ނިމިދިޔަ އެމްޑީޕީ ސަރުކާރުގެ ޔޫތް މިނިސްޓަރުކަމުގެ މަގާމުގައި ހުރި އަހްމަދު މަހްލޫފް އެމްޑީޕީން މިއަދު ވަކިވެއްޖެ އެވެ.
އެމްޑީޕީން ވަކިވުމަށް އެދި މަހްލޫފް ވަނީ އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް އަށް ސިޓީއެއް ފޮނުވައިފަ އެވެ. އެ ސިޓީގައި އޭނާ އެ ޕާޓީން ވަކިވުމަށް ނިންމާފައިވާ ކަމަށާއި، 2015 ވަަނަ އަހަރުން ފެށިގެން އެމްޑީޕީއަށް ހިދުމަތްކުރަން ފުރުސަތު ލިބުނީތީ އެކަމަށް ޝުކުރުއަދާކުރާ ކަމަށް މަހުލޫފް ވަނީ ބުނެފަ އެވެ.
ނިމިދިޔަ އެމްޑީޕީ ސަރުކާރުގައި އޭރުގެ ރައީސް ސާލިހު ރާއްޖެއަށް ގެނެސްދެއްވި ތަރައްގީގެ ބައިވެރިއެއްގެ ގޮތުން، ކެބިނެޓްގައި ގިނަ މަސައްކަތްތަކެއް ކުރުމުގެ ފުރުސަތު ލިބުނީތީ އެކަމަށްވެސް މަހުލޫފް ވަނީ ޝުކުރުއަދާކޮށްފަ އެވެ.
އޭނާއަށް ތާއީދުކޮށްދެއްވި އެޕާޓީގެ މެންބަރުންނަށް ޝުކުރުއަދާކުރަމުން މަހުލޫފް ބުނެފައިވަނީ އޭނަގެ މި ނިންމުމާއިމެދު އެއްވެސް މެންބަރެއްގެ ހިތަހަމަނުޖެހުން އޮތްކަމަށްވާނަމަ އެކަމަށް މެންބަރުންގެ ކިބައިން މައާފަށް އެދޭ ކަމަށެވެ.
އިތުރު ތަފްސީލް އަންނަނީ.....