ރާއްޖޭގެ އުފެއްދުންތައް އަލިބާބާ މެދުވެރިކޮށް ވިއްކުމުގެ ފުރުސަތު ފަހިކޮށްދޭނަން: ސައީދު

މުޙައްމަދު ޖިނާން ހުސައިން ޖަބީން | 8 ގަޑިއިރު ކުރިން - 10 ސެޕްޓެންބަރު 2025 14:36
މިނިސްޓަރު ސައީދު: ފޮޓޯ/ އިންޓަނެޓް---
މިނިސްޓަރު ސައީދު: ފޮޓޯ/ އިންޓަނެޓް---
ޚުލާސާ

އެ ވޯކްޝޮޕްގައި މައުލޫމާތު ހިއްސާކުރާނީ އަލީބާބާގެ އެކްސްޕާޓުން ކަމަށް މިނިސްޓަރު ސައީދު ވިދާޅުވި.

ދިވެހިންގެ ތެރޭގައި މަގުބޫލު އޮންލައިންކޮށް ވިޔަފާރިކުރާ އީކޮމާސް ޕްލެޓްފޯމެއް ކަމަށްވާ އަލީބާބާ މެދުވެރިކޮށް ދިވެހި އުފެއްދުންތައް ވިއްކޭނެ ފުރުސަތު ފަހިކޮށްދޭނެކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.

މިކަމާ ގުޅިގެން މިނިސްޓަރު ސައީދު މިއަދު އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، އިކޮނޮމިކް މިނިސްޓްރީ އާއި ދުނިޔޭގެ ނަން މަޝްހޫރު އީކޮމާސް ޕްލެޓްފޯމްތަކާއެކު ކުރެވެމުންދާ މަސައްކަތްތަކުގެ ތެރެއިން ރާއްޖޭގެ އީކޮމާސް އަދި އޮންލައިން ވިޔަފާރިކުރާ އަދި އެކަމަށް ޝައުގުވެރިވާ ފަރާތްތަކަށް ހާއްސަކޮށްގެން މިމަހުގެ 16 ވަނަ ދުވަހު އޮންލައިން ވޯކްޝޮޕެއް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އެ ވޯކްޝޮޕްގައި މައުލޫމާތު ހިއްސާކުރާނީ އަލީބާބާގެ އެކްސްޕާޓުން ކަމަށް މިނިސްޓަރު ސައީދު ވަނީ ވިދާޅުވެފަ އެވެ.

މިނިސްޓަރު ސައީދު ވިދާޅުވެފައިވާ ގޮތުގައި، އިކޮނޮމިކް މިނިސްޓްރީއާއި އަލީބާބާއާއެކު ކުރެވުނު މަސައްކަތުގެ ސަބަބުން ދިވެހީންގެ ތެރޭގައި އޮންލައިން ވިޔަފާރިކުރަން ބޭނުންވާ ފަރާތްތަކަށް، އަލީބާބާގައި އެ ފަރާތްތަކުގެ މުދާ އޮންލައިންކޮށް ވިއްކޭނެ ގޮތަށް، ސެލާ އެކައުންޓް ހުޅުވޭނެ ފުރުސަތު ފަހިވެގެންދާނެ އެވެ.

މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅެއްކަން ފާހަގަކުރައްވައި މިނިސްޓަރު ސައީދު ވިދާޅުވީ، ދުނިޔޭގައި އެންމެ ފުޅާ ދާއިރާއެއްގައި ބޭނުންކުރެވެމުންދާ އީކޮމާސް ޕްލެޓްފޯމްތަކުގައި ދިވެހީންނަށް ސެލާ އެކައުންޓްސް ހުޅުވޭނެގޮތް ހަދައިދިނުމަކީ އެމަނިކުފާނުގެ އަމާޒެއް ކަމަށެވެ.

އަލީބާބާގެ އިތުރުން، ޓެމޫ، ޝެއިން އަދި އަލީ އެކްސްޕްރެސް ފަދަ އީކޮމާސް ޕްލެޓްފޯމްތަކުން އާއްމުގޮތެއްގައި ދިވެހީން އޮންލައިން ވިޔަފާރިކޮށް އުޅޭކަން ފާހަގަކޮށްލެވެ އެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%