Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

ދޯހާއަށް ދިން ފިނޑި ހަމަލާ ކުށްވެރިކުރައްވައި ބައިނަލްއަގުވާމީ ފެންވަރުގައި އިޒްރޭލަށް ފިޔަވަޅު އެޅުމަށް ރައީސް ގޮވާލައްވައިފި

ދޯހާއަށް ދިން ފިނޑި ހަމަލާ ކުށްވެރިކުރައްވައި ބައިނަލްއަގުވާމީ ފެންވަރުގައި އިޒްރޭލަށް ފިޔަވަޅު އެޅުމަށް ރައީސް ގޮވާލައްވައިފި

އައިޝަތު ރުވާ ރިފްޢަތު
274 ދުވަސް ކުރިން - 9 ސެޕްޓެންބަރު 2025 22:20
ރައީސް ޑރ. މުޢިއްޒު ވަނީ އިޒްރޭލުން ދޯހާ އަށް ދިން ހަމަލާ ކުއްވެރިކުރައްވާ އިޒްރޭލަށް ފިޔަވަޅު އެޅުމަށް ބައިނަލްއަގްވާމީ ފަރާތްތަކަށް ގޮވާލާފައި.
ރައީސް ޑރ. މުޢިއްޒު ވަނީ އިޒްރޭލުން ދޯހާ އަށް ދިން ހަމަލާ ކުއްވެރިކުރައްވާ އިޒްރޭލަށް ފިޔަވަޅު އެޅުމަށް ބައިނަލްއަގްވާމީ ފަރާތްތަކަށް ގޮވާލާފައި.
ޚުލާސާ

ރިޕޯޓުތައް ބުނާގޮތުގައި އިސްރާއީލުން ދޯހާ އަށް ދިން ހަމަލާ އަމާޒުކޮށްފައިވަނީ ހަމާސްގެ އިސް އޮފިޝަލުންތަކެއް ތިބޭ ގެއަކަށް.

އަނިޔާވެރި އިސްރާއީލުން ޤަތަރުގެ ވެރިރަށް ދޯހާއަށް ދިން ހަމަލާ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކުށްވެރިކުރައްވައިފިއެވެ. އެމަނިކުފާނުގެ ރަސްމީ އެކްސް އެކައުންޓުން ހިއްސާކުރި ޕޯސްޓެއްގައި އެ ހަމަލާ ކުއްވެރިކުރައްވަމުން ބުނެފައި ވަނީ މިއީ ގަތަރުގެ އިސްތިގުލާލާއި ސަރަހައްދީ މިނިވަންކަމަށް ހުރަސް އެޅި ހަމަލާއެއް ކަމަށެވެ.

ރައީސް ވިދާޅުވެފައިވަނީ މިފަދަ ފިނޑި އަމަލުތަކަކީ ބައިނަލްއަގުވާމީ ގާނޫނުތަކާ ވަރަށް ބޮޑަށް ހިލާފު އަމަލެއް ކަމަށާއި ރާއްޖެއިން ޤަތަރާއެކު އަބަދުވެސް ސާބިތުކަންމަތީ ދެމިތިބޭނެ ކަމަށެވެ. އަދި އިސްރާއީލުން ބައިނަލްއަޤްވާމީ މިންގަނޑުތަކާއި އުސޫލުތަކާ ހިލާފުވަމުންދާ ފަދަ އަމަލުތައް ހިންގަމުންދާތީ އެ ގައުމު ޖަވާބުދާރީ ކުރުމަށް މިހާރުން މިހާރަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ބައިނަލްއަޤްވާމީ މުޖްތަމައުއަށް އެމަނިކުފާނު ވަނީ ގޮވާލައްވާފައެވެ.

ރިޕޯޓުތައް ބުނާގޮތުގައި އިސްރާއީލުން ދޯހާއަށް ދިން ހަމަލާ އަމާޒުކޮށްފައިވަނީ ހަމާސްގެ އިސް އޮފިޝަލުންތަކެއް ތިބޭ ގެއަކަށެވެ. ނަމަވެސް އެއްވެސް ބޭފުޅަކު ޝަހީދުވި ކަމެއް އަދި ނޭނގެއެވެ. އެ ތަނުގައި ތިބީ ޑރ.ޚަލީލް އަލްހައްޔާ، މުޙައްމަދު ދަރުވިޝް، މޫސާ އަބޫ މަރްޒޫޤު، ހުސާމް ބަދުރާން، ޚާލިދު މެޝާލް، އަދި ޒާހިރު ޖަބަރީން އެވެ. ދޯހާ އަށް ދިން މި ހަމަލާ ޤަތަރާއެކު ޖޯޑަން، އީރާން އަދި ޔުނައިޓެޑް އަރަބި އެމިރޭޓްސް އިން ވެސް ވަނީ ކުށްވެރިކުރައްވާފައެވެ.

Advertisement

Advertisement 1

ރައީސްގެ ޓުވީޓުގައި ދިވެހިރާއްޖެއިން ޤަތަރާއެކު ތިބިކަން ހާމަކޮށް، އިޒްރޭލުގެ އަނިޔާވެރި އަމަލުތަކަށް ފިޔަވަޅު އެޅުމަށް ބައިނަލްއަޣްވާމީ އިދާރާތަކަށް ގޮވާލައްވާފައިވެ އެވެ. އަދި ބައިނަލްއަޤްވާމީ އިންސާނީ ޙައްޤުތަކުގެ ޤާނޫނުތައް ނެގެހެއްޓުމަށް ބައިނަލްއަޤްވާމީ މުޖުތަމައުއަށް ގޮވާލައްވާފައިވެއެވެ. މީގެ އިތުރުން، ޤަތަރުގެ ސިޔާދަތާއި ސުލްޙަވެރިކަން ޙިމާޔަތްކުރުމަށް ދިވެހި ސަރުކާރުން އަބަދުވެސް މަސައްކަތްކުރާނެކަމުގެ ޔަޤީންކަން ދެއްވާފައިވެއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގަތަރުއިސްރާއީލް
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

އިންޑިއާގެ ބޮޑުވަޒީރުކަމުގައި އެންމެ ގިނަ ދުވަސްވީ ބޭފުޅާގެ ޝަރަފު މޯދީ ހޯއްދެވުމުން ރައީސް މަރުހަބާ ވިދާޅުވެއްޖެ

މޯދީގެ ރެކޯޑާއެކު ރައީސް މަރުހަބާ ވިދާޅުވެއްޖެ

22 ގަޑިއިރު ކުރިން - 12:43

ސިއްހީ ހާލަތު ހުރިގޮތުން އެއްފަރާތަށް ޖެހިލިޔަސް، ހުންނެވީ ރައީސް މުއިއްޒާއެކު ގަދަކޮށް: ޒަމީރު

ސިއްހީ ހާލަތު ހުރިގޮތުން އެއްފަރާތަށް ޖެހިލިޔަސް، ހުންނެވީ ރައީސްއާއެކު ގަދަކޮށް: ޒަމީރު

1 ދުވަސް ކުރިން - 22:06

ފިލިޕީންސަށް ކުރިމަތިވި ބާރުގަދަ ބިންހެލުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ތައުޒިޔާ ފޮނުއްވައިފި

ފިލިޕީންސަށް ކުރިމަތިވި ބާރުގަދަ ބިންހެލުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ތައުޒިޔާ ފޮނުއްވައިފި

1 ދުވަސް ކުރިން - 13:56

މިފްކޯގެ ހުރިހާ ސެންޓަރަކުން މިއަދު މަސް ގަންނަނީ 20 ރުފިޔާއަށް

މިފްކޯގެ ހުރިހާ ސެންޓަރަކުން މިއަދު މަސް ގަންނަނީ 20 ރުފިޔާއަށް

2 ދުވަސް ކުރިން - 09:03

ނޭޝަނަލް ސަރވިސް ޓްރޭނިންގ ގެ 3 ވަނަ ބެޗުގެ ތަމްރީނަށް 352 ޒުވާނުން ފުރައިފި

ނޭޝަނަލް ސަރވިސް ޓްރޭނިންގ ތަމްރީނަށް 352 ޒުވާނުން ފުރައިފި

2 ދުވަސް ކުރިން - 17:31

އިޒުރޭލަށް ޙަމަލާ ދިނުން އީރާނުން މިވަގުތަށް ހުއްޓާލައިފި

އިޒުރޭލަށް ޙަމަލާ ދިނުން އީރާނުން މިވަގުތަށް ހުއްޓާލައިފި

2 ދުވަސް ކުރިން - 17:27