4000 ފްލެޓް: ފުރަތަމަ ދޫކުރަނީ 14 ފްލެޓްގެ ތަޅުދަނޑި

އައިޝަތު ޝިފްނާ ހުސައިން | 39 ދުވަސް ކުރިން - 10 ސެޕްޓެންބަރު 2025 12:51
ފަހިދިރިއުޅުމުގެ މަޝްރޫއުގެ ދަށުން ހަދާ 4000 ފްލެޓް: އެފްޑީސީ
ފަހިދިރިއުޅުމުގެ މަޝްރޫއުގެ ދަށުން ހަދާ 4000 ފްލެޓް: އެފްޑީސީ
ޚުލާސާ

އެފްޑީސީން ބުނީ ގެދޮރުވެރިޔާ ސްކީމްގެ ފްލެޓްތައް ހަވާލުކުރުމުގެ މަސައްކަތް މި ހަފްތާގައި ފަށާނެ ކަމަށް.

ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ހުޅުމާލޭގައި ތަރައްގީކޮށްފައިވާ 4000 ފްލެޓް ތަކުގެ ތެރެއިން ފުރަތަމަ 14 ޓަވަރުގެ ތަޅުދަނދިތައް މި ހަފްތާގައި ހަވާލުކުރަން ފަށާނެކަމަށް އެ ކުންފުނިން ބުނެފި އެވެ.

އެފްޑީސީން ބުނީ ގެދޮރުވެރިޔާ ސްކީމްގެ ފްލެޓްތައް ހަވާލުކުރުމުގެ މަސައްކަތް މި ހަފްތާގައި ފަށާނެ ކަމަށެވެ. އެގޮތުން ފުރަތަމަ ހަވާލުކުރާނީ ހުޅުމާލެ ދެވަނަ ފިޔަވަހީގައި ތަރައްގީކުރާ "އަމާން އުދަރެސް" މަޝްރޫއުގެ 16 ޓަވަރުގެ ތެރެއިން 14 ޓަވަރު ކަމަށް ބުންޏެވެ.

ތަޅުދަނޑި ހަވާލުކުރަން ނިންމާފައިވަނީ ޓަވަރުތަކުގެ އެއްބަސްވުމުގައި ސޮއިކުރުމަށްފަހު އެވެ. އަދި ސެކިއުރިޓީ ޑިޕޮސިޓް ދެއްކުމަށް ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން ނަން ފޮނުއްވާފައިވާ މީހުންނަށެވެ. ޓަވަރުތައް ނިމި، ސެކިއުރިޓީ ޑިޕޮސިޓް ފައިސާ ދައްކަމުންދާވަރަކުން ޓަވަރުތައް ހަވާލުކުރުން ކުރިއަށްދާނެކަމަށް ވެސް އެފްޑީސީން ބުންޏެވެ.

ފަހި ދިރިއުޅުން ކޯޕަރޭޝަންގެ ބެލުމުގެ ދަށުން ކުރިއަށްދާ އެ މަޝްރޫއުގެ ކޮންޓްރެކްޓަރުންނަކީ އިންޑިއާގެ ދެ ކުންފުނި ކަމަށްވާ އިންޑިއާގެ ޖޭއެމްސީ ޕްރޮޖެކްޓްސް ލިމިޓެޑާއި ނެޝަނަލް ބިލްޑިންސް ކޮންސްޓްރަކްޝަން ކޮމްޕެނީ (އެންބީސީސީ) އެވެ.

މި ފްލެޓް މަޝްރޫއުގައި ހިމެނޭ 32 ޓަވަރުގެ ތެރެއިން 16 ޓަވަރު އެންބީސީސީން ކުރާ އިރު، އަނެއް 16 ޓަވަރުގެ މަސައްކަތް ކުރަނީ ޖޭއެމްސީންނެވެ. ކޮންމެ ކުންފުންޏަކުން ވެސް ކުރިއަށް ގެންދަނީ 2،000 ފްލެޓުގެ މަސައްކަތެވެ. އެ ޓަވަރުތަކުގައި ހިމެނެނީ ތިން ކޮޓަރީގެ 2800 އެޕާޓްމެންޓާއި ދެ ކޮޓަރީގެ 1200 އެޕާޓްމެންޓެވެ. ދެ ކޮޓަރީގެ އެޕާޓްމަންޓްތަކަކީ 650 އަކަފޫޓްގެ ޔުނިޓްތަކެވެ. ތިން ކޮޓަރިއަކީ 900 އަކަފޫޓުގެ އެޕާޓްމަންޓްތަކެވެ.


TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%