައްޑޫގެ ޓޫރިޒަމްގެ ވާހަކަ ނޫނީ އައްޑޫގެ މީހުން ޓޫރިޒަމަށް ކުރި ހޭދައާއި ނޫނޫ ކުރި މަސައްކަތުގެ ވާހަކަ (އިވެނީ). އެހެންމަވެސް ބައްލަވާ ޖެހިގެން އޮތް ފުވަމުލައް. ބެޑަށް ބެލިޔަސް ގިނަ، ސާވިސްއަށް ބެލިޔަސް ރަނގަޅު،" ފިރާގު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އައްޑޫ ސިޓީގެ މީހުން މާބޮޑަށް އިނގިރޭސިވެފައި ތިއްބާ އެހެން އަތޮޅުތަކުގެ މީހުން މިހާރު މާބޮޑަށްވެސް މައްޗަށް ޖެހިލައިފި ކަމަށެވެ. އަދި އައްޑޫ މީހުން އަބަދުވެސް ގޮތްކިޔާނެ ކަމަށާއި ކަމެއް ކުރަންވާއިރު ނުތިބޭނެ ކަމަށްވެސް ވިދާޅުވި އެވެ.

"އަބަދުވެސް ވަރަށް މޮޅެތި އައިޑިއާތައް، ވަރަށް ރަނގަޅު ގޮތްތަށް ކިޔައިދޭނެ. އެހެންނަމަވެސް އަމަލީގޮތުން ނުފެންނާނެ އެއްވެސް ކަމެއް. އަބަދުވެސް އަނގަ ހިފަހައްޓާނެ،" ފިރާގު ވިދާޅުވި އެވެ.

އައްޑޫ ސިޓީފަތުރުވެރިކަންފުވައްމުލައް ސިޓީ
Advertisement
Advertisement

4 ރިއެކްޝަންސް / 4 ކޮމެންޓް

0%
0%
0%
0%
0%

މެެަެި

310 ދުވަސް ކުރިން - 16:04

ފިރަގު ޖެވެނި

މެި

310 ދުވަސް ކުރިން - 16:01

ފިރަގު ޖެެެެވި

މިލްނާ

315 ދުވަސް ކުރިން - 15:12

ކަމެއްގެ ހަގީގަތް ބުނުމުގެ ބަދަލުގާ އައްޑޫ މީހުނަައް ފުރައްސާރަ ކޮށް ވާހަކަ ދައްކާފައި ވާކަން ވަރަށް ބޮޑަށް ފާހަގަވޭ.

ފަހުދު

315 ދުވަސް ކުރިން - 08:26

ބްރާންޗާ ކަލޭ މޮޅެތި ހެޑިން ނަހަދާ ހުރޭ. ތީ މާމޮޅު ކަންތައް ކުރެވޭ ބްރާންޗެއްނޫން

ގުޅޭ ޚަބަރުތައް

އިގްތިސާދީ ކަންކަން ބައްޓަން ކުރަނީ މެދުއިރުމަތީގެ ހަނގުރާމައަކީ ދާއިމީ ކަމަކަށް ބަލައިގެން: ރައީސް

"އިގްތިސާދީ ކަންކަން ބައްޓަން ކުރަނީ މެދުއިރުމަތީގެ ހަނގުރާމައަކީ ދާއިމީ ކަމަކަށް ބަލައިގެން"

3 ގަޑިއިރު ކުރިން - 12:27

ފަތުރުވެރިކަމުގެ ބޭނުމަށް އައްޑުއަތޮޅު އައްޑޫ ސިޓީގެ އިދާރީ ދާއިރާގެ އިޚްތިޞާޞަށް ބަދަލުގެނައުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވައިފި

ފަތުރުވެރިކަމުގެ ބޭނުމަށް އައްޑޫ ސިޓީގެ އިދާރީ ދާއިރާގެ އިޚްތިޞާޞަށް ބަދަލުގެނައުމަށް ނިންމަވައިފި

3 ދުވަސް ކުރިން - 10:08

އައްޑޫ ހަންކެޑެ ތަރައްގީކުރަން ސަރުކާރުގެ އައު ކުންފުންޏެއް އުފައްދަވައިފި

އައްޑޫ ހަންކެޑެ ތަރައްގީކުރަން ސަރުކާރުގެ އައު ކުންފުންޏެއް އުފައްދައިފި

9 ދުވަސް ކުރިން - 19:57

ޗައިނާ މާކެޓް އިތުރަށް ވަރުގަދަކުރުމަށް ރާއްޖޭގެ ޓޫރިޒަމް ވަފުދެއް ޗައިނާއަށް

ޗައިނާ މާކެޓް އިތުރަށް ވަރުގަދަކުރުމަށް ރާއްޖޭގެ ޓޫރިޒަމް ވަފުދެއް ޗައިނާއަށް

23 ދުވަސް ކުރިން - 21:31

ގުރުއާނާ ބެހޭ ގައުމީ މަރުކަޒުގެ ފުވައްމުލައް ސިޓީ އައުޓްރީޗް ސެންޓަރު ރަސްމީކޮށް ހުޅުވައިފި

ގުރުއާނާ ބެހޭ ގައުމީ މަރުކަޒުގެ ފުވައްމުލަކުގެ އައުޓްރީޗް ސެންޓަރު ރަސްމީކޮށް ހުޅުވައިފި

29 ދުވަސް ކުރިން - 20:02

މާލެ އާއި އައްޑޫގައި ނުރައްކާތެރި އެކްސިޑެންޓްތަކެއް: ގިނަ ބަޔަކަށް އަނިޔާވެއްޖެ

މާލެ އާއި އައްޑޫގައި ނުރައްކާތެރި އެކްސިޑެންޓްތަކެއް: ގިނަ ބަޔަކަށް އަނިޔާވެއްޖެ

55 ދުވަސް ކުރިން - 01:55