ޣައްޒާއަށް އެހީ ހިފައިގެންދާ ފްލޮޓިއްލާގެ ދަތުރު ފަސްކޮށްފި

ޢަބްދުﷲ ޖުނައިދު | 13 ގަޑިއިރު ކުރިން - 7 ސެޕްޓެންބަރު 2025 12:35
އިސްރާއީލުގެ ހުރަސްތައް ފޫއަޅުވާލައި ޣައްޒާއަށް ދިޔުމަށް ހަމަޖެހިފައިވާ އުޚަނދެއް: ފޮޓޯ: އެފްބީ.
އިސްރާއީލުގެ ހުރަސްތައް ފޫއަޅުވާލައި ޣައްޒާއަށް ދިޔުމަށް ހަމަޖެހިފައިވާ އުޚަނދެއް: ފޮޓޯ: އެފްބީ.
ޚުލާސާ

މޫސުން ގޯސް ވުމުގެ ސަބަބުންނާއި ލޮޖިސްޓިކަލް ސަބަބުތަކާއި ހުރެ ޓިއުނީޝިއާއިން ފުރައިގެންދާ ފްލޮޓިއްލާ ސްމޫދުގެ ދަތުރުތައް މި މަހުގެ 10 އާއި ހަމަޔަށް ފަސްކޮށްފި.

އިސްރާއީލުން އަޅާފައިވާ ހުރަސްތައް ނައްތާލައި ޣައްޒާއަށް ކަނޑުމަގުން ކާބޯތަކެއްޗާއި އެހީ ހިފައިގެންދާ ގްލޯބަލް ސުމޫދް ފްލޮޓިއްލާ"ގެ ޓިއުނީޝިޔާގެ ގްރޫޕުން އެ މީހުންގެ ދަތުރުތައް ފަސްކޮށްފިއެވެ. މި ދަތުރުތައް ފަސްކޮށްފައި ވަނީ މޫސުމަށް އައި ބަދަލުތަކުގެ ސަބަބުންނާއި ލޮޖިސްޓިކް ކަންކަމުގެ ސަބަބުން މި މަހުގެ 10 އާއި ހަމަޔަށް ކަމަށް ޚަބަރުތައް ބުނެއެވެ.

އިސްރާއީލުގެ ހުރަސްތައް މުގުރާލައި އިންސާނީ އެހީ ފޯރުކޮށްދިނުމުގެ މަޤްޞަުގައި ޣައްޒާއަށް ދަތުރުކުރާ މަދަނީ ފްލޮޓޮއްލާ ލޯންޗުކުރުމުގެ ކުރިން ސްޕެއިންގެ ބާސެލޯނާގެ ބަނދަރުގައި މީހުން ތޮއްޖެހިގެން/ ފޮޓޯ: އޭޕީ.

އިސްރާއީލާއި ދެކޮޅަށް ބިރު ފަހަނައަޅައި ޣައްޒާއަށް ވަނުމަށް ދޯނިފަހަރުތަކުގައި ދަތުރުކުރާ ފަރާތްތަކުން ބައިނަލްއަޤްވާމީ ސަމާލުކަން ހޯދާފައިވާއިރު، ގާތްގަނޑަކަށް 50 ވަރަކަށް އުޅަނދުގައި ބައިނަލްއަޤްވާމީ އެކްޓިވިސްޓުން އެހީ އާއި އެކު ޣައްޒާއަށް ދިޔުމަށް މަސައްކަތް ކުރާނެއެވެ. އެއީ 44 ޤައުމެއް ތަމްސީލުކުރާ އެކްޓިވިސްޓުންނެވެ. އޭގެތެރޭގައި އެކި ޤައުމުތަކުގެ މަޖިލިސް މެންބަރުންނާއި، އިންސާނީ ޙައްޤުތަކަށް ވަކާލާތުކުރާ ފަރާތްތައް ވެސް ހިމެނެއެވެ.

ފްލޮޓިއްލާގެ މި ކެމްޕޭނުގައި ޔޫރަޕްގެ މަޝްހޫރު މީހުންގެ ތެރެއިން ސްވިޑެންގެ އެކްޓިވިސްޓް ގްރެޓާ ތުންބަރގް އާއި ބާސެލޯނާގެ ކުރީގެ މޭޔަރު އަޑާ ކޮލައު ހިމެނެ އެވެ.

ޓިއުނީޝިއާގެ ދަތުރުތައް ޑިލޭވިއިރު ސްޕެއިން އާއި އިޓަލީން ފުރައިގެން ދިޔަ ދޯނިފަހަރު މިހާރުވެސް ދަތުރުކުރަމުންދާ ކަމަށް ޚަބަރު ލިބެއެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%