އެސްޓީއޯ މެދުވެރިކޮށް މޭވާ އާއި ތަރުކާރީ ގެނެސް ބާޒާރުގައި ވިއްކަން ފަށަނީ

އައިޝަތު ޝިފްނާ ހުސައިން | 4 ގަޑިއިރު ކުރިން - 10 ސެޕްޓެންބަރު 2025 20:53
އެސްޓީއޯ ފިހާރަ.--ފޮޓޯ: ކޮރަލްގްލާސް
އެސްޓީއޯ ފިހާރަ.--ފޮޓޯ: ކޮރަލްގްލާސް
ޚުލާސާ

ސަރުކާރުގެ އަމާޒަކީ ބާޒާރުގައި އަގު އުފުލުފައިވާ ކާބޯތަކެތި ހެޔޮ އަގުތަކެއްގައި ރައްޔިތުންނަށް ފޯރުކޮށްދިނުން.

އެސްޓީއޯއިން ގަނޑުކޮށް މޭވާ އާއި ތަރުކާރީ ރާއްޖެއަށް އެތެރެކޮށް ބާޒާރުގައި ވިޔަފާރިކުރަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނިންމައިފި އެވެ.

ބާޒާރުގައި ބައެއް މޭވާގެ ބައެއް ބާވަތްތަކުގެ އަގުއުފުލުމުގެ ޝަކުވާއާއެކު ރައީސް ޑރ. މުހައްމަދު މުއިއްޒު އެކްސްގައި މިއަދު ހިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ދިވެހިރާއްޖޭގައި ފުޑް ސެކިއުރިޓީ ގާއިމުކުރުމަށް މެނިފެސްޓޯގައި ކަނޑައަޅާފައިވާ ސިޔާސަތު ތަންފީޒުކުރުމަށް ކުރެވޭ ކަންކަމުގެ ތެރެއިން ރާއްޖޭގައި ޒަމާނުއްސުރެެ ކަނޑައަޅާފައިވާ ކާޑުގެ ބާވަތްތައް އެސްޓީއޯއިން އެތެރެކޮށް ބާޒާރުގައި ވިއްކަން ނިންމާފައިވާ ކަމަށެވެ.

އަދި ރާޖެއަށް އެންމެ ގިނައިން އެތެރެކުރާ 10 ބާވަތުގެ މޭވާ އާއި 10 ބާވަތުގެ ތަރުކާރީވެސް އެތެރެކޮށް ވިއްކަން ނިންމާފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ. އޭގެ ތެރެއިން ހަނޑޫ، ހަކުރު، ފުށުގެ އިތުރުން މުގު، ބިސް، އަލުއިވެސް ހިމެނެ އެވެ.

ރައީސް ވިދާޅުވީ މި ނިންމުން ނިންމަވާފައިވަނީ ކެބިނެޓާ މަޝްވަރާކޮށްފައި ކަމަށެވެ.

ބާޒާރުގައި އޮރެންޖާއި އާފަލުގެ އަގު އުފުލިފައިވާއިރު އެސްޓީއޯ އިން މިހާރު ވަނީ އޮރެންޖު އެތެރެކޮށް އަގު ހެޔޮކޮށް ވިއްކަން ފަށައިފަ އެވެ.


TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%