ރައީސް ގެންދަވަނީ ކައުންސިލްތަކުން ހުށަހަޅުއްވާ ކަންކަމަށް އަމަލީ ސިފަ ގެނެސްދެއްވަމުން: އާދަމް ޝަރީޕް

މުޙައްމަދު ޖިނާން ހުސައިން ޖަބީން | 1 ދުވަސް ކުރިން - 6 ސެޕްޓެންބަރު 2025 12:42
ސިޓީސް މިނިސްޓަރު އާދަމް ޝަރީފް އުމަރު: ފޮޓޯ/ އިންޓަނެޓް---
ސިޓީސް މިނިސްޓަރު އާދަމް ޝަރީފް އުމަރު: ފޮޓޯ/ އިންޓަނެޓް---
ޚުލާސާ

މިނިސްޓަރު ޝަރީފް މި މޭރުމުން ވިދާޅުވެފައި މިވަނީ ކައުންސިލުތަކަށް ސަރުކާރުން ދޭ ބްލޮކް ގްރާންޓު ދޭއިރު ރަށެއްގެ ބޮޑުމިނަށް ބަލައިގެން ދޭގޮތަށް ރައީސް ނިންމެވުމާއި ގުޅިގެން.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ގެންދަވަނީ ކައުންސިލްތަކުން ހުށަހަޅުއްވާ ކަންކަމަށް އަމަލީ ސިފަ ގެނެސްދެއްވަމުން ކަމަށް ސިޓީސް މިނިސްޓަރު އާދަމް ޝަރީފް އާދަމް ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު ޝަރީފް މިމޭރުމުން ވިދާޅުވެފައިވަނީ އޭނާގެ އެކްސްގައި މިއަދު ހިއްސާކުރެއްވި ޕޯސްޓެއްގަ އެވެ. މިނިސްޓަރު ޝަރީފް ވިދާޅުވެފައިވާ ގޮތުގައި ރަށުގެ ކުޑަ ބޮޑުމިނަށް ބަލައިގެން ބަޖެޓް ކަނޑައަޅާ ގޮތަށް ހެދުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރަށްރަށަށް ކުރައްވާ ޒިޔާރަތުގައި ކައުންސިލްތަކުން ހުށަހަޅުއްވާ ކަންކަމަށް އަމަލީ ސިފަ ގެނެސްދެއްވާކަމުގެ ހެއްކެކެވެ.

ލާމަރުކަޒީ ނިޒާމު ހަރުދަނާވެ، ކައުންސިލްތަކުން ރައްޔިތުންނަށް ދެވޭ ހިދުމަތްތައް އިތުރު ކުރެވޭނީ މާލީގޮތުން ކައުންސިލްތައް ބާރުވެރިވެ، ދެމެހެއްޓެނިވި ގޮތުގައި އާމްދަނީ އިތުރު ކުރެވޭނެ ވިސްނުންތަކެއް އުފަން ކުރެވިގެން އަދި ރައްޔިތުން ބޭނުންވާ ހިދުމަތްތައް ދެވޭނެ ހަކަތަ ކައުންސިލްތަކުގައި ހުރެގެން ކަމަށް މިނިސްޓަރު ޝަރީފް ކުރެއްވި ޕޯސްޓުގައި ވަނީ އިތުރަށް ވިދާޅުވެފަ އެވެ.

މިނިސްޓަރު ޝަރީފް މި މޭރުމުން ވިދާޅުވެފައި މިވަނީ ކައުންސިލުތަކަށް ސަރުކާރުން ދޭ ބްލޮކް ގްރާންޓު ދޭއިރު ރަށެއްގެ ބޮޑުމިނަށް ބަލައިގެން ދޭގޮތަށް ރައީސް ޑރ. މުއިއްޒު ނިންމެވުމާއި ގުޅިގެންނެވެ.

ރައީސް ޑރ. މުއިއްޒު ރޭ އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވާ ގޮތުގައި ލާމަރުކަޒީ ގާނޫނުގެ ދަށުން ކައުންސިލުތަކަށް ސަރުކާރުން ދޭ އާންމު ހިލޭ އެހީގެ ފައިސާ (ބްލޮކް ގްރާންޓް) ފޯރުކޮށްދިނުމުގައި ކަނޑައަޅާފައިވާ ފިސްކަލް ފޯމިއުލާގައިވާ ގޮތުން އާބާދީ ކުޑަ ރަށްތަކަށް ލިބޭވަރު މަދު ކަމަށާއި ނަމަވެސް އާބާދީ ކުޑަ ވިޔަސް ބިމުގެ ގޮތުން ތަނަވަސް ރަށްރަށުގައި މުނިސިޕަލް މަސައްކަތް މަދު ނޫން ކަމަށެވެ.

އަދި ބްލޮކް ގްރާންޓްގެ ފޯމިއުލާ މިހާރު ކަނޑައަޅާފައިވާ ގޮތުން އެ ކައުންސިލްތަކަށް ގެއްލުންވާތީ އެ ފޯމިއުލާ މުރާޖައާކުރުމުގައި ރަށުގެ ބޮޑުމިނަށް ރިއާޔަތްކުރެވޭ ގޮތަށް ބަދަލުކޮށް އަންނަ އަހަރަށް ހުށަހަޅާ ބަޖެޓުގައި ހިމެނުމަށް ނިންމާފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%