Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

ހުޝޫއަތްތެރިކަމާއެކު ނަމާދުކުރާ މީހާ މުންކަރާތްތަކުން ދުރުކޮށްދޭ: ހުކުރު ހުތުބާ

ހުޝޫއަތްތެރިކަމާއެކު ނަމާދުކުރާ މީހާ މުންކަރާތްތަކުން ދުރުކޮށްދޭ: ހުކުރު ހުތުބާ

މުޙައްމަދު ޖިނާން ހުސައިން ޖަބީން
305 ދުވަސް ކުރިން - 12 ސެޕްޓެންބަރު 2025 13:04
އިސްލާމީ މަރުކަޒުގައި ހުކުރު ނަމާދުކުރަނީ: ފޮޓޯ/ އިންޓަނެޓް---
އިސްލާމީ މަރުކަޒުގައި ހުކުރު ނަމާދުކުރަނީ: ފޮޓޯ/ އިންޓަނެޓް---
ޚުލާސާ

ނަމާދަށް ހުންނައިރު ބޭކާރު ހަރަކާތްތަކުން ދުރުހެލިވުމަށް މިއަދުގެ ހުކުރު ހުތުބާގައި ވަނީ ނަސޭހަތްތެރިވެފައި.

ބިރުވެތިކަމާއި ހުޝޫއަތްތެރިކަމާއެކު ނަމާދުގެ އަޅުކަން އަދާކުރާ މީހުން، ނުބައި ކަންތައްތަކާއި، މުންކަރާތްތަކާއި، ފާފަވެރިވާ ކަންކަމުން ރައްކާތެރިކޮށްދޭނެ ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފި އެވެ.

މިއަދުގެ ހުކުރު ހުތުބާގައި ބުނެފައިވާ ގޮތުގައި، އީމާންވުމަށް ފަހު ކޮންމެ އިންސާނެއްގެ މައްޗަށް ވެސް އެންމެ މުހިންމު އަޅުކަމަކީ ނާމާދެވެ. ގިޔާމަތް ދުވަހުން އެންމެ ފުރުތަމަ ހިސާބު ބެއްލެވޭނީ ނަމާދާ މެދުގައި ކަން ފާހަގަކުރަމުން ހުތުބާގައި ބުނެފައިވަނީ، ނަމާދާ ނުލައި ކުރާ އެހެނިހެން އަމަލުތައް މާތްﷲ ގަބޫލުނުކުރައްވާނެ ކަމަށެވެ.

މުސްލިމުން ނަމާދުގެ އަޅުކަން އަދާކުރަންޖެހޭނީ، ސާފުތާހިރު ކަންމަތީހުރެ، ދެއްކުންތެރިކަމެއް ނެތި، މަޑުމައިތިރިކަމާއި ހުޝޫއަތްތެރިކަމާއެކު މާތްﷲ އަށް ހިތް ނިޔަތް ހާލިސްކުރާ ހާލުގައި ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ވަނީ ބުނެފަ އެވެ. އަދި ފަރުވާކުޑަކޮށް އާދައިގެ މަތިން ކޮށްލާ ކަމެއްގެ ގޮތުގައި ނަމާދުކޮށްގެން، މާތްﷲ އެ ނަމާދު ގަބޫލުނުކުރައްވާނެ ކަމަށް ވެސް ހުތުބާގައި ވަނީ ބުނެފަ އެވެ.

Advertisement

Advertisement 1

ފަރުވާކުޑަކޮށް، އާފިލުކަންމަތީ ތިބެގެން ނަމާދުކުރާ މީހުންނަށް ދަރުމައެއް ނެތްކަން ފާހަގަކުރަމުން ހުތުބާގައި ބުނެފައިވަނީ، އެފަދައިން ނަމާދުކުރާ މީހުންނަށް ހުރީ ގެއްލުމާއި ހަލާކު ކަމަށެވެ. މި ސަބަބުތަކަށްޓަކައި ނަމާދުގައި ހުޝޫއަތްތެރިވުމަކީ މުހިއްމުކަމެއް ކަމަށް ހުތުބާގައި ބުނެފައިވެ އެވެ.

ނަމާދު ކުރަންވީ ގޮތަށް، ބިރުވެތިކަމާއި، ހުޝޫއަތްތެރިކަމާއެކު ނަމާދުކުރާ މީހުންނަށް ދުނިޔެއާއި އާހިރަތުގައި ވެސް ހެޔޮ ދަރުމަ ލިބޭނެކަމަށް ހުތުބާގައި ވަނީ ބުނެފަ އެވެ. މީގެ އިތުރުން އެފަދަ މީހުންގެ ދުނިޔަވީ އެހެނިހެން އަމަލުތައް ވެސް ހެޔޮވާނެ ކަމަށް ހުކުރު ހުތުބާގައި ވަނީ ބުނެފަ އެވެ.

އެހެންނަމަވެސް، ނަމާދުކޮށްގެން އުޅޭ މުސްލިމުންގެ ތެރޭގައިވެސް ހުތުރު ފާފަތައް ކުރާ މީހުން މަދު ނޫންކަން ފާހަގަކުރަމުން ހުތުބާގައި އިތުރަށް ބުނެފައިވަނީ އެފަދަ މީހުންނަށް ނަމާދު ކުރެވެނީ ބިރުވެތިކަމާއި، ހުޝޫއަތްތެރިކަމާ އެކުގައިތޯ، އެބައިމީހުންގެ އަމިއްލަ ނަފުސުތަކާއި ސުވާލުކުރަންޖެހޭ ކަމަށެވެ.

ނަމާދަށް ހުންނައިރު ބޭކާރު ހަރަކާތްތަކުން ދުރުހެލިވުމަށްވެސް މިއަދުގެ ހުކުރު ހުތުބާގައި ވަނީ ނަސޭހަތްތެރިވެފަ އެވެ.

ހުކުރު ޚުޠުބާ
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ކީރިތި ގުރްއާން ތިލާވަތުކުރުމަކީ ހިތަށާއި ރޫޙަށް ދިރުން ގެނެސްދޭ، ބަލިތަކަށް އޮތް ޝިފާއެއް: ހުތުބާ

"ގުރްއާން ތިލާވަތުކުރުމަކީ ހިތަށާއި ރޫޙަށް ދިރުން ގެނެސްދޭ، ބަލިތަކަށް އޮތް ޝިފާއެއް"

4 ދުވަސް ކުރިން - 13:00

ނަހަމަ ގޮތުގައި ލިބިގަންނަ މަންފާއެއްގެ މައްޗަށް ދިރިއުޅުން ބިނާކުރާ މީހާއަށް އޮތީ އަބާއްޖަވެރިކަން: ހުތުބާ

"ނަހަމަގޮތުގައި ލިބިގަންނަ މަންފާއެއްގެ މައްޗަށް ދިރިއުޅުން ބިނާކުރާ މީހާއަށް އޮތީ އަބާއްޖަވެރިކަން"

11 ދުވަސް ކުރިން - 14:29

ވަޒީފާގެ މަސްއޫލިއްޔަތުތައް ފުރިހަމައަށް އަދާނުކުރުމާއި، ވަޒީފާގެ ވަގުތަށް ފަރުވާކުޑަކުރުމަކީ އަމާނާތަށް ވެވޭ ބޮޑު ހިޔާނަތެއް: ހުތުބާ

ވަޒީފާގެ ވަގުތަށް ފަރުވާކުޑަކުރުމަކީ އަމާނާތަށް ވެވޭ ބޮޑު ޚިޔާނާތެއް: ހުތުބާ

18 ދުވަސް ކުރިން - 13:33

ހުތުބާ: އާޝޫރާ ދުވަހަކީ ފިރުއައުނުގެ ކިބައިން މޫސާގެފާނާއި ބަނީ އިސްރާއީލުން ސަލާމަތްކުރެއްވި މާތް ދުވަސް

"އާޝޫރާ ދުވަހަކީ ފިރުއައުނުގެ ކިބައިން މޫސާގެފާނާއި ބަނީ އިސްރާއީލުން ސަލާމަތްކުރެއްވި ދުވަސް"

25 ދުވަސް ކުރިން - 13:30

މިއަދު އިއްވީ ހިޖުރައިގެ މަތިވެރި ގުރުބާނީއާއި އިބުރަތްތަކުން ފުރިގެންވި ހުކުރު ހުތުބާއެއް

މިއަދު އިއްވީ ހިޖުރައިގެ މަތިވެރި ގުރުބާނީއާއި އިބުރަތްތަކުން ފުރިގެންވި ހުކުރު ހުތުބާއެއް

32 ދުވަސް ކުރިން - 13:05

ހެޔޮ ކަންކަމަށް އަމުރުކޮށް ނުބައި ކަންކަން ނަހީކުރުމުގައި ފަރުދީ ޒިންމާ އަދާކުރާން ހުތުބާގައި ގޮވާލައިފި

"ހެޔޮ ކަންކަމަށް އަމުރުކޮށް ނުބައި ކަންކަން ނަހީކުރުމުގައި ފަރުދީ ޒިންމާ އަދާކުރޭ"

39 ދުވަސް ކުރިން - 13:00