މަހްލޫފް އެމްޑީޕީއިން ވަކިވުމާއި ގުޅުވައިގެން "އަދަދު" ނޫހުން ދޮގު މައުލޫމާތު ހިމަނައިގެން ހަބަރު ފަތުރަން ފަށައިފި އެވެ.
މީ އަދަދު ނޫހުގެ ނޫސްވެރިޔާ "އާއިދު" ލިޔުނު ހަބަރެކެވެ. އެ ހަބަރުގައި އާއިދު ބުނެފައިވަނީ ޕާޓީއިން ވަކިވުމަށް ޗެއާޕާސަން ފައްޔާޒު އިސްމާއިލް އަށް ފޮނުވި ސިޓީގައި މަހްލޫފް އެމްޑީޕީއިން ވަކިވަނީ ދައުލަތުގެ މަގާމެއްގައި ހިދުމަތް ކުރެއްވުމަށް ކަމަށް ވިދާޅުވެފައިވާ ކަމަށެވެ.
ނަމަވެސް މަހުލޫފު ސޯޝަލް މީޑިއާއަށްވެސް ދޫކުރި އެ ސިޓީގައި ވިދާޅުވެފައިވަނީ ޕާޓީގެ މެމްބަރުކަމުން ވަކިވާން އެދޭ ވާހަކައާއި، 2015 ވަނަ އަހަރުން ފެށިގެން އެމްޑީޕީއަށް ހިދުމަތްކުރުމުގެ ފުރުސަތު ލިބުނު ކަމަށްޓަކައި ޝުކުރުއަދާކުރާ ވާހަކަ އެކަންޏެވެ.
އިތުރަށް އެ ސިޓީގައިވަނީ މިދިޔަ ސަރުކާރުގައި ގެނެސްދެއްވި ތަރައްގީގެ ބައިވެރިއެއްގެ ގޮތުން، ކެބިނެޓުގައި ގިނަ މަސައްކަތްތަކެއް ކުރުމުގެ ފުރުސަތު ލިބުނީތީ ޝުކުރުއަދާކޮށް އުފާފާޅުކޮށްފައި އެވެ.އޭގެ އިތުރަށް އޭނާއަށް ތާއީދު ކޮށްދެއްވި މީހުންނާއި، ޕާޓީގެ މެމްބަރުންނަށް ސިޓީ ނިންމާލަމުން ޝުކުރުއަދާކޮށް އެއްވެސް މެމްބަރެއްގެ ހިތްހަމަނުޖެހުމެއް އޮތްނަމަ ވަނީ މައާފަށް އެދިފައިވެ އެވެ.
މިހާރު މަޖިލީހަށް ހުށަހެޅިފައިވާ "މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން" ބިލުގައި ވެސް އެންމެ ބޮޑަށް ބާރުއަޅާ އެއްކަމަކީ ދޮގު މައުލޫމާތު ހިމަނައިގެން ހަބަރު ނުފެތުރުމެވެ. ނޫސްވެރިކަމަކީ ދައުލަތުގެ ހަތަރުވަނަ ބާރުކަމަށްވާއިރު ނޫސްވެރިންނަށް ގާނޫނީ އިމުގެ ތެރެއިން ހިޔާލުފާޅުކުރުމުގެ މިނިވަންކަން ލިބިދީފައި އޮވެ އެވެ. ނަމަވެސް ނޫސްވެރިން ދޮގު ހަބަރު ނުފެތުރުމަށް އެ ބިލުގައި މުހިއްމު ނުކުތާތަކެއް ނިމަނާފައިވެ އެވެ.
އެ ބިލަށް ގިނަ ނޫސްވެރިންނެއްގެ ފާޑުކިޔުން އަމާޒުވެފައިވާއިރު، އެންމެ ބޮޑަށް ބިލާ ދެކޮޅުހަދަނީ "އަދަދު" ނޫހުންކަމަށް ފާހަަގަކޮށްލެވެ އެވެ.