އެމްޑީޕީން ފިނޭންސް މިނިސްޓަރާ ބައްދަލުކުރަން ހަމަނުޖެހުން ހިންގައިފި. މިނިސްޓަރު ރާއްޖެއަކު ވެސް ނެތް

މުޙައްމަދު ޖިނާން ހުސައިން ޖަބީން | 22 ދުވަސް ކުރިން - 8 ސެޕްޓެންބަރު 2025 15:46
އެމްޑީޕީން ފިނޭންސް މިނިސްޓްރީ ސަރަހައްދުގައި އިހުތިޖާޖުކުރަނީ: ފޮޓޯ: އަދަދު---
އެމްޑީޕީން ފިނޭންސް މިނިސްޓްރީ ސަރަހައްދުގައި އިހުތިޖާޖުކުރަނީ: ފޮޓޯ: އަދަދު---
ޚުލާސާ

އެމްޑީޕީން އަންނަނީ މިއަދު ހެނދުނު 10:30 އިން ފެށިގެން އެ ސަރަހައްދުގައި އަޑުގަދަކޮށް ހަމަނުޖެހުން ހިންގަމުން.

ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު "ޖަވާބުދާރީކުރުވުމަށް" ކަމަށް ބުނެ އިދިކޮޅު މައި ޕާޓީ އެމްޑީޕީއަށް ނިސްބަތްވާ މަޖިލިސް މެންބަރުންނާއި އެކްޓިވިސްޓުން ފިނޭންސް މިނިސްޓްރީ ސަރަހައްދުގައި ހަމަނުޖެހުން ހިންގައިފި އެވެ.

އެމްޑީޕީއަށް ނިސްބަތްވާ މަޖިލިސް މެންބަރުންނާއި އެކްޓިވިސްޓުން ފިނޭންސް މިނިސްޓްރީ ސަރަހައްދުގައި ހަމަނުޖެހުން ހިންގިއިރު މިނިސްޓަރު ޒަމީރު މިވަގުތު ރާއްޖޭގައި ނޫޅުއްވަ އެވެ. އެމްޑީޕީން ބުނެފައިވާ ގޮތުގައި، އެ ޕާޓީން ފިނޭންސް މިނިސްޓްރީ ސަރަހައްދަށް އެއްވެ އިހުތިޖާޖުކުރަން ނިންމި މައިގަނޑު ސަބަބަކީ، މިނިސްޓަރު ޒަމީރު ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީއަށް ނިސްބަތްވާ މެންބަރުން ކުރައްވާ ސުވާލުތަކަށް ޖަވާބު ނުދެއްވާތީ އެވެ.

އެމްޑީޕީއަށް ނިސްބަތްވާ މަޖިލިސް މެންބަރުންނާއި އެކްޓިވިސްޓުން އަންނަނީ މިއަދު ހެނދުނު 10:30 އިން ފެށިގެން އެ ސަރަހައްދުގައި އަޑުގަދަކޮށް ހަމަނުޖެހުން ހިންގަމުންނެވެ.

ސަރުކާރުން ދަނީ އަމިއްލަ ވިޔަފާރިތައް ފުނޑާލަމުން ކަމަށާއި، މި ސަރުކާރުން ދައުލަތުގެ ހަޒާނާ އެއްކޮށް ލޫޓުވާލާފައިވާ ކަމަށާއި އަދި ގައުމަށް ވަންނަ ޑޮލަރު ވެސް ލޫޓުވާފައިވާ ކަމަށް ބުނެ އެމްޑީޕީއަށް ނިސްބަތްވާ މަޖިލިސް މެންބަރުންނާއި އެކްޓިވިސްޓުން ވަނީ ސަރުކާރާ ގުޅޭގޮތުން އަސާސެއް ނެތް ދޮގު ވާހަކަ ފަތުރައި އެ ސަރަހައްދުގައި އިހުތިޖާޖުކުރުމުގެ ނަމުގައި ހަމަނުޖެހުން ހިންގައިފަ އެވެ.

މީގެ އިތުރުން އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ މެންބަރުން ވަނީ މިނިސްޓަރު ޒަމީރާ ބައްދަލުކުރަން ބޭނުންކަމަށް ބުނެ، މިނިސްޓްރީ ހިންގާ އިމާރާތައް ފުލުހުންގެ ސަފު ފޫއަޅުވައިލުމަށްފަހު، ގަދަކަމުން ވަދެގަނެފަ އެވެ.

ސަރުކާރުން ދައުލަތުގެ ހަޒާނާ އެއްކޮށް ލޫޓުވާލާފައިވާ ކަމަށް ބުނެ އެމްޑީޕީން ސަރުކާރާ ގުޅޭގޮތުން އަސާސެއް ނެތް ދޮގު ވާހަކަ ފަތުރަމުންދާއިރު، ނިމިދިޔަ އެމްޑީޕީގެ ސަރުކާރުން ހިންގައިފާ ވައްކަމާއި ކޮރަޕްޝަނުގެ މައްސަލަތަކަކީ އާދައިގެ ރައްޔިތުންނަށް ވެސް ސިއްރު ނުވާނެ ކަންކަމެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%