Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

ފްލެޓް ލިބުނު ފަރާތްތަކަށް މި ހަފްތާގައި ފްލެޓްތަކަށް ވަދެވޭނެ!

ފްލެޓް ލިބުނު ފަރާތްތަކަށް މި ހަފްތާގައި ފްލެޓްތަކަށް ވަދެވޭނެ!

މުޙައްމަދު ޖިނާން ހުސައިން ޖަބީން
276 ދުވަސް ކުރިން - 8 ސެޕްޓެންބަރު 2025 10:58
ގެދޮރުވެރިޔާ ސްކީމްގެ ދަށުން އިމާރަތްކުރެވުނު ފްލެޓްތައް: ފޮޓޯ/ އިންޓަނެޓް---
ގެދޮރުވެރިޔާ ސްކީމްގެ ދަށުން އިމާރަތްކުރެވުނު ފްލެޓްތައް: ފޮޓޯ/ އިންޓަނެޓް---
ޚުލާސާ

ގެދޮރުވެރިޔާ ސްކީމުގެ ދަށުން އިމާރާތްކޮށްފައިވާ 4,000 ފުލެޓުގެ ތެރެއިން، މިހާތަނަށް ފްލެޓަށް ޝަރުތު ހަމަވާ 3,000 އަށްވުރެ ގިނަ ފަރާތަކާއެކު ފްލެޓް އެއްބަސްވުމުގައި ވަނީ ސޮއިކުރެވިފަ.

ގެދޮރުވެރިޔާ ސްކީމްގެ ދަށުން އިމާރާތްކޮށްފައިވާ ފުލެޓްތަކަށް މި ހަފްތާގައި މީހުން ވެއްދުމުގެ މަސައްކަތް ފެށިގެންދާނެކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ބުނެފި އެވެ.

އެފްޑީސީން ބުނެފައިވާ ގޮތުގައި، ގެދޮރުވެރިޔާ ސްކީމުގެ ދަށުން އިމާރާތްކޮށްފައިވާ 4,000 ފުލެޓުގެ ތެރެއިން، މިހާތަނަށް ފްލެޓަށް ޝަރުތު ހަމަވާ 3,000 އަށްވުރެ ގިނަ ފަރާތަކާއެކު ފްލެޓް އެއްބަސްވުމުގައި ވަނީ ސޮއިކުރެވިފައި ކަމަށެވެ. މީގެ އިތުރުން، މިހާރު މަސައްކަތް ނިމިފައިވާ ފްލެޓްތައް ލިބިފައިވާ ފަރާތްތަކަށް، މި ހަފްތާގެ ތެރޭގައި ފުލެޓްގެ ތަޅުދަނޑި ހަވާލުކުރުމުގެ މަސައްކަތް ކުރިއަށްދާނެ ކަމަށް އެ ކޯޕަރޭޝަނުން ވަނީ ބުނެފަ އެވެ.

ފުލެޓްތައް ހަވާލުކުރާނީ ފިނިޝިންގެ ހުރިހާ މަސައްކަތެއް ނިންމާފައި ކަމަށް އެފްޑީސީން ވަނީ ބުނެފަ އެެވެ. އެ ކޯޕަރޭޝަނުން ބުނެފައިވާ ގޮތުގައި ފްލެޓްތައް ހަވާލުކުރާނީ ފަންކާއާއި ކުޑަދޮރާއި ދޮރު ހަރުކޮށް، ޓައިލްސް ޖަހައި، ކުލަ ލައި، ފާހާނާ ތައްޓާއި މޫނު ދޮންނަ ތަށި ވެސް ހަރުކޮށްފައި ކަމަށެވެ.

Advertisement

Advertisement 1

ފުލެޓްގެ އެއްބަސްވުންތަކުގައި ސޮއިކުރުމުގެ މަސައްކަތް އެފްޑީސީން ފަށާފައިވަނީ މި އަހަރުގެ ޖުލައި މަހުގެ ތެރޭގަ އެވެ. އެއްބަސްވުންތަކުގައި ސޮއިކުރުމުގެ މަސައްކަތް، ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 09:00 އިން ފެށިގެން ހަވީރު 04:00 އާއި ހަމައަށް ކުރިއަށް ދާނެކަމަށް އެފްޑީސީން ވަނީ ބުނެފަ އެވެ.

އެއްބަސްވުންތަކުގައި ސޮއިކުރުމުގެ މަސައްކަތް ކުރިއަށް ދާނީ ހުޅުމާލެ ސިންތެޓިކް ޓްރެކުގައި ކަނޑައަޅާފައިވާ ހާއްސަ ސަރަހައްދުތަކުގައި ކަމަށް ވެސް އެފްޑީސީން ވަނީ އިތުރަށް ބުނެފަ އެވެ.

ގެދޮރުވެރިޔާ ސްކީމްފަހި ދިރިއުޅުން ކޯޕަރޭޝަން
Ad
Ad

ގުޅޭ ޚަބަރުތައް

ފުލެޓެއް ކުއްޔަށް ދޫކުރި މީހަކު ޖޫރިމަނާ ކޮށްފި

ފުލެޓެއް ކުއްޔަށް ދޫކުރި މީހަކު ޖޫރިމަނާ ކޮށްފި

7 ދުވަސް ކުރިން - 15:12

ފަހި ދިރިއުޅުން ފުލެޓުތަކުގެ ރަށްވެހިކަމުގެ ލިޔުން ޕޯޓަލް މެދުވެރިކޮށް ލިބޭނެ އިންތިޒާމު ހަމަޖައްސައިފި

ފަހިދިރިއުޅުން ފުލެޓުތަކުގެ ރަށްވެހިކަމުގެ ލިޔުން ޕޯޓަލްއިން ލިބޭނެ

35 ދުވަސް ކުރިން - 20:49

ފަހި ފްލެޓްތަކުގައި ދިރިއުޅޭ ބައެއް ފާރަތްތަކުގެ އިހުމާލުން ޖަންކްޝަން ބެދި ނަޖިސް ލީކުވަނީ

ކުނި-އެޅިގެން ފަހި ފްލެޓްތަކުގެ ޖަންކްޝަންތައް ބެދި ލީކުވަނީ

84 ދުވަސް ކުރިން - 13:41

އެފްޑީސީ ފްލެޓްތައް ކުއްޔަށް ދީފިނަމަ ބައިލައްކަ ރުފިޔާއިން ޖޫރިމަނާކޮށް ފްލެޓް އަތުލާނެ ކަމުގެ އިންޒާރު ދީފި

ކުއްޔަށްދޭނަމަ ޖޫރިމަނާކޮށް ފްލެޓް އަތުލާނަން: އެފްޑީސީ

96 ދުވަސް ކުރިން - 13:38

ގޯއްޗާއި ފްލެޓު ލިބޭނެ ކަމަށްބުނެ ފައިސާ ނަގަނީ, ސަމާލުވޭ!

ގޯއްޗާއި ފްލެޓު ލިބޭނެ ކަމަށްބުނެ ފައިސާ ނަގަނީ

100 ދުވަސް ކުރިން - 14:42

އެފްޑީސީގެ ޗެއާޕާސަން އަދި ބޯޑު މެންބަރުކަމުން ނަޝްވާ ވަކިކޮށްފި

އެފްޑީސީގެ ޗެއާޕާސަންގެ މަގާމުން ނަޝްވާ ވަކިކޮށްފި

105 ދުވަސް ކުރިން - 19:31

1 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%