ހައިވޭއިން ދަތުރުކުރި ޕިކަޕެއްގެ ފުރޮޅޮ ފަޅައިގެންގޮސް, އެކްސިޑެންޓެއް ހިނގައިފި އެވެ.
ފުލުހުން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނެފައިވަނީ ހައިވޭއިން ދަތުރުކުރި ޕިކަޕެއްގެ ފުރޮޅޮ ފަޅައިގެންގޮސް, ޑިވައިޑާއެއްގައި ޖެހި ފުރޮޅާލާފައި އެކްސިޑެންޓްވެފައިވާ މައްސަލައެއް މިއަދު މެންދުރުފަހު 12:40 ކަން އެހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.
މި އެކްސިޑެންޓްގައި އެއްވެސް މީހަކަށް އަނިޔާވެފައި ނުވި ނަމަވެސް، ޕިކަޕަށް ވަރަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. މީގެއިތުރުން އެ ޕިކަޕު، ކާރެއްގައި ވެސް ޖެހިފައިވާ ކަމަށާއި، އެހެންނަމަވެސް އެ ކާރަށް ބޮޑު ގެއްލުމެއް ލިބިފައިނުވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
ފުލުހުން ބުނެފައިވާ ގޮތުގައި އެ ޕިކަޕު ސްޕީޑް ލިމިޓަށްވުރެ ބާރަށް ދުއްވާފައިވާތީ ޕިކަޕު ދުއްވަންހުރި މީހާއަށް ފިޔަވަޅު އަޅާފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
ފުލުހުން ގެންދަނީ މި މައްސަލަ އިތުރަށް ތަހުގީގުކުރަމުންނެވެ.