ޣައްޒާގައި ހުންނަ މައްކާ ޓަވަރު ގޮއްވާލާނެ ކަމަށް ހައްދުފަހަނައަޅާފައިވާ ޓެރަރިސްޓް ނަތަންޔާހޫގެ ސިފައިން ބުނެފިއެވެ.
މައްކާ ޓަވަރަކީ ޣައްޒާގެ ހުޅަނގުގައިވާ އެތައް ސަތޭކަ މީހުން ދިރިއުޅޭ ޓަވަރެކެވެ. މި ޓަވަރުގައި 13 ފަންގިފިލާ ހުންނަ އިރު 65 އެޕާޓްމަންޓް ހުރެއެވެ.
އިސްރާއީލުން މި ޓަވަރު ގޮއްވާލާނެކަމަށް ބުނެ އިންޒާރު ދީފައިވާއިރު މިއަދު އެ މީހުން ވަނީ .މުޝްތާހާ ޓަވަރަށް ވެސް ބޮން އަޅައި އެތަން ބިމާއި ހާމަކޮށްފަ އެވެ.
އިސްރާއީލުން ޣައްޒާ ސުންނާފަތި ކޮށްލައި ޙަމާސްގެ ވަސް ވެސް މުޅިން ފޮހެލާނެ ކަމަށް ބުނެ މިހާރު ކުރިޔަށް ގެންދާ އުދުވާނުގައި މައްކާ ޓަވަރު ބިމާއިހަމަކޮށްލާނެ ކަމަށް ބުނެ އިންޒާރު ދިން އިރު އެ ތަނުގެ ކޮންމެ އެޕާޓްމަންޓެއްގައި މަދުވެގެން ތިންޢާއިލާ ދިރިއުޅޭ ކަމަށް ޚަބަރުތައް ބުނެއެވެ.