އެމެރިކާގެ ޑިޕާޓްމަންޓް އޮފް ޑިފެންސްގެ ނަން ހަނގުރާމަ ޑިޕާޓްމަންޓުގެ ނަމަށް ބަދަލުކޮށްފި

ޢަބްދުﷲ ޖުނައިދު | 25 ދުވަސް ކުރިން - 6 ސެޕްޓެންބަރު 2025 09:52
ކުއްލި ޚަބަރު: އެމެރިކާގެ ޑިޕާޓްމަންޓް އޮފް ޑިފެންސްގެ ނަން ޑިޕާޓްމަންޓް އޮފް ވާރ ގެ ނަމަށް ބަދަލުކޮށްފި
ކުއްލި ޚަބަރު: އެމެރިކާގެ ޑިޕާޓްމަންޓް އޮފް ޑިފެންސްގެ ނަން ޑިޕާޓްމަންޓް އޮފް ވާރ ގެ ނަމަށް ބަދަލުކޮށްފި
ޚުލާސާ

އެމެރިކާގެ ޑިޕާޓްމަންޓް އޮފް ޑިފެންސްގެ ނަން ޑިޕާޓްމަންޓް އޮފް ވާރ އަށް ބަދަލުކޮށް ޕެންޓަގަންގެ ވެބްސައިޓުގެ ނަން war.gov އަށް ރީޑައިރެކްޓް ކޮށްފި.

ރަޝިއާ އަށް ބިރުދައްކަން އެމެރިކާ އާއި ޔޫރަޕުން ޔުކްރޭނަށް އެއްގަމާއި ވައިގެ މަގުން ސިފައިންނާއި ހަތިޔާރު ފޮނުވަން ނިންމާފައިވާ ދަނޑިވަޅެއްގައި އެމެރިކާގެ ޑިޕާޓްމަންޓް އޮފް ޑިފެންސްގެ ނަން ޑިޕާޓްމަންޓް އޮފް ވާރ އަށް ރައީސް ޑޮނަލްޑް ޓްރަމްޕް ބަދަލުކުރައްވައިފިއެވެ

ޕެންޓަގަންގެ ވެބްސައިޓުގެ ނަން ވެސް މިހާރު ފެންނަނީ war.gov އަށް ރީޑައިރެކްޓް ކޮށްފައިވާ ތަނެވެ. މީގެ އިތުރުން، ރަސްމީ ކަންކަމުގައި "ހަނގުރާމައިގެ ސެކްރެޓަރީ" ގެ ލަޤަބު ބޭނުންކުރުމުގެ ހުއްދަ ވެސް އޮފިޝަލުންނަށް ދީފައިވާ ކަމަށް ޚަބަރުތައް ބުނެއެވެ.

އެމެރިކާ އިން މި ވަގުތު މަސައްކަތް ކުރަމުން ދަނީ އިސްރާއީލް ލައްވައި ޣައްޒާ ސުންނާފަތިކޮށްލުމާއި، ރަޝިއާގެ ބާރު ކަނޑުވައިލައި އެ ޤައުމަށް ބިރު ދެއްކުމަށްޓަކައި ނޭޓޯ ފުޅާ ކުރުމުގެ ޙަރަކާތްތައް ހިންގުމާއި، ދެކުނު ކޮރެއާ ލައްވައި އުތުރު ކޮރެއާ އަށް ޖެއްސުން ކުރުވުމާއި ޗައިނާ އާއި ޓައިވާން ޖައްސުވައި އެ ސަރަޙައްދުގެ މަސްލަޙަތު ނަގައި ޗައިނާ އަށް ވެސް ޖެއްސުން ކުރަމުންނެވެ.

އެމެރިކާއިން ސީދާ ހަނގުރާމައަށް ފޯކަސްކޮށް، މަސައްކަތް ފަށާފައި ވާއިރު ކޮންގްރެސް އިން ދަނީ 852 ބިލިއަން ޑޮލަރުގެ ޑިފެންސް ބިލަކަށް ބަހުސް ކުރަމުންނެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%