Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ގައުމުން ބޭރު ކުޅުންތެރިންނަށް ރަށްވެހިކަން ދީގެން ކުޅުނު ލަންކާ ބަލިކޮށް، %100 ދިވެހިންނާއެކު ރާއްޖެ ތަށި ނަގައިފި

ގައުމުން ބޭރު ކުޅުންތެރިންނަށް ރަށްވެހިކަން ދީގެން ކުޅުނު ލަންކާ ބަލިކޮށް، %100 ދިވެހިންނާއެކު ރާއްޖެ ތަށި ނަގައިފި

އައިޝަތު އީމާން
365 ދުވަސް ކުރިން - 9 ސެޕްޓެންބަރު 2025 19:19
ސައުތު އޭޝިއަން ސުޕަރ ކަޕުގެ ތައްޓާއެކު ގައުމީ ޓީމް އުފާފާޅުކުރަނީ.
ސައުތު އޭޝިއަން ސުޕަރ ކަޕުގެ ތައްޓާއެކު ގައުމީ ޓީމް އުފާފާޅުކުރަނީ.
ޚުލާސާ

ސައުތު އޭޝިއަން ސުޕަރ ކަޕުގެ ތަށި ރާއްޖެ ނަގާފައި މިވަނީ ކުޅުނު ދެމެޗުން މޮޅުވެ 1-4 ގެ ނަތީޖާއިން.

ސައުތު އޭޝިއަން ސުޕަރ ކަޕުގެ ފުރަތަމަ މެޗުގައި ސްރީލަންކާ ކޮޅަށް ތިން ލަނޑު ޖަހައި އަދި ދެވަނަ މެޗު 1-1 ނަތީޖާއިން އެއްވަރުކޮށް ދިވެހިރާއްޖެއިން އެ މުބާރާތުގެ ތަށި އުފުލާލައިފި އެވެ.

މިއަދު ހަވީރު ކޮލޮމްބޯގައި ކުޅުނު މި މެޗުގެ ދެ ގޯލުވެސް ފެނިފައިވަނީ މެޗުގެ 60 ވަނަ މިނެޓަށް ފަހުގައެވެ. ފުރަތަމަ ގޯލު މެޗުގެ 67 ވަނަ މިނެޓުގައި ނާއިޒް ހަސަން (ދާދު) ކާމިޔާބުކުރިއިރު މެޗު އެއްވަރުކޮށްދިން ގޯލު ލަންކާ އަށް ޖަހައިދިނީ 2+90 ވަނަ މިނެޓުގައި ކެލާޓެވެ.

Advertisement

Advertisement 1

މެޗު ފަށާފައުވަނީ ގައުމީ ޓިމުގެ ކެޕްޓަން ސަމޫހް އަލީ (ސުމައްޓެ) އާ ނުލައެވެ. ކުޑަ އަނިޔާއެއް ސަބަބުން އޭނާ މެޗު ފަށާފައި ނުވިނަމަވެސް އަހްމަދު ރިޒްވާނަށް އަނިޔާވުމުން އޭނާގެ ބަދަލުގައި ސުމައްޓެ ވަނީ ކުޅެން އަރާފައެވެ.

މި މެޗުގައި ދެ ޓީމަށް ވެސް ގޯލު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބިފައިވެއެވެ. އެގޮތުން މެޗު ފަށާއިގެން ހަތަރު ވަނަ މިނެޓުގައި އޭރިއާ ބޭރުން އިބްރާހިމް މަހުދީ (ފޭދޫ އިއްބެ) ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ ހުރަސް ދަނޑިއަށެވެ. އޭގެ ފަސް މިނެޓު ފަހުން ލަންކާ ޓީމުގެ ކުޅުންތެރިއެއް ތިރިން ފޮނުވާލި ހަމަލާ އަމާޒުވީ ގޯލުގެ ތިރީ ދަނޑިއަށެވެ. އަދި މީގެ އިތުރުން ގިނަ ފުރުސަތުތަކެއް ދެ ޓީމަށް ވެސް ލިބިފައިވެއެވެ.

4-1 ގެ އެގްރިގޭޓަކުން މޮޅުވެ ރާއްޖެ ތަށި ނަގާފައިވާއިރު މިއީ މި މުބާރާތް ކުޅުނު ފުރަތަމަ ފަހަރެވެ. ބަންގްލަދޭޝާއި ބޫޓާން ކުރިން މި މި މުބާރާތުގައި ބައިވެރިވާން އޮތް ނަމަވެސް އެ ދެ ގައުމުން ވަނީ ފަހުން ބައިވެރިނުވާން ނިންމާފައެވެ. އެހެން ކަމުން މުބާރާތުގައި ކުޅެފައިވަނީ ލަންކާ-ދިވެހިރާއްޖެ ބައްދަލުކުރި ދެ މެޗު އެކަންޏެވެ.

މި މުބާރާތާ ކުރިމަތިލިއިރު އޭގެ ކުރން ކުޅުނު ބައިނަލްއަގްވާމީ ފަސް މެޗުން ވެސް ރާއްޖެ ވަނީ ބަލިވެފައެވެ. ޓީމަށް ލިބުނު ދަށް ނަތީޖާތަކަށް ފަހު އޭރު ކޯޗު ކަމުގައި ހުންނެވި އަލީ ސުޒެއިން ވަނީ މިދިޔަ ޖޫން މަހު އިސްތިއުފާ ދެއްވާފައެވެ. އެއަށް ފަހު ކޯޗު ކަމާއި ހަވާލުވެ މުޙައްމަދު ޝިޔާޒު (މޯހަން) މިވަނީ އޭނާ ކުޅުނު ފުރަތަމަ މެޗު ރާއްޖެއަށް ކާމިޔާބުކޮށް އަދި ދެވަނަ މެޗު އެއްވަރުކޮށް ރާއްޖެއަށް ރަން ތައްޓެއް ހޯދައިދީފައެވެ.

މުބާރާތުގައި ރާއްޖެއާ ވާދަކުރި ލަންކާގެ ޓީމަށް ބަލާއިރު ލަންކާ އަކީ ޤައުމުން ބޭރުގައި ކުޅޭ ކުޅުންތެރިންނަށާއި އެހެން ގައުމުތަކަށް ނިސްބަތްވާ ލަންކާ ދަރިކޮޅު ކުޅުންތެރިންނަށް ރަށްވެހިކަން ދީގެން ގައުމީ ޓީމަށް ކުޅޭ ކުޅުންތެރިން ތިބި ޓީމެކެވެ. އެހެންކަމުން ރާއްޖެ %100 ދިވެހިންނާއެކު މި ހޯދި ތައްޓަކީ ފަހުރުވެރި ކާމިޔާބީއެކެވެ.

ގައުމީ ފުޓްބޯޅަ ޓީމުސްރީ ލަންކާ
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

މާލޭގެ ފިހާރައަކުން ގިނަ އަދަދެއްގެ ފައިސާއާއި ފޯނެއް ވަގަށް ނަގައިގެން ފުރަން އުޅުނު ލަންކާ ރައްޔިތަކު ހައްޔަރުކޮށްފި

ފިހާރައަކުން ވަގަށް ނަގައިގެން ފުރަން އުޅުނު ލަންކާ ރައްޔިތަކު ހައްޔަރުކޮށްފި

6 ދުވަސް ކުރިން - 15:41

ލަންކާގެ ޑޮކްޓަރެއް، ފިރިހެނެއްގެ މަސާނާއިން 3.1 ކިލޯގެ ހިލައެއް ނަގައި ދުނިޔޭގެ ރެކޯޑެއް ހަދައިފި

ފިރިހެނެއްގެ މަސާނާއިން 3.1 ކިލޯގެ ހިލައެއް ނަގައި ދުނިޔޭގެ ރެކޯޑެއް ހަދައިފި

22 ދުވަސް ކުރިން - 17:37

ލަންކާގައި ހަލުވިކަމާއެކު ޑެންގޫ ފެތުރެނީ, ބަލިޖެހުނު މީހުންގެ އަދަދު 1 ލައްކައާ ގާތްވަނީ!

ލަންކާގައި ހަލުވިކަމާއެކު ޑެންގޫ ފެތުރެނީ, ބަލިޖެހުނު މީހުންގެ އަދަދު ލައްކައާ ގާތަށް

46 ދުވަސް ކުރިން - 16:18

މަސްތުވާތަކެއްޗާއި އެކު މާލެއިން ލަންކާ އަށް ދިޔަ ދިވެއްސަކު ހައްޔަރު ކޮށްފި

މަސްތުވާތަކެއްޗާއި އެކު މާލެއިން ލަންކާ އަށް ދިޔަ ދިވެއްސަކު ހައްޔަރު ކޮށްފި

46 ދުވަސް ކުރިން - 01:09

ފީފާ ވޯލްޑްކަޕްގައި ބައިވެރިވުމަށް ރާއްޖެ އަށް ފުރުސަތު ލިބިއްޖެ

ފީފާ ވޯލްޑްކަޕްގައި ބައިވެރިވުމަށް ރާއްޖެ އަށް ފުރުސަތު ލިބިއްޖެ

60 ދުވަސް ކުރިން - 10:42

ރާއްޖެއިން ހައްޔަރުކޮށް ލަންކާއާއި ހަވާލުކުރީ ވަކީލު މަރައިލި މީހުން ތިބި ވެހިކަލުގެ ޑުރައިވަރު

ރާއްޖެއިން ލަންކާއާއި ހަވާލުކުރީ ވަކީލު މަރައިލި މީހުން ތިބި ވެހިކަލުގެ ޑުރައިވަރު

66 ދުވަސް ކުރިން - 18:43