ދިވެހި ތަރިކަ އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދިނުމަކީ ގައުމީ އަމާނާތެއް: ރައީސް

މުޙައްމަދު ޖިނާން ހުސައިން ޖަބީން | 3 ގަޑިއިރު ކުރިން - 12 ސެޕްޓެންބަރު 2025 16:28
ރައީސް ޑރ. މުއިއްޒު: ފޮޓޯ/ އިންޓަނެޓް---
ރައީސް ޑރ. މުއިއްޒު: ފޮޓޯ/ އިންޓަނެޓް---
ޚުލާސާ

ރައީސް މި މޭރުމުން ވިދާޅުވެފައިވަނީ ގައުމީ ތަރިކައިގެ ދުވަހުގެ މުނާސަބާތުގައި، އެމަނިކުފާނުގެ އެކްސް އެކައުންޓުގައި ހިއްސާކުރެއްވި ޕޯސްޓެއްގައި.

ދިވެހި ގައުމީ ތަރިކައިގެ އެންމެ އަގުހުރި ހަޒާނާތައް ކުރިއަށް އަންނަން އޮތް ޖީލުތަކާ ހަމައަށް ފޯރުކޮށްދިނުމަކީ ގައުމީ އަމާނާތެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް މި މޭރުމުން ވިދާޅުވެފައިވަނީ ގައުމީ ތަރިކައިގެ ދުވަހުގެ މުނާސަބާތުގައި، އެމަނިކުފާނުގެ އެކްސް އެކައުންޓުގައި މިއަދު ހިއްސާކުރެއްވި ޕޯސްޓެއްގަ އެވެ.

އެގޮތުން ރައީސް ހިއްސާކުރެއްވި ޕޯސްޓުގައި ވިދާޅުވެފައިވާ ގޮތުގައި، އިސްލާމްދީނާއި، ދިވެހި ބަހާއި، ދިވެހިވަންތަ ރީތި އާދަކާދަތަކާއި، ދިވެހި މަސައްކަތްތެރިކަމާއި، އާސާރީ ތަންތަނާއި ތަކެއްޗާއި، މާޒީގެ ފަހުރުވެރި ތާރީހަކީ ދިވެހި ގައުމީ ތަރިކައިގެ އެންމެ އަގުހުރި ހަޒާނާތައް ކަމަށެވެެ.

ރައީސް ވިދާޅުވި ގޮތުގައި، މި ހުރިހާ ތަކެއްޗާއި ކަންކަން، ކުރިއަށް އަންނަން އޮތް ޖީލުތަކާ ހަމައަށް ފޯރުކޮށްދިނުމަކީ ގައުމީ އަމާނާތެއް ކަމަށާއި، ދިވެހި ގައުމު ދެމިއޮތުމަށްޓަކައި މިކަންކަން އަދާކުރުމަކީ ވާޖިބެއް ކަމަށް އެމަނިކުފާނު ވަނީ އިތުރަށް ވިދާޅުވެފަ އެވެ.


TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%