މަސްތުވާތަކެތީގެ މައްސަލައެއްގައި މުލިން މީހަކު ހައްޔަރުކޮށްފި

މުޙައްމަދު ޖިނާން ހުސައިން ޖަބީން | 3 ގަޑިއިރު ކުރިން - 5 ސެޕްޓެންބަރު 2025 18:22
މަސްތުވާތަކެއްޗާއެކު މުލިން ހައްޔަރުކުރެވުނު މީހާ: ފޮޓޯ/ ދިވެހި ފުލުހުންގެ ހިދުމަތް---
މަސްތުވާތަކެއްޗާއެކު މުލިން ހައްޔަރުކުރެވުނު މީހާ: ފޮޓޯ/ ދިވެހި ފުލުހުންގެ ހިދުމަތް---
ޚުލާސާ

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ މ. މުލި / ރުއްކަރަ، ނައުފަލް އަހުމަދު (33އ).

މަސްތުވާތަކެތީގެ މައްސަލައެއްގައި މ. މުލިން މީހަކު ހައްޔަރުކޮށްފި އެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ މ. މުލި / ރުއްކަރަ، ނައުފަލް އަހުމަދު (33އ) ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. އޭނާ ހައްޔަރުކޮށްފައި ވަނީ މަސްތުވާތަކެތި ގެންގުޅޭ ކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެންނެވެ.

ފުލުހުން ބުނެފައިވާ ގޮތުގައި މި ސެޕްޓެންބަރު މަހުގެ ހަތަރު ވަނަ ދުވަހު އެ ރަށު ޕޮލިސް ސްޓޭޝަނުގެ ފުލުހުން ރަށުތެރެ ޕެޓްރޯލްކުރަމުން ދިޔައިރު ނައުފަލް އަހުމަދުގެ އަމަލުތައް ހުރިގޮތުން ހުއްޓުވައި ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި 31 ރަބަރު ޕެެކެޓު ފެނިފައިވާ ކަމަށެވެ.

މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ކޯޓުން ވަނީ އޭނާ 30 ދުވަހުގެ މުއްދަތަކަށް ބަންދުކުރުމަށް އަމުރުކޮށްފަ އެވެ.

ފުލުުހުން ގެންދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.


TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%