ކޮލަމާ ބޯޓުގެ ކެޕްޓަން މަރުވީ އިންޖީންރޫމަށް ވެއްޓިގެން

އައިޝަތު ޝިފްނާ ހުސައިން | 46 ދުވަސް ކުރިން - 1 ސެޕްޓެންބަރު 2025 01:01
ގެއްލިގެން ހޯދާ ގއ. ކޮލަމާފުށީގައި ދުއްވާ "ކޮލަމާ" ބޯޓު-- ފޮޓޯ: އެމްއެންޑީއެފް
ގެއްލިގެން ހޯދާ ގއ. ކޮލަމާފުށީގައި ދުއްވާ "ކޮލަމާ" ބޯޓު-- ފޮޓޯ: އެމްއެންޑީއެފް
ޚުލާސާ

ފުލުހުންގެ ލޯންޗެއްގައި މިހާރު އޭނާގެ ހަށިގަނޑު ވަނީ ގއ. ވިލިނގިއްޔަށް ގެންގޮސްފަ.

ކޮލަމާ ބޯޓުގެ ކެޕްޓަން މަރުވީ އިންޖީންރޫމަށް ވެއްޓިގެންކަމަށް މައުލޫމާތު ލިބިއްޖެ އެވެ.

އެނގިފައިވާ ގޮތުގައި ކޮލަމާ ބޯޓުގެ ކެޕްޓަން މަރުވީ ޕަންޕުން ލީކުވާތީވެ އިންޖީންރޫމަށް ގުދުވިތަނާ ވެއްޓި، ޝާފްޓާގަ ބޯޖެހުމުންނެވެ.

ރެއިން ފެށިގެން ބޯޓުގެ ހަބަރެއް ނުވެގެން ރިޕޯޓުކުރުމުން ސިފައިންނާ ފުލުހުން ކުރި މަސައްކަތުން ފުލުހުން ބުނީ ކޮލަމާ ބޯޓު ފެނިފައިވާ ކަމަށެވެ. އެ ބޯޓު ފެނިފައި ވަނީ އެކެފަރާ ސަރަހައްދުން ކަމަށް ފުލުހުން ބުންޏެވެ.

އިތުރަށް ފުލުހުން ބުނީ އެ ސަރަހައްދުގައި ފުލުހުން ހަރަކާތްތެރި ވަމުންދާ ކަމަށެވެ.

ފުލުހުންގެ ލޯންޗެއްގައި މިހާރު އޭނާގެ ހަށިގަނޑު ވަނީ ގއ. ވިލިނގިއްޔަށް ގެންގޮސްފަ އެވެ.

އޭނާ ހޮސްޕިޓަލަށް ގެންދިޔައިރުވެސް ނިޔާ ވެފައި ވާކަމަށް ހޮސްޕިޓަލުން މައުލޫމާތުދެ އެވެ.


TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%