Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ސަރުކާރުން ސްކައުޓް އެސޯސިއޭޝަނަށް އެހީތެރި ނުވާކަމަށް ބުނެ ފާޑުކިޔާތީ އެ އެސޯސިއޭޝަނުން ރައްދުދީފި

ސަރުކާރުން ސްކައުޓް އެސޯސިއޭޝަނަށް އެހީތެރި ނުވާކަމަށް ބުނެ ފާޑުކިޔާތީ އެ އެސޯސިއޭޝަނުން ރައްދުދީފި

މުޙައްމަދު ޖިނާން ހުސައިން ޖަބީން
353 ދުވަސް ކުރިން - 12 ސެޕްޓެންބަރު 2025 19:19
އަރަބިއްޔާ ސްކޫލްގެ ކުރީގެ އިމާރާތް: ފޮޓޯ/ އިންޓަނެޓް---
އަރަބިއްޔާ ސްކޫލްގެ ކުރީގެ އިމާރާތް: ފޮޓޯ/ އިންޓަނެޓް---
ޚުލާސާ

ސްކައުޓް އެސޯސިއޭޝަނުން މި މޭރުމުން ބުނެފައިވަނީ އިއްޔެ ނެރުނު ނޫސްބަޔާނެއްގައި.

ސަރުކާރުން ސްކައުޓް އެސޯސިއޭޝަނަށް އެހީތެރި ނުވާކަމަށް ބުނެ ފާޑުކިޔަމުންދާތީ އެ އެސޯސިއޭޝަނުން އެކަމަށް ރައްދުދީފި އެވެ. މިކަމާ ގުޅިގެން ސްކައުޓް އެސޯސިއޭޝަނުން ބުނެފައިވާ ގޮތުގައި، އެ އެސޯސިއޭޝަންގެ އިދާރާ ބަދަލުކުރަން ޖެހިއްޖެ ކޮންމެ ހާލަތެއްގައި ވެސް އެޑިއުކޭޝަން މިނިސްޓްރީން އެހީތެރިކަން ފޯރުކޮށްދޭ ކަމަށެވެ.

ސްކައުޓް އެސޯސިއޭޝަނުން މި މޭރުމުން ބުނެފައިވަނީ އިއްޔެ ނެރުނު ނޫސްބަޔާނެއްގަ އެވެ. ސްކައުޓް އެސޯސިއޭޝަނުން ނެރެފައިވާ ބަޔާނުގައި ބުނެފައިވާ ގޮތުގައި، ރާއްޖޭގެ ސްކައުޓް ޖަމިއްޔާއަކީ އެންމެ ކުރިންވެސް، ދާއިމީ އިމާރާތެއްގެ ދަތިކަން ކުރިމަތިވެފައިވާ ޖަމިއްޔާއެކެވެ.

ސްކައުޓް ޖަމިއްޔާއަކީ ނޮން-ފޯމަލް އެޑިއުކޭޝަން ފޯރުކޮށްދިނުމުގެ ތެރެއިން، ތައުލީމީ ނިޒާމަށް އިތުރު ފުރިހަމަ ކަމެއް ގެނެސް ދިނުމުގައި މުހިންމު ދައުރެއް އަދާކުރާ ޖަމުއިއްޔާއެއް ކަމުގައިވާތީ، އެ ޖަމުއިއްޔާ ހިންގަމުން އަންނަނީ އެޑިއުކޭޝަން މިނިސްޓްރީން ހަމަޖައްސާ ދީފައިވާ ތަންތަނުގައި ކަމަށް ސްކައުޓް އެސޯސިއޭޝަނުން ވަނީ ބުނެފަ އެވެ.

Advertisement

Advertisement 1

އެގޮތުން އެޑިޔުކޭޝަން މިނިސްޓްރީން މިވަގުތު ސްކައުޓް އެސޯސިއޭޝަންގެ އިދާރާއަކަށް ހަމަޖައްސަވައިދެއްވާފައިވަނީ ޗާންދަނީމަގުގައި ހުންނަ އަރަބިއްޔާ ސްކޫލުގެ ކުރީގެ އިމާރާތުގައިކަން ފާހަގަކުރަމުން ސްކައުޓް އެސޯސިއޭޝަނުން ބުނެފައިވަނީ، އެ އިމާރާތް ބާވެ ހަލާކުވެފައިވާތީ މިމަހުގެ 10ވަނަ ދުވަހުގެ ކުރިން، އެ އިމާރާތުން އެ ޖަމިއްޔާއަށް ލިބިފައިވާ ބައިން ނުކުތުމަށް އެޑިއުކޭޝަން މިނިސްޓްރީން އަންގާފައިވާ ކަމަށެވެ.

އެހެންކަމުން މިމަހުގެ ހަތްވަނަ ދުވަހުން ފެށިގެން އެ އިމާރާތުގައި ހިންގަމުން އަންނަ އެ ޖަމިއްޔާގެ ފިހާރަ ވަގުތީ ގޮތުން ބަންދުކުރެވިފައިވާ ކަމަށް ވެސް ސްކައުޓް އެސޯސިއޭޝަނުން ވަނީ ބުނެފަ އެވެ. ސްކައުޓް އެސޯސިއޭޝަނުން ބުނެފައިވާ ގޮތުގައި، އެ ޖަމިއްޔާގެ އިދާރާއާއި ފިހާރަ ހިންގުމަށް އިތުރު ތަނެއް މިވަގުތު ހަމަޖެހިފައި ނުވިނަމަވެސް އެ ޖަމިއްޔާއަށް އިތުރު ތަނެއް ހަމަޖައްސައިދިނުމަށް އެޑިއުކޭޝަން މިނިސްޓްރީން އަންނަނީ މަސައްކަތްކުރަމުންނެވެ.

ސްކައުޓް އެސޯސިއޭޝަނުން ވަނީ، އެޑިއުކޭޝަން މިނިސްޓްރީން އެ ޖަމިއްޔާއަށް ދެމުން އަންނަ އެއްބާރުލުމަށް ޝުކުރުއަދާ ކޮށްފަ އެވެ.

މިނިސްޓްރީ އޮފް އެޑިޔުކޭޝަން، ހަޔާ އެޑިޔުކޭޝަން އެންޑް ސްކިލްސް ޑިވެލޮޕްމަންޓް
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

8 ވަނަ އިންޓަނޭޝަނަލް ޓީޗާސް ކޮންފަރެންސްގައި ބައިވެރިވުމަށް އެންއައިއީއިން ހުޅުވާލައިފި

އިންޓަނޭޝަނަލް މުދައްރިސުންގެ ކޮންފަރެންސްގައި ބައިވެރިވުމަށް ހުޅުވާލައިފި

12 ދުވަސް ކުރިން - 17:53

އަންނަ އަހަރަށް ސްކޫލްތަކަށް ކުދިން ވެއްދުމުގެ ފުރުސަތު ހުޅުވާލައިފި

އަންނަ އަހަރަށް ސްކޫލްތަކަށް ކުދިން ވެއްދުމުގެ ފުރުސަތު ހުޅުވާލައިފި

38 ދުވަސް ކުރިން - 15:44

އެޑިއުކޭޝަނާއި ހަޔާ އެޑިއުކޭޝަން އެއްކޮށްލައި، މިނިސްޓަރުކަމަށް ޝަފީއު އައްޔަންކުރައްވައިފި

ދެ މިނިސްޓްރީ އެއްކޮށްލައި މިނިސްޓަރަކަށް ޝަފީއު އައްޔަންކުރައްވައިފި

139 ދުވަސް ކުރިން - 19:47

މޭ/ޖޫން އޭ-ލެވޭވެލް އަމިއްލަ ގޮތުން ހަދާ ދަރިވަރުންނަށް އިތުރު މުއްދަތެއް

ޕްރައިވެޓްކޮށް މޭ/ޖޫން އޭ-ލެވެލް ހެދުމުމަށް އިތުރު މުއްދަތެއް

158 ދުވަސް ކުރިން - 20:09

ހަ އަހަރަށް ފަހު ޓީޗަރުންގެ "ސްޓެޕް ޕްރޮމޯޝަން" އަލުން ދޭން ފަށައިފި

ޓީޗަރުންގެ "ސްޓެޕް ޕްރޮމޯޝަން" އަލުން ދޭން ފަށައިފި

185 ދުވަސް ކުރިން - 13:49

ވިލުން ވެށި ޕްރޮގްރާމް އިފްތިތާހު ކޮށްފި

ވިލުން ވެށި ޕްރޮގްރާމް އިފްތިތާހު ކޮށްފި

196 ދުވަސް ކުރިން - 10:17