ބ. އަތޮޅު ރިސޯޓުގައި މަރުވެފައި އޮއްވާ ފެނުނު ޒުވާނާގެ ޖަނާޒާ ބާއްވައިފި

މުޙައްމަދު ޖިނާން ހުސައިން ޖަބީން | 3 ގަޑިއިރު ކުރިން - 5 ސެޕްޓެންބަރު 2025 18:18
މަރުވެފައި އޮއްވާ ފެނުނު އަދީލް: ފޮޓޯ/ އިންޓަނެޓް---
މަރުވެފައި އޮއްވާ ފެނުނު އަދީލް: ފޮޓޯ/ އިންޓަނެޓް---
ޚުލާސާ

އޮޓޮޕްސީ ހެދުމަށްފަހު އަދީލްގެ ހަށިގަނޑު ރޭގެ ވަގުތެއްގައި އޭނާގެ އާއިލާއަށް ވަނީ ހަވާލުކޮށްފައި.

ބ. އަތޮޅުގައި ހިންގާ ރިސޯޓެއް ކަމަށްވާ ނޮޓިލަސް ރިސޯޓުގައި މަރުވެފައި އޮއްވާ ފެނުނު ޒުވާނާގެ ހަށިގަނޑު އޮޓޯޕްސީ ހެދުމަށްފަހު މިއަދު ވަޅުލައިފި އެވެ.

މަރުވެފައި އޮއްވާ ފެނިފައިވަނީ، ކ. ގުރައިދޫ، ތަނޑިރަތްމާގެ، އަދީލް އަހުމަދު (21އ) އެވެ. އޭނާ މަރުވެފައިވާ މައްސަލަ ފުލުހުންނަށް ހުށަހަޅަފައިވަނީ ނިމިދިޔަ އޮގަސްޓް މަހުގެ 23 ވަނަ ދުވަހު އެވެ. އޮޓޮޕްސީ ހެދުމަށް އޭނާގެ ހަށިގަނޑު ރާއްޖެއިން ބޭރަށް ގެންގޮސްފައި ވަނީ މި މަހުގެ ދެ ވަނަ ދުވަހު އެވެ.

އޮޓޮޕްސީ ހެދުމަށްފަހު އަދީލްގެ ހަށިގަނޑު ރޭގެ ވަގުތެއްގައި އޭނާގެ އާއިލާއަށް ވަނީ ހަވާލުކޮށްފަ އެވެ. ހަށިގަނޑު ގެނެސް އޭނާގެ ޖަނާޒާގެ ކަންކަން، ރޭ ފަތިސް ނަމާދަށްފަހު ވަނީ ކުރިއަށް ގެންގޮސްފަ އެވެ.

އަދީލްގެ މަރާ ގުޅިގެން އޮޓޮޕްސީ ހެދުމަށް ފުލުހުން ނިންމީ އެ މަރާ މެދު ޝައްކު އުފެދޭ ކަންކަން ހުރުމުންނެވެ.

ފުލުހުން ގެންދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%