ނަފްސާނީ ބަލި ހުންނަ މީހެއް, ބައްޕައަށް ހަމަލާ ދީފި

އައިޝަތު ޝިފްނާ ހުސައިން | 6 ގަޑިއިރު ކުރިން - 1 ސެޕްޓެންބަރު 2025 10:58
އއ. އުކުޅަސް.--ފޮޓޯ: ޓީޓީއެމް
އއ. އުކުޅަސް.--ފޮޓޯ: ޓީޓީއެމް
ޚުލާސާ

މި މައްސަލައާއި ގުޅިގެން ތުހުމަތު ކުރެވޭ މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ފަހުން ދޫކޮށްލާފައިވާ ކަމަށް ފުލުހުން ބުނި.

އއ. އުކުޅަސްގައި ފިރިހެނަކު އޭނާގެ ބައްޕައަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލައިފި އެވެ.

ފުލުހުންގެ ބުނީ އުކުޅަހުގައި ނަފްސާނީ ނުކުޅެދުންތެރިކަން ހުންނަ 26 އަހަރުގެ ފިރިހެނަކު އޭނާގެ ބައްޕައަށް ތޫނު އެއްޗަކުން ހަމަލާދީފައިވާ މައްސަލަ ރޭ 22:20 ގައި ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.

އެ ހާދިސާގައި އޭނާގެ ބައްޕަގެ ބަނޑާއި އަތް ޒަަހަމްވެ އެރަށު ހެލްތު ސެންޓަރުގައި ފަރުވާ ދިނެވެ. ނަމަވެސް ޒަހަމްވި ތަން ދުޅަވެ ހާލަތު ގޯސްވާން ފެށުމުން ފަތިހު އެމްއެންޑީއެފްގެ އެހީތެރިކަމާއެކު ޒަހަމްވި މީހާ ވަނީ އިތުރު ފަރުވާއަށް މާލެ ގެންގޮސްފަ އެވެ.

މި މައްސަލައާއި ގުޅިގެން ތުހުމަތު ކުރެވޭ މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ފަހުން ދޫކޮށްލާފައިވާ ކަމަށް ފުލުހުން ބުންޏެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%