މެރިން ހެޗަރީ ސްކިލސް ޑިވެލޮޕްމަންޓް ޕްރޮގްރާމެއް ބާއްވަނީ

އައިޝަތު ޝިފްނާ ހުސައިން | 8 ގަޑިއިރު ކުރިން - 10 ސެޕްޓެންބަރު 2025 14:16
ފޮޓޯ: ފިޝަރީސް މިނިސްޓްރީ
ފޮޓޯ: ފިޝަރީސް މިނިސްޓްރީ
ޚުލާސާ

ކ. މަނިޔަފުށީގައި ބޭއްވުމަށް ހަމަޖެހިފައިވާ މި ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުސަތު ވަނީ 15 ފަރާތަކަށް ހުޅުވާލެވިފައި.

ފިޝަރީސް މިނިސްޓްރީ އާއި މެރިން ރިސާޗް އިންސްޓިޓިއުޓް ގުޅިގެން އަދި ވޯލްށް ބޭންކްގެ އެހީގައި މިނިސްޓްރީން މެރިން ހެޗަރީ ސްކިލްސް ޑިވެލޮޕްމަންޓް ޕްރޮގްރާމެއް ބާއްވަން ނިންމައިފި އެވެ.

މި ޕްރޮގްރާމް ބާއްވަނީ ވެސްޓް އިންޑިއަން އޯޝަން ރީޖަން އެންޑް މޯލްޑިވްސަ ޕްރޮޖެކްޓްގެ (ޓްރާންސްފޯމް ޕްރޮޖެކްޓް) ގެ އެހީތެރިކަމާއެކު އެވެ. މީ މި އަހަރު ކުރިއަށް ގެންދާ ދެވަނަ އަސާސީ މެރިކަލްޗާ ކޯހެވެ. މި ކޯސް ކުރިއަށް ދާނީ 18 އޮކްޓޫބަރުން ފެށީގެން 30 އޮކްޓޫބަރާ ހަމައަށެވެ. އެގޮތުން މި ޕްރޮގްރާމް ވެގެންދާނީ 14 ދުވަހުގެ ޕްރޮގްރާމަކަށެވެ.

ކ. މަނިޔަފުށީގައި ބޭއްވުމަށް ހަމަޖެހިފައިވާ މި ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުސަތު ވަނީ 15 ފަރާތަކަށް ހުޅުވާލެވިފައި އެވެ.

އެ ކުންފުނިން ބުނި ގޮތުގައި މި ހަރަކާތުގެ މަގްސަދަކީ ދެމެހެއްޓެނިވި މެރިން އެކުއަކަލްޗާ (މެރިކަލްޗާގެ) ސިނާއަތެއް ރާއްޖޭގައި ގާއިމުކުރުމަށް މަގުފަހި ކުރުމަށްޓަކައި މެރިކަލްޗާ ދާއިރާއިން މީހުން ބިނާކުރުމެވެ.

ބޭސިކް މެރިކަލްޗަ ކޯހުގައި ދަސްކޮށްދެވޭ މައިގަނޑު ބައިތަށް:

• އެކުއާކަލްޗަރގެ ނިޒާމުތަށް

• ދިރޭ ކާނާ އާލާކުރުން

• މަހުގެ ބަޔޮލޮޖީ

• ފާނަ އާލާކުރުން

• ހުއިފި ލަނޑާ އާލާކުރުން

• ދިވެހި މާގަނޑު މަސް އާލާކުރުން

• އިތާމުތް އާލާކުރުން

• މޫދުވިނަ ހަދައި އާލާކުރުން

• އާލާކުރާ ދިރުމަށްޖެހޭ ބަލިތައް ދެނެގަތުމާއި ބަލިތަކުން ރައްކާތެރިކުރުން

• އެކުއާކަލްޗާ ކުރާއިރު ތިމާވެށި ރައްކާތެރިކުރުން




TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%