އިސްރާއީލާއި ފަލަސްތީނުގެ މައްސަލައަށް ދެ ދައުލަތަކުން ހައްލެއް ހޯދުމުގެ ޤަރާރަށް އެކުވެރި ދައުލަތްތަކުގެ (އދގެ) މެންބަރު 142 ޤައުމުން ޢާންމު މަޖިލީހުގައި ވޯޓު ދިންއިރު ދިހަ ޤައުމަކުން އެ ކަމާއި ދެކޮޅަށް ތެދުވެއްޖެއެވެ.
ޤަރާރު ބަލައިނުގަންނަން ވޯޓު ދިން ޤައުމުތަކަކީ އެމެރިކާ، އިސްރާއީލް، އާޖެންޓީނާ، ހަންގޭރީ، މައިކްރޯނޭޝިއާ، ނައުރޫ، ޕަލާއު، ޕަޕުއާ ނިއު ގިނީ، ޕެރަގުއޭ، އަދި ޓޮންގާއެވެ.
މީގެ އިތުރުން އެއްވެސް ކޮޅަކަށް ވޯޓު ނުދޭ 12 ޤައުމު ހިމެނެއެވެ.

ފަލަސްޠީނުގެ ދައުލަތެއް ބަލައިގަތުމުގެ ޤަރާރަށް ވޯޓު ދީފައިވާ ގޮތް / ފޮޓޯ: ޔޫއެން ޖެނެރަލް އެސެމްބްލީ
"ނިއުޔޯކް ޑިކްލެރޭޝަން" ގެ ނަމުން ނަން ދީފައިވާ މި ޤަރާރަށް ތާއީދުކުރާ ހުރިހާ ޤައުމަކުން ވެސް އިއްތިފާޤު ވަނީ މެދުއިރުމަތީގައި ދެމިއޮންނަ ޞުލްޙަ އެއް ޤާއިމް ކުރުމަށް އޮތް ހަމައެކަނި މަގަކީ ދެދައުލަތް ޤާއިމް ކުރުމެވެ.









