ކުޅުދުއްފުށީގައި ޓޫރިޒަމް ޑިވެލޮޕްމަންޓް ޕްލޭނެއް އެކުލަވާލަން ކޮންސަލްޓެންސީގެ ހިދުމަތް ދޭނެ ބަޔަކު ހޯދަން އިއުލާންކޮށްފި އެވެ.
މި އިުލާނާ ގުޅިގެން އެއްވެސް ސުވާލެއް އޮތް ނަމަ، މިމަހުގެ 16 ވަނަ ދުވަހުގެ 10:30 ގެ ކުރިން އެ ކައުންސިލަށް އީމެއިލް ކުރަން ކަނއުންސިލުން ވިދާޅުވި އެވެ. ބީލަމުގައި ރަޖިސްޓްރީވާން ހުޅުވުމުގެ ސުންގަޑިއަކީ މިމަހުގެ 17 ވަނަ ދުވަހު 10:30 ގެ ނިޔަލަށް ކަމަށް ކައުންސިލުން ވަނީ ވިދާޅުވެފަ އެވެ.
ބިޑު ހުށަހެޅުން 18 ސެޕްޓެމްބަރު 2025 ވަނަ ދުވަހު ކުޅުދުއްފުށި ސިޓީ ކައުންސިލްގެ ޖަލްސާ ކުރާ މާލަމުގައި ބޭއްވުމަށް ހަމަޖެހިފައިވާކަމަށް ކައުންސިލުން ވަނީ ވިދާޅުވެފަ އެވެ.
ކޮންމެ ފަރާތަކަށް ވެސް ހުށަހެޅޭނީ އެންމެ ބިޑެއް ކަމަށާއި، ބިޑު ހުށަހެޅޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓްގައި ވިޔަފާރި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަަކަށް ކަމަށް ކުޅޫދުއްފުށި ސިޓީ ކައުންސިލުން ވަނީ ވިދާޅުވެފަ އެވެ.