ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ އުވާލަން ނިންމާފައިވާތީ އެކުންފުނީގެ ހުރިހާ އޮޕަރޭޝަނެއް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އަށް ބަދަލުކޮށްފި އެވެ.
އެނގިފައިވާގޮތުގައި ރީޖަނަލް އެއާޕޯޓްސް އިން ހިންގަމުން އައި ނުވަ ޑޮމެސްޓިކް އެއާޕޯޓް ހިންގުން މިހާރު ވަނީ އެމްއޭސީއެލް އަށް ބަދަލުކޮށްފަ އެވެ. މި ބަދަލު ގެނައީ މީގެ ދެ ހަފްތާ ކުރިންނެވެ.
ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ހިންގުން ހަރުދަނާކޮށް، ހަރަދު ކުޑަކުރުމުގެ ގޮތުން، އެމްއޭސީއެލް އާއި އާރްއޭސީއެލް އެއްކޮށްލަން ސަރުކާރުން ނިންމީ މިދިޔަ ސެޕްޓެމްބަރު މަހު އެވެ. ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރެއިން އާރްސީއެލް އަކީ ބަޖެޓުން ބޮޑު ހޭދައެއް ކޮށްގެން ހިންގާ ކުންފުންޏެކެވެ. ސަރުކާރުން އާރުސީއެލް، އެމްއޭސީއެލްއާ އެއްކޮށްލަން ނިންމާފައި ވަނީ އެ ކުންފުންޏަށް ފައިދާ ނުވާތީ އެވެ. އެ ކުންފުންޏަށް 2023 ވަނަ އަހަރު 95 މިލިއަން ރުފިޔާގެ ގެއްލުން ލިބިފައިވެ އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގަައި އާރްއޭސީއެލްގެ އެއާޕޯޓުތައް އެމްއޭސީއެލްގެ ދަށަށް ބަދަލުުކުރި ނަމަވެސް އާރްއޭސީއެލް އުވާލުމުގެ މަސައްކަތް އަދި ނުނިމެ އެވެ.