Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

އެމެރިކާ ސިފައިން ވެސް މަރާލަން ޖެހިދާނެ ކަމަށް ރަޝިއާއިން އިންޒާރު ދީފި!

އެމެރިކާ ސިފައިން ވެސް މަރާލަން ޖެހިދާނެ ކަމަށް ރަޝިއާއިން އިންޒާރު ދީފި!

ޢަބްދުﷲ ޖުނައިދު
368 ދުވަސް ކުރިން - 6 ސެޕްޓެންބަރު 2025 10:40
ޕޫޓިންި ވިދާޅުވީ މޮސްކޯ އަށް ނުރައްކާ ކުރުމަށް ޔުކްރޭނަށް އަރާ ކޮންމެ ސިފައިންގެ މީހަކީ ރަޝިއާގެ ޝަރުޢީ އަމާޒެއް ކަމަށް.
ޕޫޓިންި ވިދާޅުވީ މޮސްކޯ އަށް ނުރައްކާ ކުރުމަށް ޔުކްރޭނަށް އަރާ ކޮންމެ ސިފައިންގެ މީހަކީ ރަޝިއާގެ ޝަރުޢީ އަމާޒެއް ކަމަށް.
ޚުލާސާ

ޔޫކްރޭން ދިފާޢު ކުރުމުގެ ނަމުގައި އެމެރިކާ އާއި ހުޅަނގުގެ ޤައުމުތަކުން ސިފައިން ފޮނުވައިފި ނަމަ އެ ސިފައިންނަށް ޙަމަލާ ދޭނެ ކަމަށް ބުނެ ޕޫޓިން އިންޒާރު ދެއްވައިފި.

ޔޫކްރޭން ދިފާޢު ކުރުމަށް ކަމަށް ބުނެ އެމެރިކާ އާއި ހުޅަނގުގެ ޤައުމުތަކުން ސިފައިން ފޮނުވައިފި ނަމަ އެ ސިފައިންނަށް އަމާޒުކޮށް ޙަމަލާ ދޭނެ ކަމަށް ރަޝިއާގެ ރައީސް ވްލަޑީމީރް ޕޫޓިން ވިދާޅުވެއްޖެއެވެ.

ޕޫޓިން ވިދާޅުވީ ރަޝިއާ ކައިރިޔަށް ނުބައި ނިޔަތެއްގައި އެއްވެސް ކަހަލަ އަސްކަރީ ބާރަކުން ޖަމާވާ ކަމުގައި ވަނީ ނަމަ އެ ބަޔަކު މަރައިލުމަކީ ރަޝިއާގެ ސަލާމަތަށް ކުރަން ޖެހޭ ކަމެއްއް ކަމަށާއި، މޮސްކޯ ޙިމާޔަތް ކުރުމަށް ކުރައްވަން ޖެހުނު ކޮންމެ ކަމެއް ކުރައްވާނެ ކަމަށެވެ.

މޮސްކޯ އަށް ގެއްލުން ދިނުމަށް ބޮޑު ލަޝްކަރެއް މިވަގުތު ތައްޔާރުކުރަމުން ދަނީ އެމެރިކާގެ އެކުވެރި ޤައުމުތަކެވެ. އޭގެތެރޭގައި 26 ޤައުމެއް ހިމެނެއެވެ. މި ލަޝްކަރުގައި ޔުކްރޭނުގެ ރައްޔިތުން ސަލާމަތް ކުރުމުގެ ނަމުގައި ސީދާ އެމެރިކާ ސިފައިން ހިމެނޭހެން 35000 އެއްހާ ސިފައިން ތިބޭނެ ކަމަށް ވެއެވެ. މި ޢަދަދު އަދި ސީދާ ސާފެއް ނުވެއެވެ.

Advertisement

Advertisement 1

ޔޫރަޕްގެ ލަޝްކަރާއި ކުރިމަތިލާން ޖެހިއްޖެ ހިނދެއްގައި އެކަމަށް ރަޝިއާ އޮތީ މިހާރު ވެސް ތައްޔާރަށެވެ. ބެލަރޫސް އާއި ރަޝިއާ އިން ދަނީ ޑްރިލްތައް ބާއްވައި އެ މީހުންގެ ސަލާމަތީ ފިޔަވަޅުތައް ވަރުގަދަ ކުރަމުންނެވެ.

އިއްޔެ ވްލަޑިވޮސްޓޮކްގައި ބޭއްވި އިރުމަތީ އިޤްތިޞާދީ ފޯރަމްގައި ވާހަކަފުޅު ދައްކަވަމުން ޕޫޓިން ފާހަގަކުރެއްވި ގޮތުގައި ޔުކްރޭނަށް އެހެން ބަޔަކު ސިފައިން ފޮނުވުމަކީ ރަޝިޔާގެ މަސްލަޙަތަށް ސީދާ ނުރައްކާ ކުރާނެ ކަމެއް ކަމުގައި ރަޝިއާ އިން ދެކޭނެއެވެ. އަދި އެ ބަޔަކަށް ޙަމަލާދީ “މަރައިލުމަކީ” މޮސްކޯގެ މައްޗަށް ވާޖިބު ވެގެންވާ ކަމެއް ކަމަށް ދެކޭ ކަމަށް ޕޫޓިން ވިދާޅުވިއެވެ. ނަމަވެސް ސީދާ އެމެރިކާގެ ނަން ޕޫޓިން ފާހަގައެއް ނުކުރައްވައެވެ. މުޙައްލިލުން ބުނާ ގޮތުގައި ޕޫޓިން އެ އިންޒާރު ދެއްވީ އެމެރިކާގެ ރައީސް ޑޮނަލްށޑް ޓްރަމްޕަށެވެ.

ޔޫކްރޭނަށް ދިޔުމަށް 26 ޤައުމަކުން ތައްޔާރަށް ތިބި ކަމަށް ހާމަކުރެއްވީ ފްރާންސްގެ ރައީސް އިމަނުއެލް މެކްރޮން އެވެ. މި ޤައުމުތަކުގެ ތެރޭގައި ފްރާންސް، އިނގިރޭސިވިލާތް، ޖަރުމަން، އިޓަލީ، ސްޕެއިން، ޕޮލެންޑް، ބަލްގޭރިއާ، ބާލްޓިކް އަދި ނޯޑިކް ޤައުމުތަކާއި، ނެދަލެންޑްސް، އަދި އޮސްޓްރޭލިއާ ހިމެނެއެވެ. އެމެރިކާ އޮތީ ވައިގެ މަގުން ޙަރަކާތްތެރިވާނެ ޓީމެއް ފޮނުވުމަށް ތައްޔާރަށެވެ.

ޕޫޓިން ތަކުރާރުކޮށް ވިދާޅުވީ ރަޝިޔާގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ނޭޓޯ ފުޅާކުރުމާއި ޚާއްސަކޮށް ރަޝިއާގެ ބުޑުގައިވާ ޔޫކްރޭން ނޭޓޯ އަށް ވެއްދުމަށް ކުރަމުންދާ މަސައްކަތެވެ.

ޕޫޓިން ވިދާޅުވީ ޞުލަޙައިގެ އެއްބަސްވުމަކަށް އޭނާ ތާޢީދު ކުރައްވާ ކަމަށާއި، އެ އެއްބަސްވުމުގެ ފަހުން ޔޫކްރޭނުގައި ބޭރުގެ އެއްވެސް ޤައުމެއްގެ ސިފައިން ތިބުމަކީ އެއްވެސް ޤައުމަކަށް ލިބިގެންވާ ޙައްޤެއް ނޫން ކަމަށެވެ. ސަބަބަކީ އެ ކަމުގެ ސަބަބުން ފިތުނަތައް އިތުރަށް ބޮޑުވެދާނެތީއެވެ.

ރަޝިއާ - ޔުކްރޭންރަޝިއާއެމެރިކާ
Advertisement
Advertisement

2 ރިއެކްޝަންސް / 1 ކޮމެންޓް

0%
0%
0%
0%
0%

އިސްކުރުބެ

367 ދުވަސް ކުރިން - 17:38

ސާބަހޭ ޕޫޓިން، އެމެރިކާއަށް ފަލަސްޠީނުގެ ރައްޔިތުން މަރަން އެހީތެރިވެވޭނަމަ ކަލެއަށް ޔޫކްރޭންއަށް އަރާ އެތާންގެ މީހުންތައް މެރުމުގެ ޙައްޤުވެސް އޮންނާނެ އެކީ ޝައްކެއްއޮތް ކަމެއްނޫން. ަ

ގުޅޭ ޚަބަރުތައް

ރަޝިޔާއަށް ދިން ޑްރޯން ހަމަލާއެއްގައި 4 މީހުން މަރުވެ 29 މީހުން ޒަހަމްވެއްޖެ

ރަޝިޔާއަށް ދިން ޑްރޯން ހަމަލާއެއްގައި 4 މީހުން މަރުވެ ގިނަބަޔަކު ޒަހަމްވެއްޖެ

5 ގަޑިއިރު ކުރިން - 13:34

އެމެރިކާގެ އެންމެ ޒަމާނީ 'ޖާސޫސީ ސަބްމެރިން' އީރާނުން އަތުލައިގަނެ، ދުނިޔެ ސިއްސުވާލައިފި!

އެމެރިކާގެ އެންމެ ޒަމާނީ 'ޖާސޫސީ ސަބްމެރިން' އީރާނުން އަތުލައިގަނެ، ދުނިޔެ ސިއްސުވާލައިފި!

7 ގަޑިއިރު ކުރިން - 12:02

ރަޝިޔާއާއި ނޯތު ކޮރެއާ ދެމެދު މުދަލާއި ދަތުރުވެރިން އުފުލާނެ އާ ބުރިޖެއް ހުޅުވައިފި

ރަޝިޔާއާއި ނޯތު ކޮރެއާ ދެމެދު މުދަލާއި ދަތުރުވެރިން އުފުލާނެ ބުރިޖެއް ހުޅުވައިފި

1 ދުވަސް ކުރިން - 13:24

އެމެރިކާއިން ގަލްފް އޮފް އޮމާންގައި އީރާނުގެ ތެޔޮ ބައުޒަރަކަށް ހަމަލާދީ ކަނޑު ފައްތާލައިފި

އެމެރިކާއިން އީރާނުގެ ތެޔޮ ބައުޒަރަކަށް ހަމަލާދީ ފައްތާލައިފި

2 ދުވަސް ކުރިން - 20:35

މިހަފްތާގައި ޔުކްރޭނުގެ 12،000 އެއްހާ ސިފައިން ނައްތާލެވިފައިވާ ކަމަށް ރަޝިޔާއިން ބުނެފި

މިހަފްތާގައި ޔުކްރޭނުގެ 12،000 އެއްހާ ސިފައިން ނައްތާލެވިފައިވާ ކަމަށް ރަޝިޔާއިން ބުނެފި

4 ދުވަސް ކުރިން - 22:32

ރަޝިޔާ މަހުޖަނުންގެ ވިޔަފާރި ދަށަށް، ޓެލެގްރާމް ވެސް ހިމެނޭ!

ރަޝިޔާ މަހުޖަނުންގެ ވިޔަފާރި ދަށަށް، ޓެލެގްރާމް ވެސް ހިމެނޭ!

8 ދުވަސް ކުރިން - 14:07