ހައިވޭގައި ނުރައްކާތެރި އެކްސިޑެންޓެއް, ޕޮލިސް ސައިކަލެއްވެސް ހިމެނޭ

މުޙައްމަދު ޖިނާން ހުސައިން ޖަބީން | 8 ގަޑިއިރު ކުރިން - 9 ސެޕްޓެންބަރު 2025 23:40
ހުޅުމާލޭގައި ހިނގި އެކްސިޑެންޓެއް: ފޮޓޯ/ އިންޓަނެޓް---
ހުޅުމާލޭގައި ހިނގި އެކްސިޑެންޓެއް: ފޮޓޯ/ އިންޓަނެޓް---
ޚުލާސާ

ހައިވޭގައި އެކްސިޑެންޓެއް ހިނގުމާ ގުޅިގެން ފުލުހުން އެ ސަރަހައްދުގައި ހަރަކާތްތެރި ވަމުން.

ސިނަމާލެ ހައިވޭގައި ތިން ސައިކަލަކާއި ބަހެއްޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި އެވެ.

މި ކަމާ ގުޅިގެން ފުލުހުން މިރޭ މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނެފައިވަނީ، ހައިވޭގައި އެކްސިޑެންޓެއް ހިނގުމާ ގުޅިގެން ފުލުހުން އެ ސަރަހައްދުގައި ހަރަކާތްތެރި ވަމުންދާ ކަމަށެވެ.

ފުލުހުން ބުނީ މިރޭ 9:35 ހާއިރު ހައިވޭގައި ބާރު ސްޕީޑުގައި ދުއްވާފައިދިޔަ ސައިކަލެއް އެހެން ސައިކަލަކާ ބަހެއްގެ ދެމެދުން އޯވާޓޭކް ކުރަން އުޅުމުގެ ތެރޭގައި ސައިކަލުގައި ޖެހި އެކްސިޑެންޓްވެ ބަހުގެ މެދާއި ދިމާލުން ސައިކަލު ދަށުވެ ބާރު ސްޕީޑުގައި ދުއްވި ސައިކަލު ގޮސް މަގުގެ އެއްފަރާތުގައި މަޑުކޮށްގެން ތިބި ބްރިޖް ޕެޓްރޯލް ބީޓްގެ ސައިކަލެއްގައި ޖެހި އެކްސިޑެންޓް ވެފައިވާ ކަމަށެވެ. އަދި މި އެކްސިޑެންޓުގައި ބާރު ސްޕީޑުގައި ދުއްވި މީހާ އަށާއި އަނެއް ސައިކަލުގައި ތިބި ދެމީހުންނަށް އަނިޔާވެފައިވާ ކަމަށް ފުލުހުން ބުންޏެވެ. އެ ސައިކަލުގެ ފަހަތުގައި އިނީ 16 އަހަރުގެ ކުއްޖެއް ކަމަށްވެސް ބުންޏެވެ.

ނަމަވެސް އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ނުވާކަމަށް ފުލުހުން ބުންޏެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%