Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ޔަހޫދީންގެ ޙަމަލާތައް އާދަޔާއި ޚިލާފަށް ވަރުގަދަ! ޣައްޒާ ވެއްޔަށް ހަދަނީ!

ޔަހޫދީންގެ ޙަމަލާތައް އާދަޔާއި ޚިލާފަށް ވަރުގަދަ! ޣައްޒާ ވެއްޔަށް ހަދަނީ!

ޢަބްދުﷲ ޖުނައިދު
322 ދުވަސް ކުރިން - 6 ސެޕްޓެންބަރު 2025 11:38
ޣައްޒާގެ މަތިން ނަގާފައިވާ ފޮޓޯއެއް: އިސްރާއީލުން ބުނީ ދެން އޮތީ ޣައްޒާ ނަރަކައަކަށް ހަދައިލުން ކަމަށް.
ޣައްޒާގެ މަތިން ނަގާފައިވާ ފޮޓޯއެއް: އިސްރާއީލުން ބުނީ ދެން އޮތީ ޣައްޒާ ނަރަކައަކަށް ހަދައިލުން ކަމަށް.
ޚުލާސާ

އިއްޔެއިން ފެށިގެން މިހާތަނަށް އެކަނި ވެސް 400 އަށް ވުރެ ގިނަ މީހުން ޝަހީދުވެ، 1،000 އަށް ވުރެ ގިނަ މީހުން ވަނީ ޒަޚަމްކޮށްލާފަ.

އިސްރާއީލުން ޖީބީޔޫ-39 ސްމޯލް ޑައިމަޓަރ ބޮމުން ޙަމަލާ ދިނުމާއިއެކު ޣައްޒާގެ އުސް ޓަވަރެއް ކުދިކުދިވެގެން ބިމަށް / ފޮޓޯ: އަލްޖަޒީރާ

އިސްރާއީލުގެ ޒައެނިސްޓުން ޣައްޒާއަށް ދެމުންދާ ޙަމަލާތައް ވަރަށް ބޮޑަށް ތަފާތުވެއްޖެއެވެ.

އިއްޔެ އާއި ރޭ ވެސް ސަޙްޔޫނީ ޓެރަރިސްޓުން ވަނީ ޣައްޒާގެ އުސް ޢިރާތްތަކަށާއި ގިނަ މީހުން ދިރިއުޅޭ ބޮޑެތި ކޮމްޕްލެކްސް ތަކަށް އަމާޒު ކޮށްގެން ނުރައްކާތެރި ޙަމަލާތައް ދީފައެވެ. ނަތަންޔާހޫގެ ސިފައިން އިއްޔެ އާއި ރޭ ޖީބީޔޫ-39 ސްމޯލް ޑައިމަޓަރ ބޮން ބޭނުންކޮށްފައިވާއިރު މީގެ ބޮމެއް ވައްޓައިލުމާއި އެކު ޢިމާރާތުގެ ތެރެއިން ބާރު ސްޕީޑުގައި އެ ބޮން ޢިމާރާތް ތޮރުފަމުން ގޮސް ވަދެގެން ދަނީ އެވެ. ފައުންޑޭޝަނުގައި ބޮން ޖެހުމާއި އެކު ގޮވައެވެ. އެ ގޮވުމުގައި މުޅި ޢިމާރާތް ކުދިކުދިވެ ބިމަށް ފައިބައެވެ.

Advertisement

Advertisement 1

މުސްލިމުން ޝަހީދުކޮށް ޢިމާރާތްތައް ގޮއްވައިލުމަށް ޒައެނިސްޓް ޓެރަރިސްޓުން މިހާރު ބޭނުންކުރާ އާދަޔާއި ޚިލާފު ބާރުގަދަ ހަތިޔާރު ތަކަކީ ބޮޑެތި ފަރުބަދަތައް ގޮއްވައިލުމަށް ބޭނުންކުރާ ހަތިޔާރުތަކެވެ. މިއީ ހަނގުރާމަތަކުގައި ބޭނުން ކުރުން މަނާ ހަތިޔާރުތަކެވެ.

އިސްރާއީލުގެ ޑިފެންސް މިނިސްޓަރު އިސްރާއީލް ކަޓްޒް ބުނީ ޣައްޒާގައި ދެން އޮތީ ނަރަކައިގެ ދޮރުތައް ހުޅުވާލުމެވެ. މާނައަކީ ދެން އޮތީ ޣައްޒާގެ މުސްލިމުންނަށް މާ ބިރުވެރި ދުވަސްތަކެކެވެ.

އިސްރާއީލުން ޖީބީޔޫ-39 ސްމޯލް ޑައިމަޓަރ ބޮން ބޭނުންކޮށްގެން ޣައްޒާގެ މުޝަތަހާ ޓަވަރު އިއްޔެ ގޮއްވައިލަނީ.

އިސްރާއީލުގެ ޑިފެންސް ފޯސަސް (އައިޑީއެފް) އިން ވަނީ ހުޅަނގު ޣައްޒާ ސިޓީގައި ހުންނަ 12 ބުރީގެ އިމާރާތެއް ކަމަށްވާ މުޝްތަހާ ޓަވަރާއި އިތުރު ބައެއް އުސް ޓަވަރުތައް މި ޒަމާނީ ހަތިޔާރުތައް ބެނުންކޮށްގެން ވެއްޔަށް ހަދާލާފައެވެ. މިއީ އެމެރިކާގެ ޓެކޮނޮލޮޖީއެކެވެ. އެ މީހުން ވަނީ ޣައްޒާގެ ހުޅަނގުގައިވާ މައްކާ ޓަވަރު ވެސް ގޮއްވައިލާނެ ކަމަށް ބުނެ ރޭ އިންޒާރު ދީފައެވެ.

ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އެކަނި ވެސް ޔަހޫދީންގެ ނުރައްކާތެރި ޙަމަލާ ތަކުގައި ފަލަސްޠީނުގެ 400 އަށް ވުރެ ގިނަ މީހުން ޝަހީދުވެ، 1،000 އަށް ވުރެ ގިނަ މީހުން ވަނީ ޒަހަމްވެފަ އެވެ. އޭގެ ތެރެއިން ގިނައީ އަންހެނުންނާއި ކުޑަކުދިން ކަމަށް މަސްދަރުތަކުން ބުނެއެވެ.

2023 ވަނަ އަހަރުގެ އޮކްޓޯބަރު 7 ގައި ޣައްޒާ ސުންނާފަތި ކޮށްލައި ޢަރަބި ނަސްލު ވެސް އެ ބިމުން ފޮހެލުމަށް ޔަނޫދީ ޒައެނިސްޓުން ފެށި ހަނގުރާމައިގައި މިހާތަނަށް 1 ލައްކައަށްވުރެ ގިނަ މީހުން ޝަހީދުވެފައިވާ ކަމަށް ޙަމާސް އިން ބުނެއެވެ. ނަމަވެސް ހުޅަނގުގެ ބާރުތަކުން ބަސް އިއްވާ އދ އިން ބުނީ ޣައްޒާގައި މަރުވީ އެންމެ 61000 މީހުން ކަމަށާއި 161000 މީހުން ޒަޚަމްވެ 2 މިލިއަން މީހުންގެ ގެދޮރު ގެއްލިފައިވާ ކަމަށެވެ.

އދ. އަކީ ދުނިޔޭގެ ޞުލްޙަ ބެލެހެއްޓުމަށް އުފެއްދި ޖަމްއިއްޔާއެއް ކަމަށް ވިޔަސް އިސްރާއީލާއި ދެކޮޅަށް ނުވަތަ ފަލަސްޠީނު މުސްލިމުން ރައްކާތެރިކުރުމަށް އދ އިން އެކަށީގެންވާ މަސައްކަތެއް ނުކޮށް ތިބެ ކުރާހާވެސް ކަމަކީ ޣައްޒާގެ ނަމުގައި ފައިސާ ހޯދުމާއި، ކޮންމެވެސް މިންވަރަކަށް ކާނާ ފޯރުކޮށް ދިނުމާއި ބަޔާންތައް ނެރުން ކަމަށް އެތައް ބަޔަކު ތުހުމަތު ކުރެއެވެ.

ޣައްޒާއިސްރާއީލްފަލަސްތީން
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ޔަހޫދީ ސިފައިން ބުލްޑޯޒަރު ތަކުގައި ފަލަސްތީނުގެ ގެތައް ތަޅަނީ

ޔަހޫދީ ސިފައިން ފަލަސްތީނުގެ ގެތައް ތަޅަނީ

4 ދުވަސް ކުރިން - 13:45

ޔަހޫދީ ސިފައިން ފަލަސްތީނުގެ 19 މީހުން ޝަހީދުކޮށް، 60 މީހުން ޒަޚަމްކޮށްލައިފި

ޔަހޫދީ ސިފައިން ފަލަސްތީނުގެ 19 މީހުން ޝަހީދުކޮށް، 60 މީހުން ޒަޚަމްކޮށްލައިފި

6 ދުވަސް ކުރިން - 13:36

އަރްޖެންޓީނާއަށް އިސްރާއީލުގެ ތާއީދު: "މައިލީއަކީ ގާތް ރަހުމަތްތެރިއެއް": ނަތަންޔާހޫ

އަރްޖެންޓީނާއަށް އިސްރާއީލުގެ ތާއީދު: "މައިލީއަކީ ގާތް ރަހުމަތްތެރިއެއް": ނަތަންޔާހޫ

6 ދުވަސް ކުރިން - 13:12

އިސްރާއީލުގެ ނުކުޅެދޭ ސިފައިންގެ އަދަދު 1 ލައްކަ އަށް އަރަނީ

އިސްރާއީލުގެ ނުކުޅެދޭ ސިފައިންގެ އަދަދު 1 ލައްކަ އަށް އަރަނީ

12 ދުވަސް ކުރިން - 14:51

ޣައްޒާ ސަރުކާރު އުވާލައި އެމެރިކާގެ “ސަރުކާރެއް” އެކުލަވާލަނީ

ޣައްޒާ ސަރުކާރު އުވާލައި “އެމެރިކާގެ” ސަރުކާރެއް އެކުލަވާލަނީ

14 ދުވަސް ކުރިން - 11:26

އިސްރާއީލުގެ ސިފައިންގެ މީހަކު އަމިއްލައަށް މަރުވެއްޖެ

އިސްރާއީލުގެ ސިފައިންގެ މީހަކު އަމިއްލައަށް މަރުވެއްޖެ

16 ދުވަސް ކުރިން - 13:08