Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

ޗައިނާ ޕާޓީތަކުގެ ވެރިންނާ ރައީސް ބައްދަލުކުރައްވައިފި

ޗައިނާ ޕާޓީތަކުގެ ވެރިންނާ ރައީސް ބައްދަލުކުރައްވައިފި

އައިޝަތު ޝިފްނާ ހުސައިން
282 ދުވަސް ކުރިން - 2 ސެޕްޓެންބަރު 2025 14:19
ރައީސް ޗައިނާގެ ވެރިކަން ކުރާ ޕާޓީގެ އިސްވެރިންނާ ބައްދަލުުކުރެއްވުން: ފޮޓޯ: ރައީސް އޮފީސް
ރައީސް ޗައިނާގެ ވެރިކަން ކުރާ ޕާޓީގެ އިސްވެރިންނާ ބައްދަލުުކުރެއްވުން: ފޮޓޯ: ރައީސް އޮފީސް
ޚުލާސާ

މި ބައްދަލުވުން ނިންމަވާލައްވާފައިވަނީ ރައީސް ޑރ. މުއިއްޒުގެ ޝަރަފުގައި.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ޗައިނާގެ ކޮމިއުނިސްޓް ޕާޓީގެ ސެކްރެޓަރީ އޮފް ދަ ސެންޓްރަލް ކޮމިޝަން އަދި ޗައިނާގެ ކޮމިއުނިސްޓް ޕާޓީގެ ޕޮލިޓްބިއުރޯގެ އިސް އޮފިޝަލެއް ކަމަަށްވާ ލީ ޝީ އާ ބައްދަލުކުރައްވައިފި އެވެ. 

މި ބައްދަލުކުރެއްވުން ބާއްވާފައިވަނީ ބެއިޖިންގެ ޑިއައޮޔުޓައި ސްޓޭޓް ގެސްޓްހައުސްގައި އެވެ. އަދި އެ ބައްދަލުވުމުގައި ލީ ޝީ ވަނީ ޗައިނާ ގެ ރައީސް ތަމްސީލުކުރައްވައިފަ އެވެ.

މި ބައްދަލުވުމުގައި ރައީސް ވަނީ، ޝަންހާއީ ކޯޕަރޭޝަން އޯގަނައިޒޭޝަން (އެސްސީއޯ) ސަމިޓްގައި އެމަނިކުފާނު ބައިވެރިވެވަޑައިގަތުމަށް ވަޑައިގެންނެވުމުން އެމަނިކުފާނަށް އަދާކުރެއްވި މެހުމާންދާރީއަށް ޝުކުރުއަދާކުރައްވާފަ އެވެ.

Advertisement

Advertisement 1

މީގެ އިތުރުން މި ބައްދަލުވުމަކީ، އެކި ދާއިރާތަކުން މުހިންމު މަޝްވަރާތަކެއް ކުރެވުނު ބައްދަލުވުމެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި މި ބައްދަލުވުމުގެ ސަބަބުން ޗައިނާއާއި ރާއްޖެއާއި ދެމެދު މުހިންމު ދާއިރާތަކުން ގުޅުންބަދަހިވެފައިވާކަން ފާހަގަކުރައްވައި ކުރިއަށް އޮތް ތަނުގައިވެސް ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން ރައީސް ވަނީ ދެއްވާފަ އެވެ.

ލީ ޝީގެ ވާހަކަފުޅުގައި ދެގައުމުގެ ގުޅުން އިތުރަށް ހަރުދަނާކުރުމުގެ ގޮތުން އިސްކަންދޭކަންތައްތަކުގައި އެއްބާރުލުންދީ ސަރަހައްދީ ސުލްހައާއި ހަމަޖެހުން ގާއިމުކުރުމުގެ މުހިންމުކަމަށް ވިދާލުވި އެވެ.

މި ބައްދަލުވުން ނިންމަވާލައްވާފައިވަނީ ރައީސް ޑރ. މުއިއްޒުގެ ޝަރަފުގައި، ލީ ޝީ ދެއްވި ފުރަމާނަޖާފަތަކަށް ފަހުގަ އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުރައީސުލްޖުމްހޫރިއްޔާގެ އޮފީސް
Ad
Ad

ގުޅޭ ޚަބަރުތައް

ޢާޞިފްގެ އާއިލާއަށް ރައީސުލްޖުމްހޫރިއްޔާ ތަޢުޒިޔާ ފޮނުއްވައިފި

ޢާޞިފްގެ އާއިލާއަށް ރައީސުލްޖުމްހޫރިއްޔާ ތަޢުޒިޔާ ފޮނުއްވައިފި

10 ގަޑިއިރު ކުރިން - 13:11

އިންޑިއާގެ ބޮޑުވަޒީރުކަމުގައި އެންމެ ގިނަ ދުވަސްވީ ބޭފުޅާގެ ޝަރަފު މޯދީ ހޯއްދެވުމުން ރައީސް މަރުހަބާ ވިދާޅުވެއްޖެ

މޯދީގެ ރެކޯޑާއެކު ރައީސް މަރުހަބާ ވިދާޅުވެއްޖެ

1 ދުވަސް ކުރިން - 12:43

ސިއްހީ ހާލަތު ހުރިގޮތުން އެއްފަރާތަށް ޖެހިލިޔަސް، ހުންނެވީ ރައީސް މުއިއްޒާއެކު ގަދަކޮށް: ޒަމީރު

ސިއްހީ ހާލަތު ހުރިގޮތުން އެއްފަރާތަށް ޖެހިލިޔަސް، ހުންނެވީ ރައީސްއާއެކު ގަދަކޮށް: ޒަމީރު

2 ދުވަސް ކުރިން - 22:06

ދިވެހިބަހާއި ގައުމިއްޔަތާ ބެހޭ ހާއްސަ މުޝީރުގެ މަގާމުން އާދަމް ނަސީރު އިސްތިއުފާ ދެއްވައިފި

ދިވެހިބަހާއި ގައުމިއްޔަތާބެހޭ ހާއްސަ މުޝީރުގެ މަގާމުން އާދަމް ނަސީރު އިސްތިއުފާ ދެއްވައިފި

2 ދުވަސް ކުރިން - 15:59

ފިލިޕީންސަށް ކުރިމަތިވި ބާރުގަދަ ބިންހެލުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ތައުޒިޔާ ފޮނުއްވައިފި

ފިލިޕީންސަށް ކުރިމަތިވި ބާރުގަދަ ބިންހެލުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ތައުޒިޔާ ފޮނުއްވައިފި

2 ދުވަސް ކުރިން - 13:56

މިފްކޯގެ ހުރިހާ ސެންޓަރަކުން މިއަދު މަސް ގަންނަނީ 20 ރުފިޔާއަށް

މިފްކޯގެ ހުރިހާ ސެންޓަރަކުން މިއަދު މަސް ގަންނަނީ 20 ރުފިޔާއަށް

2 ދުވަސް ކުރިން - 09:03

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%