Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

"ޕްރޫވް މީ ރޯންގ" އޭ ބުނަމުން ދަނިކޮށް ނަސްލުނައްތާލުމަށް ތާޢީދުކުރި ޓްރަމްޕުގެ އެކުވެރިޔާ މަރާލައިފި

"ޕްރޫވް މީ ރޯންގ" އޭ ބުނަމުން ދަނިކޮށް ނަސްލުނައްތާލުމަށް ތާޢީދުކުރި ޓްރަމްޕުގެ އެކުވެރިޔާ މަރާލައިފި

ޢަބްދުﷲ ޖުނައިދު
353 ދުވަސް ކުރިން - 11 ސެޕްޓެންބަރު 2025 09:38
ރައީސް ޓްރަމްޕް އާއި ޗާލީ ކަރކް ސަލާމް ކުރަނީ. އޭނާ މަރައިލުމުން އެކަމުގެ ހިތާމައިގައި އާދީއްތަ ދުވަހާއި ހަމަޔަށް ދިދަތައް ތިރިކުރަން ޓްރަމްޕް އެދިއްޖެ.
ރައީސް ޓްރަމްޕް އާއި ޗާލީ ކަރކް ސަލާމް ކުރަނީ. އޭނާ މަރައިލުމުން އެކަމުގެ ހިތާމައިގައި އާދީއްތަ ދުވަހާއި ހަމަޔަށް ދިދަތައް ތިރިކުރަން ޓްރަމްޕް އެދިއްޖެ.
ޚުލާސާ

ހައްދުފަހަނައެޅި އިސްރާއީލުގެ ޤަތުލުޢާންމަށް ތާޢީދުކުރާ އެކްޓިވިސްޓް މަރާލުމުން އެމެރިކާގެ ދިދަތައް އާދީއްތަ ދުވަހާއި ހަމަޔަށް ތިރިކުރަން ޓްރަމްޕް ގޮވާލައިފި.

އެމެރިކާގެ ކޮންޒަވޭޓިވް އެކްޓިވިސްޓް އަދި ހައްދުފަހަނަ އަޅާފައިވާ އިސްރާއީލަށް ތާއީދުކޮށް، ޣައްޒާގެ ޤަތުލުޢާންމުގެ ދިފާޢުގައި ރޭޑިއޯ ޗެނަލްތަކާއި އެއްވުންތަކުގައި ވާހަކަދައްކަމުން ދިޔަ ޗާލީ ކަރކް، 31، ގެ ގަޔަށް ބަޑި ޖަހައި މަރާލައިފިއެވެ.

ކޮލޮރާޑޯ އާއި އިންވެގެން އޮންނަ އެމެރިކާގެ ސްޓޭޓެއް ކަމަށް ވާ ޔޫޓާ ގައި އަންގާރަ ދުވަހު ބޭއްވި އެއްވުމެއްގައި ޓްރަމްޕުގެ ގާތް އެކުވެރިޔާ މަރާލާފައި ވަނީ ސްނައިޕަރެއް އޭނާގެ ކަރަށް އަމާޒުކޮށްލައިގެން ދިން ޙަމަލާއެއްގައި ކަމަށް ދައުރުވާ ވީޑިއޯތަކުން އެނގެއެވެ.

Advertisement

Advertisement 1

ވާލީ ކަރަމްގެ ކަރަށް އަމާޒުކޮށް ބަޑި ޖެހުމުން ވެއްޓޭ މަންޒަރު... / ފޮޓޯ: ޚުލާޞާ ފޭސްބުކުން

ޣައްޒާގެ މުސްލިމުން ނެތިކޮށްލަން ޔަހޫދީން ހިންގާ ލާއިންސާނީ ޖަރީމާތަކާއި ދެކޮޅަށް މީހުން ވާހަކަދައްކާތީ އެ ކަންކަމާއި ދެކޮޅު ހަދައި، އިސްރާއީލުގެ ދިފާޢުގައި ވާހަކަދައްކަމުންދިޔަ ޗާލީ ކަރކް މަރައިލީ އޭނާގެ "ޕްރޫވް މީ ރޯންގް" ސެގްމަންޓުގެ ތެރެއިންނެވެ.

އޭނާ މަރައިލީ ގާތްގަނޑަކަށް 3000 ވަރަކަށް މީހުންގެ "ސިކުނޑި ދޮވެލަން"ވެގެން މީހުން އެއްކޮށްގެން "ޕްރޫވް މީ ރޯންގް" އޭ ބުނެ ނުވަތަ ތިމަންނާ މިދައްކަނީ ދޮގު ވާހަކައެއްކަން ސާބިތުކޮށްދޭށޭ ބުނެ ވާހަކަ ދައްކަމުން ދަނިކޮށެވެ.

“ޓާނިން ޕޮއިންޓް” ގެ ނަމުގައި ވެސް އެމެރިކާގައި އޭނާގެ ވަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ މުސްލިމުންނާއި އަދި ރަސޫލާ (ޞޢވ)ގެ ސުންނަތުގައި ހިފާ މީހުންނާއި އަދި އެ ފިކުރުތަކާއި ދެކޮޅަށް ކެމްޕޭނު ކޮށްފައިކަން ފާހަގަ ކުރެވެއެވެ.

އޭނާ މަރައިލުމާއި ގުޅިގެން ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ވަރަށް ބޮޑަށް ކޯފާވެސް އިސްކުރައްވާފައެވެ. އަދި މިއީ "އެމެރިކާއަށް އަނދިރި ވަގުތެއް" ކަމަށާއި، މި މަހުގެ 14 (އާދީއްތަ) އާއި ހަމަޔަށް އެމެރިކާގެ ދިދަތައް ބައި ދަނޑިއަށް ތިރިކުރުމަށް ވިދާޅުވެފައެވެ.

އެމެރިކާއިސްރާއީލް
Advertisement
Advertisement

2 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ވެސްޓް ބޭންކުގައި ފަލަސްތީނު އަންހެނަކަށާއި އެންބީސީގެ ޓީމަކަށް އިސްރާއީލު ވަޒަންވެރިން ހަމަލާދީފި

ވެސްޓް ބޭންކުގައި ފަލަސްތީނު އަންހެނަކަށާއި އެންބީސީގެ ޓީމަކަށް އިސްރާއީލު ވަޒަންވެރިން ހަމަލާދީފި

13 ގަޑިއިރު ކުރިން - 11:13

އީރާނު ހަނގުރާމައިގެ ސަބަބުން އެމެރިކާގެ 2,18,000 މީހުންގެ ވަޒީފާ ގެއްލިއްޖެ

އީރާނު ހަނގުރާމައިގެ ސަބަބުން އެމެރިކާގެ 2,18,000 މީހުންގެ ވަޒީފާ ގެއްލިއްޖެ

2 ދުވަސް ކުރިން - 23:23

އެމެރިކާ އާއި އިޒުރޭލުގައި ކެންސަރު ބަލި ޖެހޭ މީހުންގެ އަދަދު އިތުރުވަނީ

އެމެރިކާ އާއި އިޒުރޭލުގައި ކެންސަރު ޖެހޭ މީހުންގެ އަދަދު އިތުރުވަނީ

8 ދުވަސް ކުރިން - 15:57

ފަލަސްތީނުގެ ސާޅީހަށްވުރެ ގިނަ މީހުން ޝަހީދުކޮށް، ސަތޭކައަށްވުރެ ގިނަ މީހުން ޒަހަމްކޮށްލައިފި

ފަލަސްތީނުގެ ސާޅީހަށްވުރެ ގިނަ މީހުން ޝަހީދުކޮށް، ސަތޭކައަށްވުރެ ގިނަ މީހުން ޒަހަމްކޮށްލައިފި

8 ދުވަސް ކުރިން - 14:34

އިސްރާއީލުގެ ހަމަލާއެއްގައި ޣައްޒާގެ އަންހެން ފުލުހުންގެވެރިޔާ ޝަހީދުކޮށްލައިފި

އިސްރާއީލުގެ ހަމަލާއެއްގައި ޣައްޒާގެ އަންހެން ފުލުހުންގެވެރިޔާ ޝަހީދުކޮށްލައިފި

11 ދުވަސް ކުރިން - 19:36

ކުޑަކުދިންގެ ނަފްސާނީ ދުޅަހެޔޮކަމަށް ގެއްލުންދޭ ކަމަށް ބުނެ، އެމެރިކާގެ 30 ސްޓޭޓަކުން މެޓާއާ ދެކޮޅަށް 1 ޓްރިލިއަން ޑޮލަރުގެ ދައުވާއެއް އުފުލައިފި

އެމެރިކާގެ 30 ސްޓޭޓަކުން މެޓާއާ ދެކޮޅަށް ޓްރިލިއަން ޑޮލަރުގެ ދައުވާއެއް އުފުލައިފި

12 ދުވަސް ކުރިން - 17:33