Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެ
EN
Logo EN
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement
Advertisement

ރަޝިޔާއިން އުފެއްދި ކެންސަރު ވެކްސިން، "އެންޓެރޯމިކްސް"ގެ ފުރަތަމަ ޓެސްޓުތައް ކާމިޔާބު!

މުހައްމަދު ޖަމްޝަތު
407 ދުވަސް ކުރިން - 9 ސެޕްޓެންބަރު 2025 08:24
ރަޝިޔާއިން ވަނީ ކެންސަރާ ދެކޮޅަށް އެމްއާރްއެންއޭ ކެންސަރު ވެކްސިނެއް އުފައްދާފަ----
ރަޝިޔާއިން ވަނީ ކެންސަރާ ދެކޮޅަށް އެމްއާރްއެންއޭ ކެންސަރު ވެކްސިނެއް އުފައްދާފަ----
ޚުލާސާ

މިއީ ކޮވިޑް-19 ވެކްސިންތަކުގައި ބޭނުންކުރި އެމްއާރްއެންއޭ ޓެކްނޮލޮޖީ ބޭނުންކޮށްގެން ހަދާފައިވާ ވެކްސިނެއް. ފުރަތަމަ ތަހުލީލުތަކުން މި ވެކްސިންގެ އެއްވެސް ނުރައްކާތެރި ސައިޑް އިފެކްޓެއް ފެނިފައިނުވޭ.

ރަޝިޔާގެ އެމްއާރްއެންއޭ ކެންސަރު ވެކްސިން، އެންޓެރޯމިކްސް، ކޮލޯރެކްޓަލް ކެންސަރަށް އަމާޒުކޮށްގެން ކުރެވުނު ފުރަތަމަ ކްލިނިކަލް ޓްރަޔަލްތަކުގައި 100 ޕަސެންޓް ރައްކާތެރިކަމާއި ކާމިޔާބު ހޯދައިފިއެވެ.

ރަޝިޔާއިން އިއުލާނުކޮށްފައިވާ ގޮތުގައި އެގައުމުގެ އާ ކެންސަރު ވެކްސިން، އެންޓެރޯމިކްސް އަކީ ކެންސަރާ ދެކޮޅަށް ކުރަމުންދާ ހަނގުރާމަޔަށް ހޯދުނު އުއްމީދީ ކުރިއެރުމެކެވެ. އެގޮތުން އެ ވެކްސިން ބޭނުންކޮށްގެން އިންސާނުންގެ މައްޗަށް ކުރެވުނު ފުރަތަމަ ޓްރަޔަލްތަކުގައި ފުރިހަމަ ކާމިޔާބީއެއް ހޯދާފައިވާ ކަމަށާއި މި ޓްރަޔަލްތަކުގައި ބަލިމީހުންގެ ޓިއުމަރު ކުޑަވެ، އެއްވެސް ނުރައްކާތެރި ސައިޑް އިފެކްޓެއް ފެނިފައިނުވާކަން ވަނީ ހާމަކޮށްފައެވެ.

Advertisement

Advertisement 1

މި ޓްރަޔަލްތަކުގައި 48 ވޮލަންޓިއަރުން ބައިވެރިވެފައިވާއިރު، މި ޓެސްޓުތައް ކުރިއަށް ގެންގޮސްފައިވަނީ ރަޝިޔާގެ ނެޝަނަލް މެޑިކަލް ރިސާޗް ރޭޑިއޮލޮޖިކަލް ސެންޓަރާއި އެންގެލްހާޓް އިންސްޓިޓިއުޓް އޮފް މޮލެކިއުލާ ބަޔޮލޮޖީގެ އެއްބާރުލުމާއެކު އެވެ.

ރަޝިިޔާއިން ހާމަކޮށްފައިވާ ގޮތުގައި ކޮވިޑް-19 ވެކްސިންތަކުގައި ބޭނުންކުރި އެމްއާރްއެންއޭ ޓެކްނޮލޮޖީ ބޭނުންކޮށްގެން ތައްޔާރުކޮށްފައިވާ މި ވެކްސިންއަކީ އިމިއުން ސިސްޓަމަށް ކެންސަރު ސެލްތައް ދެނެގަނެ ނައްތާލަން ދަސްކޮށްދޭ، ކީމޯތެރަޕީ ފަދަ އާންމު ފަރުވާތަކަށްވުރެ ރައްކާތެރި އޮޕްޝަނެކެވެ. އެންޓެރޯމިކްސްގެ އެންމެ ފާހަގަކޮށްލެވޭ އެއް ސިފައަކީ ކޮންމެ ބަލިމީހަކަށްވެސް އެމީހެއްގެ ޓިއުމަރުގެ ޕްރޮފައިލްއަށް ފެތޭގޮތަށް ހާއްސަކޮށް ތައްޔާރުކުރެވޭ އިމިއުނޯތެރަޕީއަކަށް ވުމެވެ. 2025 ސެއިންޓް ޕީޓަސްބާގް އިންޓަނޭޝަނަލް އިކޮނޮމިކް ފޯރަމްގައި ރަޝިޔާއިން އިއުލާނު ކުރި މި ވެކްސިނަށް އެ ގައުމުގެ މިނިސްޓްރީ އޮފް ހެލްތުގެ ހުއްދަ ލިބުމާ ކައިރިވެފައިވާކަމަށް ރިޕޯޓުތައް ބުނެ އެވެ.

މި އާ ވެކްސިންގެ ކާމިޔާބީއާއެކު، ކެންސަރު ފަރުވާގެ ދާއިރާގައި އާ ޒަމާނެއްގެ ފެށުމެއް ފެނިގެންދާނެ ކަމަށް ދުނިޔޭގެ އޮންކޮލޮޖީ ދާއިރާގެ ތަޖުރިބާކާރުން އުއްމީދުކުރެއެވެ. މިއީ ކޮންމެ މީހަކަށް ހާއްސަކޮށް، ނަތީޖާ ރަނގަޅު، އަދި ސައިޑް އިފެކްޓް މަދު ކެންސަރު ފަރުވާއެއްގެ ގޮތުގައި ފާހަގަކުރެވެއެވެ.

ކެންސަރު
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅުން ހުރި ޚަބަރުތައް

ޕިންކް ރިބަން ރަން 2026 ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

ޕިންކް ރިބަން ރަން 2026 ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

26 ދުވަސް ކުރިން - 14:21

އެމެރިކާ އާއި އިޒުރޭލުގައި ކެންސަރު ޖެހޭ މީހުންގެ އަދަދު އިތުރުވަނީ

އެމެރިކާ އާއި އިޒުރޭލުގައި ކެންސަރު ޖެހޭ މީހުންގެ އަދަދު އިތުރުވަނީ

60 ދުވަސް ކުރިން - 15:57

ކުރީގެ ކެޕްޓަން ކެވިން ކީގަންއަށް ކެންސަރު ޖެހިއްޖެ

ކުރީގެ ކެޕްޓަން ކެވިން ކީގަންއަށް ކެންސަރު ޖެހިއްޖެ

141 ދުވަސް ކުރިން - 06:44

އުރަމަތީގެ ކެންސަރަށް ކީމޯތެރަޕީއާ ނުލައި ފަރުވާ ހޯދޭނެކަން ދިރާސާއަކުން ދައްކައިފި

އުރަމަތީގެ ކެންސަރަށް ކީމޯތެރަޕީއާ ނުލައި ފަރުވާ ހޯދޭނެކަން ދިރާސާއަކުން ދައްކައިފި

143 ދުވަސް ކުރިން - 21:55

ޕެންކްރިއެޓިކް ކެންސަރާ ދެކޮޅަށް އުންމީދީ ފަރުވާއެއް

ޕެންކްރިއެޓިކް ކެންސަރާ ދެކޮޅަށް އުންމީދީ ފަރުވާއެއް

263 ދުވަސް ކުރިން - 10:47

ރަޝިޔާގެ ވެކްސިނުން ހުރިހާވައްތަރެއްގެ ކެންސަރަށް ފަރުވާ ލިބޭ

ރަޝިޔާގެ ވެކްސިނުން ހުރިހާވައްތަރެއްގެ ކެންސަރަށް ފަރުވާ ލިބޭ

336 ދުވަސް ކުރިން - 15:34