މާލެއިން ދިވެހި ފިރިހެނަކު ގެއްލިގެން ހޯދަން އިއުލާންކޮށްފި

މުޙައްމަދު ޖިނާން ހުސައިން ޖަބީން | 3 ގަޑިއިރު ކުރިން - 5 ސެޕްޓެންބަރު 2025 18:20
ގެއްލިގެން ހޯދަން ފުލުހުން އިއުލާންކޮށްފައިވާ ޒުވާނާ: ފޮޓޯ/ ދިވެހި ފުލުހުންގެ ހިދުމަތް---
ގެއްލިގެން ހޯދަން ފުލުހުން އިއުލާންކޮށްފައިވާ ޒުވާނާ: ފޮޓޯ/ ދިވެހި ފުލުހުންގެ ހިދުމަތް---
ޚުލާސާ

މި ކަމާ ގުޅިގެން ފުލުހުން ބުނެފައިވަނީ، ގެއްލިގެން ހޯދަން އިއުލާންކޮށްފައިވަނީ ބ. ކެންދޫ / މަންޒިލް، ޝަހުމުﷲ ސާޖިދު (33އ).

މާލެއިން ދިވެހި ފިރިހެނަކު ގެއްލިގެން ހޯދަން ފުލުހުން އިއުލާންކޮށްފި އެވެ.

މި ކަމާ ގުޅިގެން ފުލުހުން ބުނެފައިވަނީ، ގެއްލިގެން ހޯދަން އިއުލާންކޮށްފައިވަނީ ބ. ކެންދޫ / މަންޒިލް، ޝަހުމުﷲ ސާޖިދު (33އ) އެވެ.

ފުލުހުން ބުނެފައިވާ ގޮތުގައި، ޝަހުމުﷲ އޭނާގެ އާއިލާއަށް ހަބަރެއްނުވެ ގެއްލިފައިވާ ކަމަށް ސެޕްޓެމްބަރު މަހުގެ ހަތަރު ވަނަ ވަނަ ދުވަހުގެ ރޭ ފުލުހުންނަށް ރިޕޯޓުކޮށްފައިވާތީ އޭނާ ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުންދާ ކަމަށެވެ.

އޭނާ މިހާރު ދިރިއުޅެމުން އަންނަނީ މާލޭގައި ކަމަށް އާއިލާއިން މައުލޫމާތު ދީފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

މި ކަމާ ގުޅޭ އިތުރު މައުލޫމާތެއް ފުލުހުން ދީފައެއް ނުވެއެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%